ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓުގެ މަގާމަށް މާފަންނު ބަގީޗާ މުޙައްމަދު ޝިހާބު އައްޔަން ކުރައްވައިފިއެވެ.

އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ހަމަޖެއްސެވި މުޙައްމަދު ޝިހާބަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ގިނަ ދުވަސްތަކެއްވަންދެން ފުރުއްވާފައިވާ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމާއި ދެ ވުޒާރާއެއްގެ ވަޒީރުކަމާއި މާލެ ސިޓީގެ މޭޔަރުކަމުގެ އިތުރުން ސަރުކާރުގެ އެކިއެކި އިދާރާތަކުގެ އިސް މަޤާމުތައް އަދާކުރައްވާފައިވާ ބޭފުޅެކެވެ. މުޙައްމަދު ޝިހާބު މަތީ ތަޢުލީމު ޙާޞިލުކުރައްވާފައި ވަނީ އޮސްޓްރޭލިޔާގެ ޖޭމްސް ކުކް ޔުނިވަރސިޓީންނެވެ.

މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއާޒްގެ މަގާމަށް ފާދިއްޕޮޅު ހިންނަވަރު، ހިޔާވަހި މުޙައްމަދު މާހިރު ޢީސާ ވެސް މިއަދު ވަނީ ޢައްޔަން ކުރައްވާފައެވެ. މި ދެ ބޭފުޅުންގެ މަޤާމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރ ހޯމްއެފެއާޒްގެ މަގާމަށް ހަމަޖެއްސެވި މުޙައްމަދު މާހިރު ޢީސާއަކީ މިނިސްޓަރ އޮފް ހޯމްއެފެއާޒްގެ ނައިބުގެ މަގާމާއި ފާދިއްޕޮޅު އަތޮޅު ކައުންސިލަރުގެ މަގާމު ވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އެމަގާމުތައް އަދާކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. މޯދީ

    ޙެހެހެ އެއްމެންވެސް ކިޔަނީނއެއްލަވަޔެއް! ގަމާރީ ރައްޔިތުން!

    23
  2. އަލި

    އަނެއްކާ ފުލުހުންގެ އިދާރާ ގަޑު ބަޑު ވާނެ މާހިރުބޭ ކުރިންވެސް ފުލުހުންގެ އިދާރާއަށް ގޮސް އަމުރު މައުރޫފް ހިންގައިގެން އުޅެނީކޮށް ވެރިކަން ވެއްޓުނީ ..... މިހާރު ރައީސް އޮފީހުގެ އާދައިގެ މުވައްޒަފުންނަށް ވުރެ ސިޔާސީ ވެރިން ގިނަވެއްޖެ

    22
    • ހަހަހަކެކެކެ

      ހޯމް މިނިސްޓްރީއަށްތަ އެބޭ ލީ؟ ހަހަހަ. ފުލުހުންނާ ބަނޑުމުސާރައަށް ހިފުމުގެ މުބާރާތްތައް ބާއްވަންކަންނޭނގެ ތިބެއާ ހަވާލު ކުރާނީ. ވަރަށް ފައްކާވާނެ.

  3. ޒާ

    ރައީސަށް ކުރިޔަށް ދެވޭގޮތް ނުވަނީ އެޑްވައިޒަރަކު މަދުވެގެންތޯ؟

    18
    1
  4. އަހްމަދު

    އަދިވެސް ބަލަދު އަރާފައިވަ އެތައްބަޔަކު އެބަތިބި. 5އަހަރުގެ ދައުރު ނުނިމެނީސް އެންމެނަށް ވަޒީފާ ދެވޭތޯބަލަންވާނެ. ﷲގެ އިރާދަފުޅުން އެއްށްވުރެ ކުރިންވެސް ވެރިކަން ނިމިދާނެ ތޯއްޗެއް.

    15
  5. އަބުލޯ

    ޓެކުސް ފައިސާއިން މުސާރަދޭ ސިޔާސި މީހުން ވަނީ ގިނަ
    ލޯނު ތައް ނަގާ ދަރިންގެ ދަރިންވެސް ދަރުވާފި
    ބަޖެޓު ހުސް ވެއްޖެ
    މަސްވެރިން ހަފުސްވެ ޖެ
    އިންޓަނެޓު އަގު ހެވެއްނުވި
    ވިޔަފާރިވެރިން އިދަޖެހެން ފަށާފި އިގުތިސޯދު ދުވަހުން ދުވަހަށް ދަށަށް
    ރިސޯޓުތަކުގެ މުވައްޒަފުން ނައް ވީވައުދު ޗޮކުހުން
    އިސްލާމް ދީނަށް ފުރައްސާރަކޮށް ހަދާ މީހުން ތިބީ މަތިފަޑިގަ ދައުލަތުން މުސާރަ ދީފަ
    އިބުރާހިމް ސޯލިހު ކުޅިވަރާ ނާޗަރަންގީގަ
    މިލިޔަނުން ހަރަދުކޮއް ބޭކާރު ދަތުރު ކުރުމުގަ
    މީ ނާގާބިލު މީހުން ވެރި ކަމާ ހަވާލުވީމަވާގޮތް

    13
    1
  6. ސސ

    ނެތްތަ ދެން ލާނެ މީހެއް

    12
  7. ފައިރޫޒު

    ތި ޝިހާބަށް ވަޒީފާ އެއް ނުލިބިގެން ފޯރިދައްކާތާ ދުވަސްކޮޅެއްވެއްޖެ. އެމްޑިޕީގެ ހުޅުމާލެ އިވެންޓްގަ ލޯކަލް ކައުންސިލް ފޯރަމްގަވެސް ވަރެއް ދައްކާލަފާ ހުރި މަގާމެއް ހޯދަން. . ކޮންކަމެއް ކުރެވޭނީ ކުރިންވެސް ނެތް އެއކަމެއްވެސް ތި މީހަކަށްވެފަކައެއް. މުސާރަ ދދީފަ މަހުއެއްޗެތިކޮޅު ދީފަ ގޭގަ ބަހައްޓަންވީނުން.

    11
    1
  8. ގުނބޯ ހެއްދޭ

    ދައުލަތް ދަވާލައިފިި

    15
    1
  9. ލަކީ

    ޥަރަށް ރަންގަޅު ބޭފުޅެއް ޝިހާބަކީ

    • ކަޑަގޮލައެއް

      ހަޔާތްކުޑަކަމުގަ ވަރަށް ރަނގަޅު ހިސާބުގަ މަތީ ވަނައިގަ އުޅޭ މީހެއް. އެމީހާ ހޯމް މިނިސްޓަރަކަށް ހުރިއިރު އެމީހާގެ ލަދުކުޑަކަން މަށަށް އެނގުނީ. އުސްތާޛު ނަޝީދު މީނައާ ބައްދަލުކޮށް ހޯމް މިނިސްޓްރީއާ ގުޅުން ހުރި ބޮޑު މައްސަލައެއްގެ ވާހަކަ ދެއްކީމަ މީނަ ކިބައިން ފެނުނު ވަކަރުގޭ އަޚްލާގުގެ ވާހަކަ އޭނަވެސް ކިޔައިދިންތާ. މީނަގެ މަސްއޫލިއްޔަތުތެރޭ ހިމެނޭ އެވާހަކަ މީނަ ގާތު ނުދެއްކުނުނަމައޭ ހިތަށް އެރިއޭވެސް ބުންޏެއްނު.