ފަޅު ރަށެއްގައި ވަރަށް އިހާނެތިކޮށް ބަނދެފައި އޮތް ވެލައެއް ފެނުނު މައްސަލައިގައި ކުއްލި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން އެންވާރްމަންޓް މިނިސްޓްރީން ނިންމައިފިއެވެ.
އެންވާރްމަންޓް މިނިސްޓްރީން ވިދާޅުވީ ފަޅު ރަށެއްގައި ވަރަށް އިހާނެތިކޮށް ބަނދެފައިވާ ވެލައެއް ސަލާމަތްކޮށް ދޫކޮށްލުމުގެ މަސައްކަތް އެންވަޔަރަންމަންޓް މިނިސްޓްރީއާއި އީޕީއޭގެ ޓީމަކުން ކުރަމުން އެބަގެންދަވާ ކަމަށެވެ.
މިމައްސަލަ އާއި ގުޅިގެން މިނިސްޓްރީން ބާއްވާ ކުއްލި ނޫސްވެރިންގެ ބައްދަލުވުން އޮންނާނީ މިއަދު މެންދުރު 12:45 ގައެވެ.
ރާއްޖޭގައި ދިރިއުޅޭ ވެލައާއި ކަހަނބުގެ ހުރިހައި ބާވަތްތަކެއް ތިމާވެށީގެ ޤާނޫނުގެދަށުން ވަނީ ހިމާޔަތްކޮށްފައެވެ. ވެލާ ކަހަނބު އާއިލާގެ އެއްވެސް އެއްޗެއް ހިފުމާއި އެއިގެ ބިސްނެގުމާއި ބިސްވަޅުތަކަށް ގޯނާކުރުމާއި ވެލާ ކަހަނބު ގެންގުޅުމާއި ވެލާ ކަހަނބުގެ ބައިތަކުގެ ވިޔަފާރި ކުރުމާއި މިތަކެތި ޢާންކޮށް ދިރިއުޅޭ މާހައުލަށް ގެންލުން ލިބޭނެ ކަންކަން ކުރުމާއި ވެލާ ކަހަނބުގެ ބައިތައް ބޭނުންކޮށްގެން އުފައްދާ ތަކެތި އެކްސްޕޯޓް ކުރުމާއި އިމްޕޯޓްކުރުމާއި ހުއްދަ ނުނަގައި ދިރާސާތައް ކުރުމާއި ހުއްދަ ނުނަގައި ވެލާ ކަހަނބު އާލާ ކުރުމުގެ މަސައްކަތްކުރުމަކީ ވެސް ރާއްޖޭގައި މަނާކަމެކެވެ.
އެއްވެސް ބަޔަކަށް ނުކެރުނު އެމްޑީއެން މައްސަލައިގައި ވަގުތުން ޕުރެސް ކޮންފަރެންސް އެއްބާއްވާކަށް. މިކަމުން ވެސް އިނގިގެންދަނީ ސަރުކާރުން އެކަން ކުރަން ބޭނުން ނުވާކަން. އެމްޑީއެން ވަގުތުން އުވާލާ
މިހާރު މިހިނގާކަންތައްތަކުގެ އަޑުކަނޑުވާލަން ސަރުކާރުން ރާވާގެންކުރާކަމެއްތީ.
ވެލަޔާ، ކަހަނބާ، ދޫނި ހިފާ ގެންގުޅުން މަނާ ކުރިއިރު މިތަކެތި އާލާވާ ރަށްތަކާއި ފިނޮޅުތައް ހިމާޔަތެއް ނުކުރޭ.
ގއ.ކޫއްޑޫގަވެސް ވެލާގެންގުޅޭޕޮންޑުތައްހަދައިގެން. މި މައްސަލަވެސް އަވަހަށް ބަލައިދީ!
މަ ހަމަ އަޖައިބު ވެއްޖެ. ވެލާއަށް ލިބިގެންދިޔަ ހައްގު އަހަރުމެން މުސްލިމުން ގެ ކައު އިތުރު ރަސޫލާ ﷺ އަށް ނުލިބުނު ކީއްވެބާ؟ ކުއްލި ބައްދަލުވުމާ އެއްޗެހި ނުބޭއްވިއެއް ކަމަކު އަދިވެސް އަނިޔާދިން ޖަމިއްޔާ އެއުޅެނީ ހެވިފައި
ދީން ހިމާޔަތް ކުރަން ސަމާލުކަމެއް ނުދެވޭ. ވެލާ ކަހނބު ހިމާޔަތް ކުރަން މި ސަރުކާރުން ޚާއްޞަ ސަަމާލުކަމެއް އެބަދޭ.
ތިވަރު ކަމެއް ކުރެވޭނެ އެންމެ މީހަކަށްވެސް. ދެން ކޮން ޓީމެއް ތި އުޅެނީ
ވެލާ މަހަކީ ﷲ ހަލާލުކުރައްވާފައިވާ މަހެއް އެހެންކަމުން ވެލާމަސްމީރުބަޔަކު ވެލާހިފައިގެންކާންވީ ކިތަންމެވަރަކަށް ކެއަސް މެރިޔަސް ﷲ މިދުނިޔޭގަ ލައްވާފައިވާ އެއްޗެއް އިންސާނުންނަކައް ހުސްކޮއްނުލެވޭނެ
ސިފައިން ކޯސްޓް ގާރޑުން ވަރަށް ކާނެ
މިހެން އަނިޔާ ކުރުމަކީ ދީނުގަ ވެސް ހުއްދަ ކަމެއް ނޫން. ކާ ހިތްވަންޏާ ކާނީ. އަނިޔާ ކުރާނެ ކަމެއް ނެތް.
ވެލާ ކަހަނބު ލިފުން މަނާ ކުރެވިފަައިވާ ގާނޫނަށް ފުރިހަމައަށް އަމަލު ކުރުން ވަރަށް ތާއީދު
ވ ބަރަާބަރު މީހަކު މަރުވިޔަސަް މެރިޔަސް ކުއްލިނޫސްވެރީންގެ ބައްދަލުވުމެއްނުބާއްބާ
ސަރުކާރުގެ ހާލަތު މިހާ ދަށަށްދާނެ ކަމަކަށް ހިޔެއްނުކުރަން. ކުރެވޭނެ ކަމެއް ނެތިގެން އަބަދުވެސް ނޫސްވެރިންގެ ބައްދަލުވުން، މަދިރި މަރައިގެންވެސް އަދި ނޫސް ކޮންފަރެސް ބާއްވާނެ. ބޯ ހަލާކު!
ވެލަޔާ ކަނހަބަށްޓަކައި ކުއްލި ބައްދަލުވުންތައް ބާއްވާއިރު ސަހިންދާމެން އިސްލާމްދީނަށް ފުރައްސާރަކުރިއިރު ތިއިން އެއްވެސްޗުއްޕުވެސް ނުބުނަމު!