މިނިސްޓްރީ އޮފް އެޑިއުކޭޝަންއިން ހުރިހާ ކުދިން ޝަމީލް ވާ ގޮތަށް ތައުލީމު އުގަންނައިދިނުމުގެ ގޮތުން އިންކުލޫސިވް އެޑިއުކޭޝަންގެ ސްޓްރެޓިޖިކް އެކްޝަން ޕްލޭން އެއް އެކުލަވާލުމަށް ނިންމާއިފިއެވެ.

މި މަސައްކަތް މިއަހަރުގެ ޖުލައި މަހުން ފެށިގެން ކުރިގެން ކުރިޔަށް ދާއިރު، ކުރިޔަށް އޮތް 5 އަހަރަށް ސްޓްރެޓެކްޖިކް ޕްލޭން އެއް ހެދުމަށްޓަކައި ހުރަވީ ސްކޫލްގައި މިއަދު ހެނދުނު ވަނީ ވޯކްޝޮޕެއް ކުރިޔަށް ގެންގޮސްފައިއެވެ. މި ވޯކްޝޮޕްގެ ފެށުމުގެ ރަސްމިއްޔާތު އިފްތިތާހް ކޮށްދެއްވާފައި ވަނީ މިނިސްޓަރ އޮފް އެޑިއުކޭޝަން އަލްފާޟިލާ އައިޝަތު އަލީއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، މި މަސައްކަތް ބައްދަލުވުން ނިމިގެންދާއިރު އުނގެނުމުގައި ޙާއްސައެހީއަށް ބޭނުންވާ ކުދިންނަށް ތައުލީމު ފޯރުކޮށްދިނުމުގެ ސިޔާސަތު އަދި ކުރިޔަށް އޮތް 5 އަހަރު އުގެނުމުގައި ޙާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ތައުލީމު ފޯރުކޮށްދިނުމުގެ ސްޓްރެޓީޖިކް ޕްލޭން އިސްލާހުކުރެވި އަދި ކުރިއަށް ރާވާ އެންމެހާ ހަރަކާތްތަކާއި އެ ހަރަކާތްތަކަށް ދާނޭ ޖުމްލަ ޙަރަދު އެނގިގެންދާނެ ކަމަށެވެ.

ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ ވާހަކަފުޅު ދައްކަވަނީ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ ވާހަކަފުޅު ދައްކަވަނީ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

އަދި މި މަސައްކަތަކީ ތައުލީމީ މަންހަޖު އިތުރަށް ހަރުދަނާކޮށް ހުރިހާ ކުދިން ބައިވެރިކޮށް، އެއްވެސް ކުއްޖެއް ބާކީ ނުކޮށްލުމުގެ ސިޔާސަތުގެ ދަށުން ސަރުކާރުން ކުރިޔަށް ގެންދާ މަސައްކަތެއްކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

މި ވޯކްޝޮޕްތަކުގައި ސްކޫލްތަކުގެ ޕްރިންސްޕަލުންނާއި ބެލެނިވެރިންނާއި ޓީޗަރުންގެ އިތުރުން އަމިއްލަ ޖަމިއްޔާތަކުން އަދި އެހެނިހެންވެސް ކަމާގުޅުން ހުރި ދާއިރާތަކުގެ މާހިރުން ވަނީ ބައިވެރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިކްލީލް

    ޔާމީންގެ ސަރުކާރުން ވަނީ އިންކްލޫސިވް އެޑިޔުކޭޝަންގެ 10 އަހަރުގެ ސްޓްރެޓެޖިކް ޕްލޭން އެކުލަވާލާ އެ ތަޢުލީމު ރަސްމީ ތަޢުލީމުތެރެޔަށް ވައްދާފައެވެ. މިއަދު ފަތްޖެހިފޮތި ފަތްޖަހާ އަލުން ނިއުޅާފަ ފަތްޖަހަޖަހާ ތިބޭށެވެ.