ރާއްޖޭގެ ރިސޯޓެއްކަމަށްވާ އަނަންތަރާ ދިގު ރަށް ރިސޯޓުގައި މާކަނައަކަަށް އަނިޔާކޮށް މަރާލި މައްސަލަ އެންވެރޮމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.

ރާއްޖޭގެ ރިސޯޓެއްގެ ކޮޓަރިއެއްގައި މާކަނައެއް މަރާލާ މަންޒަރު ފެންނަ ވީޑިޔޯއެއް މިހާރު މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެކަން އާއްމުންގެ ސަމާލުކަަމަށް ގެނެސްފައި ވަނީ "ވަގުތު"އިންނެވެ.

އީޕީއޭ އިން މީގެ ކުޑައިރުކޮޅެއް ކުރިން ބުނެފައި ވަނީ، އަނަންތަރާ ދިގުރަށް ރިސޯޓުގައި މަކަނައަކަށް އަނިޔާކޮށް މަރާލި މައްސަލަ އެ އެޖެންސީން ބަލަމުން އަންނަ ކަމަށެވެ.

މާކަނާ އަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ ދޫންޏެކެވެ.

މި ޤާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ އެއްވެސް ދިރުމަކަށް އަނިޔާ ދިނުމަކީ، ނުވަތަ ހައްޔަރު ކޮށްގެން ގެންގުޅުމަކީ ކުށެކެވެ.