ކުރީގެ ރައީސް ޔާމީނުގެ ސަރުކާރުގައި، ޒާތީގޮތުން ވަކި ބަޔަކަށް ގެއްލުންދޭން ބައެއް އެއްބަސްވުންތައް އުވާލާފައިވާކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ދައުލަތުން ބަދަލު ދޭނެ އުސޫލުތަކެއް ކަނޑައެޅުމާ ގުޅޭ ގޮތުން މާލިއްޔަތު ކޮމިޓީއިން ކުރަމުން ދާ މަސައްކަތުގެ ތެރެއިން، މިއަދު މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ދައުލަތުން އަމިއްލަ ކުންފުނިތަކަށް ބަދަލު ދޭން ޖެހެނީ ކުރީގެ ސަރުކާރުންތަކުން އަމަލުކޮށްފައި ހުރި ގޮތުން ކަމަށެވެ. އެގޮތުން ވަކި ބަޔަކަށް ޒާތީގޮތުން އަނިޔާދޭން، ގަވައިދާ ހިލާފަށް އެއްބަސްވުންތައް ބާތިލުކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ދިގު މުއްދަތުތަކަށް ތަންތަން ތަރައްގީކުރަން ހަވާލުކުރުމަށްފަހު، އެކި މައްސަލަތަކާއި ގުޅިގެން މަސައްކަތް ކުރިޔަށް ނުދިޔުމުންވެސް، ބައެއް އެއްބަސްވުންތައް އުވާލާފައިވާކަމަށެވެ.

އަދި، ކުރީގެ ސަރުކާރުން، އަމިއްލަ ކުންފުނިތަކާއި ހަވާލުކޮށްފައިވާ އެއްބަސްވުންތައް ބާތިލް ކުރިއިރު، އޭރުގެ ބަންޑާރަ ނައިބުގެ ލަފާ ހޯދާފައިނުވާކަމަށްވެސް މިނިސްޓަރ އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.

ކުރީގެ ސަރުކާރުން ޤާނޫނާއި ޚިލާފަށް އުވާލާފައިވާ ބައެއް އެއްބަސްވުންތަކުގެ ބަދަލުގައި، 6.8 ބިލިއަން ރުފިޔާއަށް އަރާ ކަމަށް ވަނީ ލަފާ ކުރެވިފަ އެވެ. އަދި މިފަދަ އެތައް މައްސަލައެއް، ވަކި ގޮތަކަށް ނުނިމި، ކޯޓުތަކުގައި ހިނގަމުންވެސް އެބަދެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބުރޯ

    އެއްބަސްވުންތައް އުވާލެވިފައިވަނީ ޒާތީގޮތުންގެއްލުންދޭކަށެއްނޫން ދަވްލަތަށް ގެއްލުންވާގޮތަށް ވަކިބަޔަކަށް ފައިދާލިބޭގޮތަށް އެއްބަސްވުންހެދުފަ ހުރުމުން އެއްބަސްވުނަދެމެހެއެްޓުމުންދަވްލަތަށް ލިބޭގެއްލުން ބޮޑު ވާތީ