އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ) އަށް ނުފޫޒު ނުފޯރުވޭނެ ކަމަށާއި އެފަދަ އަމަލެއް ކުރަން އުޅޭނަމަ ހާމަކުރައްވާނެ ކަމަށް އެ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވެއްޖެއެވެ.

ޝިއުނާ މިހެން ވިދާޅުވެފައިވަނީ މިއަދު އެ ކޮމިޝަންގެ އާ މެމްބަރުން ހުވާ ކުރެއްވުމަށްފަހު ފުރަތަމަ ފަހަރަށް ނޫސްވެރިންނާއި ބައްދަލުކުރައަވަމުން ވާހަކަފުޅު ދައްކަވަމުންނެވެ.

ޝިއުނާ ވިދާޅުވީ، ރާއްޖޭގައި ކުންފުނިތަކަށާއި މުއައްސަސާތަކަށް ނުފޫޒު ފޯރުވުން އެއީ ސަގާފަތެއް ކަމަށެވެ.

"އެ ސަގާފަތް އޮތްކަން އަޅުގަނޑުމެން ގަބޫލު ކުރާ ހާލު އަޅުގަނޑުމެން ފަސް މެމްބަރުން އަޒުމް ކަނޑައަޅައިގެން މި ތިބީ ކިތަންމެ ވަރަކަށް ނުފޫޒު ފޯރުވަން އުޅުނު ނަމަވެސް، އަޅުގަނޑުމެންނަށް ނުފޫޒު ނުފޯރުވޭނޭ". ޝިއުނާ ވިދާޅުވިއެވެ.

ޝިއުނާ ވިދާޅުވީ، މިހާރު އެ ކޮމިޝަންގައި ތިއްބެވި މެމްބަރުންނަކަށް ނުފޫޒު ނުފޯރުވޭނެ ކަމަށާއި އެފަދަ ކަމެއް ކޮށްފިނަމަ އެކަން ހާމަ ކުރާނެ ކަމަށެވެ.

"މީހަކު ނުފޫޒު ފޯރުވަން އުޅުނަސް އަޅުގަނޑުމެން އެކަން ހާމަވެސް ކުރާނަން. ރިޕޯޓު ކުރަން ޖެހޭ ފަރާތްތަކަށް ރިޕޯޓު ކުރަން ޖެހިލުމެއްވެސް ނުވާނެ" ޝިއުނާ ވިދާޅުވިއެވެ.

އޭސީސީގައި މިހާރު ތިއްބަވާ މެމްބަރުންނަކީ އެ ކޮމިޝަންގެ ރައީސާ މަރިޔަމް ޝިއުނާ، ނައިބު ރައީސާ ފަތިމަތު އަނޫލާ، އައިޝަތު އަބްދުﷲ، އަލީ އަޝްރަފް އަދި އިބްރާހިމް ޝަކީލެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޑރ. ފިތުނަ

    ތިއީ ވާނެކަމެއްނޫން ކޮންމެ ބަޔަކުވެސް ޞާލިހު ބައެއްކަން ދެއްކުމަށް ތިކަހަލަ ވާހަކަ ދައްކާ

    19
  2. އިކްލީލް

    އަޗާ އަޗާ! ކާކަށްތޯ ތިޔަ އޮޅުވައިލަނީ؟ އެހެންނަމަ ޢިމްރާނުމެން މިއަދު ސަރުކާރުން ކަރަށްއެއްލި މަޅީގައި ބެދިފައެއް ނުތިބީސް! ވަޒީފާގައި ތިބެން ބޭނުންނަމަ ޖެހޭނީ ހަމަ އާދެލައްބަ ކިޔަން!

    6
    1
  3. މޯދީ

    3000 އަހަރުވާއިރުވެސް ތިކަމެއް މިރާއްޖެއަކު ނުވާނެ! ވެރިކަމުގަ ތިބިބަޔަކުގެ ދަށުވެގެން އަދި އިންޑިޔާގެ ދަށުގަ އޮންނަންޖެހޭނީ!

    5
    1
  4. ހުސޭނުބޭ

    އޭސީސީއަކީ ބަޔަކު ބަނދެގެން ގެންގުޅޭ ވުމުން މީހަކު އިތުރަށް ދެން ނުފޫޒުފޯރުވާނެ ޖާގައެއް އެބަ އޮތްތޯއެވެ.

    2
    1
  5. މޭން

    ޙަމަ ހިނިއަންނަނީ

    4
    1