ވޭތުވެދިޔަ އަހަރު ތަކުގައި ޑެންގީ ހުން ޖެހިފައިވާ މިންވަރަށް ބަލާއިރު، މި އަހަރުގެ މިހާތަނަަށް ޑެންގީ ހުން ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދު ގިނަ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭ އިން އައްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު އޮގަސްޓް މަހާ އަޅާ ބަލާއިރު ސެޕްޓެމްބަރ މަހު ޑެންގީ ޖެހިގެން ރިޕޯޓް ކޮށްފައިވާ އަދަދު ދަށެވެ. އެގޮތުން މިއަހަރުގެ އޮގަސްޓް މަހުގެ 466 ކޭސް ރިޕޯޓް ކޮށްފައިވާ އިރު ސެޕްޓެމްބަރ މަހު ރިޕޯޓް ކޮށްފައިވަނީ 317 ކޭސްއެވެ. އަދި މިއަހަރުގެ މިހާތަނަށް 4141 ކޭސް ހުށަހަޅާފައިވެއެވެ.

ޗިކެންގުންޔާ އަށް ބަލާއިރު މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން މިހާތަނަށް 1454 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ. އެހެން ނަމަވެސް މިހާރު ޗިކެންގުންޔާ ޖެހިގެން ރިޕޯޓް ކުރާ އަދަދު މަދު ކަމަށް އެޗްޕީއިން ވިދާޅުވިއެވެ. އެގޮތުން މިއަހަރުގެ އޮގަސްޓް މަހު 39 ކޭސް ރިޕޯޓް ކޮށްފައިވާ އިރު ސެޕްޓެމްބަރ މަހު ރިޕޯޓް ކޮށްފައިވަނީ 38 ކޭސް އެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އަރިދަފުސް ރޯގާގެ ކޭސްތައް ވަނީ ވޭތުވެދިޔަ އަހަރުތަކާ އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް މަދުވެފައެވެ. އަދި އޮގަސްޓް މަހާއި އަޅާބަލާއިރު ސެޕްޓެމްބަރ މަހުވެސް ދަށް ކަމަށް ދައްކައެވެ. އެގޮތުން މިއަހަރުގެ އޮގަސްޓް މަހު 24878 ކޭސް ރިޕޯޓް ކޮށްފައިވާ އިރު ސެޕްޓެމްބަރ މަހު ރިޕޯޓްކޮށްފައިވަނީ 20300 ކޭސްއެވެ.

އެޗްޕީއޭއިން ވަނީ މިފަދަ ބަލިތަކުން ރައްކާތެރިވުމަށް ރައްކާތެރި ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން މަދިރިން ސަލާމަތް ވުމަށް މަދިރި ލޯޝަން، ސްޕްރޭ އަދި މޮސްކިޓޯ ރެޕެލެންޓް ބޭނުން ކުރަން އިލްތިމާސްކޮށްފައެވެ. އަދި ގިނަގިނައިން އަރާމުކުރުން އަދި ހުން މަޑު ކުރުމާއި ގައިގައި ރިއްސާނަމަ ޕެރެސެޓެމޯލް ބޭނުން ކުރަންވެސް ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުންވެސް ފާހަނާ ބެނުން ކުރުމަށްފަހު އާއި ނެޕީ ބަދަލް ކުރުމާއި ކެއްކުމުގެ ކުރިންނާއި ކެއުމުގެ ކުރިން އޮތް ދޮންނަން ވަނީ އިލްތިމާސްކޮށްފައެވެ.