މަރާލާފައި އޮއްވާ ފެނުނު ބްލޮގާ ޔާމީން ރަޝީދު މަރާލި ގޭގެ ލިފްޓް ކެމެރާގެ ކަވާގައި އެމައްސަލާގައި ދައުވާއުފުލާފައިވާ މ. އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދުގެ އިނގިލީގެ ނިޝާން އަރާފައި ހުރިކަމަށް ހެކިބަސް ދިން ފުލުހަކު ވިދާޅުވެއްޖެއެވެ.
އެކަން ހާމަކޮށްފައިވަނީ މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އެ މައްސަލައިގެ ޝަރީޢަތުގައި ދަޢުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހެއްކެއްގެ ގޮތުން މިއަދު ހެކިބަސް ދިން ފުލުސް މީހެކެވެ. އެއީ ޔާމީން ރަޝީދު މަރާލި މައްސަލައިގައި އިނގިލީގެ ނިޝާން ނަގައި، އެ ސާމްޕަލް އެނެލައިޒް ކުރި ފުލުހުންގެ ތަހުލީލީ މާހިރެކެވެ. (ލެބޯޓަރީ އެކްސްޕާޓެކެވެ). އެ ފުލުސް މީހާ ވަނީ އޭނާ އެ ދާއިރާއިން ހަދާފައިވާ ގިނަ ކޯސްތަކުގެ މަޢުލޫމާތާއި، ތަޖުރިބާތައް ޝަރީޢަތުގެ މަޖިލީހުގައި ކިޔާދީފައެވެ. ފުލުސް މީހާ މިއަދު ހެކިބަސް ދެމުން ބުނީ ކުށުގެ ވެށިން ނެގުނު އިނގިލީގެ ނިޝާން ދިމާވެފައިވަނީ އިސްމާއީލް ހައިޝަމްގެ ކަނާތު ޝަހާދަތް އިނގިލިން ނެގިފައިވާ އިނގިލީގެ ނިޝާނާ ކަމަށެވެ.
ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ކުށުގެ ވެށިން ނަގާފައިވާ އިނގިލީގެ ނިޝާންތަކުގެ ތެރެއިން ދަޢުވާ ލިބިފައިވާ މީހުންގެ އިނގިލީގެ ނިޝާނުން ދިމާވެފައިވަނީ އިސްމާއީލް ހައިޝަމް ގެ އިނގިލީގެ ނިޝާން އެކަނި ކަމަށް ފުލުސް މީހާ ކިޔާދިނެވެ. އެގޮތުން އޭނާ އިނގިލީގެ ނިޝާންތައް އެނަލައިޒް ކުރި ސާމްޕަލްތަކުން ލިފްޓު ކެމެރާގެ ކަވަރުން ނެގިފައިވާ ހައިޝަމްގެ އިނގިލީގެ ނިޝާނުގެ 14 ސިފައެއް ހަމަވާ ކަން ފާހަގަކުރިއެވެ. ރާއްޖޭގައި ފުލުހުން އިނގިލީގެ ނިޝާން ދިމާވާ ކަމަށް ނިންމަނީ 8 ސިފައެއް ދިމާވުމުން ކަމަށް އެ ފުލުސް މީހާ ބުންޏެވެ.
މިއަދު ހެކިބަސް ދިން ފުލުސް މީހާގެ ވާހަކަތަކާ ގުޅިގެން ދަޢުވާ ލިބޭ އިސްމާއީލް ހައިޝަމް ގެ ވަކީލު ވަނީ ދަޢުލަތުގެ އިޒުނަ އާއި އެކު އިނގިލީގެ ނިޝާނުގެ ރިޕޯޓުގެ ސާމްޕަލްތައް ބެލުމަށްފަހު، ހެކިވެރިޔާ އާ ގިނަ ސުވާލުތަކެއް ކުރިމަތިކޮށްފައެވެ. ލިފްޓު ކެމެރާއަށް އަރާފައިވާ އިނގިލީގެ ނިޝާންގެ ސާމްޕަލްތައް ޓެސްޓު ކުރިއިރު އެ މައްސަލައިގެ ދަޢުވާ ލިބޭ އެންމެންގެ އިނގިލީގެ ނިޝާން ވެސް ތަހުލީލު ކުރިތޯ އޭނާ ވަނީ ސުވާލުކޮށްފައެވެ. އަދި އެ މައްސަލައިގެ 'ފިންގަޕްރިންޓް ކޮމްޕެރިސަން ރިޕޯޓު' ގައި ހައިޝަމްގެ ފިންގަޕްރިންޓު ލިފްޓު (ނެގިކަމަށް) އެންމެ ފުރަތަމަ އެހެން ފުލުހެއްގެ ނަން ޖަހާފައި، އެ ނަން ކަނޑާފައި އޭނާގެ ނަމަށް ބަދަލުކޮށްފައި އޮތީ ކީއްވެތޯވެސް ވަނީ ސުވާލު އުފައްދާފައެވެ. އަދި އެ ރިޕޯޓުގައި ހަމައެކަނި ހައިޝަމްގެ އިނގިލީގެ ނިޝާން ހުރިކަމަށް ބުނެ، ތަފްސީލީ މަޢުލޫމާތު ނެތީ ކީއްވެތޯ ސުވާލުކުރިއެވެ.
ފުލުސް މީހާ ޖަވާބުގައި ބުނީ އެންމެންގެ ސާމްޕަލްތައްވެސް ވަކިން ނަގާފައި ޓެސްޓު ކުރި ކަމަށެވެ. އެ މައްސަލައިގެ ސީން އަށް އޭނާ ގޮސްފައިވަނީ ޔާމީން ރަޝީދު މަރާލި ދުވަހުގެ ހެނދުނު 06:35 އެހާކަށްހާއިރު ކަމަށާއި، އިނގިލީގެ ނިޝާން ނަގަން އޭނާ ހަމަޖެހުނީ އެއީ އެފަދަ ބޮޑެތި މައްސަލަތަކުގައި ފުލުހުން ޢަމަލް ކުރަމުންދާ އާއްމު އުސޫލުގެ ދަށުން އެ ކަމަށް އެންމެ ޤާބިލު ބަޔަކު އެކަން ކުރަން ޖެހޭތީ ސީނިއަރުންގެ އިރުޝާދަށް ކަމަށެވެ. އެ ސީން އިން ނެގުނު ހުރިހާ ފިންގަޕްރިންޓެއް ނަގާފައި، އެ ފިންގާޕްރިންޓުތައް އެނަލައިޒް ކުރީ ވެސް އޭނާ ކަމަށް ބުންޏެވެ. އެ ފުލުސް މީހާ ބުނީ ފުލުހުން ޢަމަލުކުރަމުން އަންނަ އެސްއޯޕީ ގެ ދަށުން އިނގިލީގެ ނިޝާނުގެ ތަފްސީލީ ރިޕޯޓެއް ނަހަދާ ކަމަށާއި، އެ ރިޕޯޓުގައި އޮތީ ހައިޝަމްގެ އިނގިލީގެ ނިޝާން، ކުށުގެ ވެށިން ހޯދި ނިޝާނާއި، ދިމާވެފައިވާ ކަން ކަމަށެވެ.
މި މައްސަލައިގައި ދަޢުލަތުގެ ފަރާތުން މިއަދު ހެކިބަސް ދިން ދެވަނަ މީހަކީ އަންހެން ފުލުސް އޮފިސަރެކެވެ. އެ ފުލުސް އޮފިސަރު ކިޔާދިން ގޮތުގައި އޭނާއަކީ އެ ކުށުގެ ވެއްޓަށް އެންމެ ފުރަތަމަ ހާޒިރުވި ފުލުހުންގެ ޓީމުގައި ހިމެނޭ މީހެއް ކަމަށެވެ. އޭނާ އެ ހާދިސާ ހިނގި ގެއަށް ދިޔައިރު ތަފާތު ކަމަކަށް ފާހަގަވީ މުޅި ގޭގައި އެއްވެސް އަލިކަމެއް ނެތުން ކަމަށް އެ ފުލުސް މީހާ ކިޔާދިނެވެ. އޭނާ ބުނީ އަދި އެ ސީން އިން ހޯދި ހުރިހާ ހެކިތަކެއް އެއްކޮށްފައިވަނީ އޭނާ ކަމަށާއި، ނަމަވެސް އިނގިލީގެ ނިޝާންތައް ނަގާފައިވަނީ ތަހުލީލީ މާހިރު ފުލުސް މީހާ ކަމަށެވެ.
މިއަދުގެ ޝަރީޢަތުގެ މަޖިލިސް ފެށުމުގެ ކުރިން މި މައްސަލައިގައި ދަޢުވާ ލިބޭ ފަރާތެއް ކަމަށްވާ އިސްމާޢީލް ހައިޝަމް ރަޝީދުގެ ޤާނޫނީ ވަކީލު ވަނީ މި މައްސަލައިގެ ޝަރީޢަތް ހިނގަމުންދާއިރު، އެންމެ ފަހުން އެ މައްްސަލައިގެ ޝަރީޢަތް ބޭއްވުނު ދުވަހުގެ 1 ދުވަސް ފަހުން އޭނާގެ މުވައްކިލުގެ އެއްބަފާ ބޭބެ، ސުވާލު އުފެދޭ ގޮތަކަށް މަރުވެފައިވާ ކަމަށާއި، އޭނާގެ ޕޯސްޓްމޯޓަމް ރިޕޯޓު ހަދަން އެތައް ބަޔަކު އެދުނު ނަމަވެސް އެ ރިޕޯޓު ހަދާފައި ނުވާ ކަމަށެވެ. އެކަމާ ގުޅިގެން ވަކީލު ވަނީ މުވައްކިލުގެ ފަރާތުން ކަންބޮޑުވުންތައް ފާޅުކޮށްފައެވެ.
ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ޝަރީޢަތުގެ އެންމެ ފަހުން އަޑުއެހުމެއް ބޭއްވީ މިމަހުގެ 10 ވަނަ ދުވަހުގައެވެ. އެ ދުވަހު ދަޢުލަތުގެ ފަރާތުން ހުށަހެޅި ސިއްރު 2 ހެކިވެރިންގެ ތެރެއިން އެކަކު ވަނީ ހެކިބަސް ދިނުމަށް އުޒުރުވެރިވެފައެވެ. އަނެއް ހެކިވެރިޔާ ބުނީ އޭނާ މިހާރު އެ މައްސަލައިގެ އެއްވެސް ކަމެއް ހަނދާނުގައި ނެތް ކަމަށެވެ. ނަމަވެސް ފުލުހަށް ދީފައިވާނީ ތެދު ބަޔާނެއް ކަމަށް އޭނާ ބުންޏެވެ.
އިސްމާއީލް ރަޝީދުގެ ޤާނޫނީ ވަކީލު، މައުމޫން ޙަމީދުވެސް ވަނީ ޤާޒީ ކައިރީގައި ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފައެވެ. އެގޮތުން އޭނާގެ މުވައްކިލު އެ މައްސަލައިގަ ހިމެނޭ ހެކިވެރިންނަށް ނުފޫޒު ފޯރުވަން އުޅޭ ކަމަށް ބުނަމުންދާތީ ޕީޖީ އިން އެ މައްސަލައިގައި އޭނާގެ މައްޗަށް އެއްވެސް ދަޢުވާއެއް ކޮށްފައިވޭތޯ އާއި، އަދި ފުލުހުންގެ ފަރާތުން އެކަހަލަ އެއްވެސް މައްސަލައެއް ބަލަމުން ގެންދޭތޯވެސް އަދިވެސް ސާފުނުވާ ކަމަށް ބުންޏެވެ. އަދި އޭނާގެ މުވައްކިލު އަކީ 2017 ވަނަ އަހަރުގެ މޭ 9 ވަނަ ދުވަހުން ފެށިގެން ބަންދުގައި ހުންނަ ފަރާތެއް ކަމަށާއި، އޭނާ މި މައްސަލައިގެ ހެކިންނަށް ނުފޫޒު ފޯރުވާނެ ގޮތެއް ސާފުކޮށްދީފައި ނުވާ ކަމަށެވެ.
ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ތޫނުއެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައިވަނީ މ. އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދާއި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދާއި މ. ތާއިފް، އިސްމާއީލް ރަޝީދާއި މ. ކުދެހިގޭ، ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ.
އޭނާ މަރާލާފައި އޮއްވާ ފެނުނުއިރު ހަށިގަނޑުގެ އެތަން މިތަނަށް ތޫނު އެއްޗަކުން ހަމަލާދީފައި ވެއެވެ. އޭނާ މަރާލާފައި ވަނީ 2017 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 23 ވަނަ ދުވަހުއެވެ. ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ޝަރީޢަތުގެ ދެން އޮންނަ އަޑުއެހުމެއްގައިވެސް އޮންނާނީ ދަޢުލަތުގެ ފަރާތުން މައްސަލަ އާއި ގުޅޭ ހެކި ހުށަހެޅުމެވެ. އެގޮތުން އެ މައްސަލައިގެ މެޑިކޯ ލީގަލް ރިޕޯޓާއި ގުޅޭ 2 ހެއްކެއް ދަޢުލަތުގެ ފަރާތުން ހުށަހެޅުން އޮންނާނެއެވެ.
ހެކި ހެދީ . ފޮރެންސިކުގަ އުޅޭ މީހަކު ބުނި އެހެން. މިމީހުން އެ ތުހުމަތި ކުރެވޭ މީހާގެ އިނގިލީގެ ނިޝާން ނަގައިގެން ފިންގަ ޕްރިންޓް އެޑިޓް ކޮއްގެން ހެދި ކަމަކައް.
ކަލެއަށް މާބޮޑަށް އިނގެނީ ކަންތައްތައް
ބަކުރައް ވާނުވާ ނޭގުން އެއީ އަހަރެން ކުރާނެ ކަމެއް ނޫން.
މިކަހަލަ ބޮޑެތި ގިނަ މައްސަލަތަކުގައި މާލޭމީހުން އެހާގިނައީ ކީއްވެގެންތޯ ބަލަން އެބަޖެހޭ. މިގައުމުގައި ބޮޑުކުށެއް ނުކުރެއޭ މާލޭބަޔަކު ބައިވެރިނުވާ.
އޭތް! ތި ވާހަކަ ރައްޔިތުން މަޖިލީހުގައި އުޅޭނެ ބޮންޑޭ ކިޔާ ވާންޗޯއެއް! އޭނަ ކައިރީގައި އަހާބަލަ! ގައިމު އޭނާބުނި ހުޅުމާލޭ ބިމާއި މާލޭގައި ހިނގާ ބޮޑެތި މައްސަލަތަކާ އެއީ މާލޭ މީހުންގެ ހައްޤެކޭ!
މިކިޔާ ދިފާއީ ވަކީލުންނަކީ ކަންކުރީ އޭނަކަން އެނގޭއިރު އެމީހާ ސަލާމަތްކޮށް ބޮޑު ލާރިގަނޑެއް ލިބޭނެ ހުރިހާ ކަމެއް ކުރާ ބައެއް. މިކަމުގަ ވަކީލު ކޮށްފައިވާ ސުވާލުތަކުން މިކަމާ ނުގުޅޭ ސުވާލުތަކެއް ކުރިކަން ފާހަގަވޭ. އޭނަގެ ފިންގަޕްރިންޓް ހުރުމުން އެއޮތީ އޭނަގެ ފިންގަރޕްރިންޓް. އޭނަ އެތަނަށް ދިޔަކަމާ، ކެމެރާގަ އަތްލާފަހުރިކަން އެއޮތީ އެނގެން. ދެން ކޮން އެހެން ބޭކާރު ސުވާލުތަކެއް ކުރާކަށް؟؟؟
މާލެ ގަޔޭ އެންމެ ބޭފުލުން ގިނައީ އެހެންވެ ވާގޮތް
ތިހަދާ ދޮގު ފަޅާއަރާނެ އަދި. މިއަދު އޮޅުވާލެވިދާނެ. ކުށެއްނެތް ބަޔަކަށް އަދަބު ދިނުމުގެ ކުރިން ވިސްނާތި ކަލޭމެން
ކުށެއްނެތް ބަޔަކަށް އަދަބު ނުދޭންވެގެން ޝަރީއަތް ކުރަނީ. ނައީމް މެންކަހަލަ މީހުން ތިޔަކޮމެންޓްކުރަނީ އެންމެކުޑަމިނުން އެކުއްވެރިޔާއާ ދުވަހަކުވެސް ބައްދަލުނުވެ. އެކަމަކު ހުރިހަކާމެއް އެނގޭކަމަށް ހެދިގެން.
ކޮބާހޭ ދީނަށް ފުރައްސާރަކުރި ލާދީނީ މީހުން