ވިޔަފާރީގެ ބޮޑެތި މައްސަލަތައް ވަކި ގޮތަކަށް ނިންމުމަށް ކޯޓުތަކުގެ ފަނޑިޔާރުން ރިޝްވަތަށް އެދޭ ކަމަށާއި އެކަމާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތާއި ވިޔަފާރިވެރިންނަށް އޮތް އެންމެ ބޮޑު ހުރަހަކީ ޝަރުއީ ދާއިރާ ކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ދައުލަތުން ބަދަލު ދޭނެ އުސޫލުތަކެއް ކަނޑައެޅުމާ ގުޅޭ ގޮތުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިއަދު އެ ކޮމިޓީއަށް ވަޑައިގެން މިނިސްޓަރ ވިދާޅުވީ ކޯޓުތަކުގެ ފަނޑިޔާރުން ބޮޑެތި ވިޔަފާރިވެރިން ވަރަށް ދަށް ހާލަތަކަށް ވައްޓާލާ ކަމަށެވެ. އަދި ބައެއް މައްސަލަތައް ވަކި ގޮތަކަށް ނިންމުމަށް ސީދާ ރިޝްވަތުގެ ފައިސާއަށް އަގުކިޔާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ލެޓްސް ގޯ ރިޔާޒުގެ މައްސަލައިގައި، އަޅުގަނޑު އެއްވެސް ހާލެއްގައި މި ދެންނެވީ އޭނަ އަޅުގަނޑަށް ރިޝްވަތު ހުށަހެޅި ވާހަކައެއް ނޫން. އޭނައަށް އެ ތްރެޓްކޮށް،އޭނާ މާޔޫސްކޮށްލާ އެބަ ހަދައޭ، އޭނާ އައިސް މި ބުނަނީ، މިނިސްޓަރޭ މިއީއޭ މިގައުމުގެ ހާލަތު އޮތް މިންވަރު. ތިމަންނައަށް، އަޅުގަނޑަކަށް ނޭނގޭ އިންސާފުވެރި ނިންމުމަކީ ކޮބާ ކަމެއް. އެ މައްސަލަ މިހާރު އޮތީ ސުޕްރީމް ކޯޓުގައި. ހިބަޅިދޫ. އެރަށަކީ... އަޅުގަނޑު ބޭނުމެއް ނޫން ކޮންމެހެން ސިއްރެއް ކުރާކަށް. މި ދެންނެވީ އިންސިޑެންޓާ އެއްކޮށް. ކޯޓުން އެބަ ބުނެޔޭ މިވެނި ވަރެއް ދައްކާށޭ، އޭރުން މައްސަލަ ނިންމާލަ ދޭނަމޭ ތިބޭފުޅާއަށް ރަނގަޅަށް،" މިނިސްޓަރު އަލީ ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓަރުގެ އެ ވާހަކަތަކާއެކު ކޮމިޓީއަށް ހާޒިރުވެވަޑައިގެން ތިއްބެވި މެމްބަރުން ވަނީ އެއީ ސީރިއަސް މައްސަލައެއް ކަމަށް ވިދާޅުވެފައި އެވެ. އަދި އެކަން ޖޫޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅުއްވައިގެން ބެއްލެވުމަށް މިނިސްޓަރުގެ އަރިހުން މެމްބަރުން އެދިވެޑައިގެންނެވި އެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހުސޭނުބޭ

    އެހެންވީމާ މިހާރު ކަލޭމެންނަށް ތަންކޮޅެއް ބޮޑުކޮށް ޑިސްކައުންޓް ލިބޭގޮތަކަށް ފަނޑިޔާރުން އެ ބަދަލުކޮށްދެނީ!

    15
  2. ބޮޑު ވަޒީރު

    ތިކަހަލަ ކަންތަށް ކުރާމީހުން ތިކަހަލަ ވާހަކަ އެއްމެ ގިނައިން ދައްކަނީ

    14
  3. ބޫންބޫން

    ކިއްލިގޮށްޓަކުން ހަމަޖައްސާލަބަލަ

    15
  4. Anonymous

    ކަލޭ ކިއްލި ވިއްކައިގެން ގަތް 2 ގޯތީގެ މައްސަލަ ބަލަން ޖެހޭނެ. ކޮރަޕްޝަނާ ރިޝްވަތު ހިފައިގެން ކަލޭ ތިހާ ހިސާބައް އައިސް ތިހުރީ

    16
  5. ސަދޫމް ކޮމިޝަން

    ކާޅު އަދި އެބަ ކިޔައެއްނު ރިޝްވަތުގެ ވާހަކަ. ލަދު ހަޔާތް ކުޑަ އެއްނު. ތިމާމީހާ މިހުރިހާ ދުވަހެއްގެ ތިއުޅުނީ އެހެން.

  6. މިގޭ

    ކަލޭ ރަނަގަޅު ތިވާހަކަ ދައްކަން . ލަދުކޮބާ! ކިއްލި ވިއްކައިގެން މާލެއިން 2 ގޯތި ބައްލާގަތީ އެހެންވެދޯ ؟ ލަދުން ބޯހަލާކު.