ވެރިކަންކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީގެ ނައިބު ރައީސް ކަމުގެ ދެވަނަ ދައުރަކަށް ވެސް ކުރިމަތިލާނެ ކަމަށް ރައީސް އޮފީހުގެ މިނިސްޓަރ މުހައްމަދު ޝިފާޒް (ޝިއްޕެ) އިއުލަން ކޮށްފިއެވެ.

އޭނާ މިމޭރުމުން ވިދާޅުވެފައި ވަނީ ރައީސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކުރިމަތިލައްވާނެ ކަމަށް މިއަދު އިއުލާނު ކުރެއްވުމުން އެކަމަށް ފުރިހަމަ ތާއިދު އޮތްކަން ފާޅުކުރައްވައި ކުރެއްވި ޓްވީޓެއްގައެވެ. އޭނާ ވިދާޅުވީ ރައީސް ނަޝީދު އެމްޑީޕީގެ ރައީސްކަމަށް ގެނައުމަށް ފުރިހަމަ ތާއިދު ކުރާކަމަށާއި އަދި އެޕާޓީގެ ނައިބުރައީސް ކަމުގެ މަގާމަށް އޭނާ ކުރިމަތިލާނެ ކަމަށެވެ. އަދި އެމްޑީޕީގެ މެންބަރުންގެ ފުރިހަމަ ތާއިދާއި ކުރާ އިތުބާރު މި އިންތިހާބަށްވެސް ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ 5 އަހަރު ކުރިން ބޭއްވި އެމްޑީޕީގެ ލީޑަރޝިޕް އިންތިހާބުގައިވެސް އޭނާ ވަނީ ބައިވެރިވެފައެވެ. އެގޮތުން ރައީސް ނަޝީދަށް ލިބިވަޑައިގަތީ 33،709 ވޯޓެވެ. އަދި ޝިއްޕެއަށް ލިބިވަޑައިގަތީ 21.052 ވޯޓެވެ. އިންތިހާބުގައި ޖުމްލަ ވޯޓުދެވޭ މެންބަރުންގެ އަދަދަކީ 57،204 މީހުންނެވެ.

އެމްޑީޕީގެ ލީޑަރޝިޕް އަށް ކުރިމަތިލުމަށް ހުޅުވާލައިފައިވަނީ އަންން ހޮނިހިރު ދުވަހާ ހަމަޔަށެވެ. އަދި އިންތިހާބުގައި ވޯޓުދެވޭނީ ހަމައެކަނި ހޮނިހިރު ދުވަހާ ހަމަޔަށް އެ ޕާޓީގައި ރަޖިސްޓްރީވާ މީހުންނަށް އެކަނި ކަމަށް އެމްޑީޕީ އިން މައުލޫމާތު ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކެކެކެ

    އަސްތާ ބޮޑު ގާހަކައެއް ކަހަލަ ހަތަރެސްކަން އަނގައެއް ތިމަގާމުގަ ތާއަބަދު ވާނީ ބބަހައްޓަން.

  2. ކޮރަލް

    ހުދުމުހްތާރެވެ. ދެމީހުން ރާވައިގެން ކުރާ ކަމެކެވެ.