އެމްޑީއެންގެ ރިޕޯޓާ ގުޅިގެން ގިނަ ދީނީ އިލްމުވެރިންތަކެއް އެ ރިޕޯޓާ ދެކޮޅަށް އުފުލަމުންދާ އަޑުތައް ކަނޑުވާލަން ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް ތުހުމަތުކޮށް، ސަރުކާރުން އުޅެނީ ޝޭޚުންގެ އަނގަމަތީ ޓޭޕް އަޅައި ބަންދުކުރައްވަން ކަމަށް ޝޭޚް އަލީ ޒައިދް ވިދާޅުވެއްޖެއެވެ.

އަލީ ޒައިދް ވިދާޅުވީ ޝޭޚުންގެ އަނގަތައް ބަންދުކުރުމަކީ ސަރުކާރުން ކުރާ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ. އަދި އެމްޑީއެން އިން ބެހުނީ މާތްވެގެންވާ އިސްލާމް ދީނާއި މާތް ނަބިއްޔާ ރަސޫލާ މުޙައްމަދު ގެފާނާ(ސައްލަﷲ ޢަލައިހި ވަސައްލަމަ) ކަމަށާއި އެހެން ކަމުން އެ ރިޕޯޓު ނެރުނު މިހުންނާ މެދު ފިޔަވަޅު އަޅަން ގޮވާލާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޝޭޚު އަލީ ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީއޭ އާ ދެކޮޅަށް އެޖަމިއްޔާ އުވާލަން ގޮވާލާ އިރުވެސް ސަރުކާރަށް އަޑު އިވިފައި ނުވާ ކަމަށެވެ. އަދި އެމްޑީއެންގެ ފިކުރުގެ ބަޔަކު ޝަކުވާއެއް ކޮށްލާއިރަށް ޝޭޚުންނަށް ވަޒީފާގެ ބިރު ދައްކަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ޓެގް ކުރައްވައި ޑރ. އިޔާޒް ކުރެއްވި ޓްވީޓެއްގައި ވަނީ ފަސާދަ އުފައްދާ މީހުންނާމެދު ފިޔަވަޅު އެޅުމުގެ ބަދަލުގައި އިސްލާހަށް މަސައްކަތް ކުރައްވާ މީހުންނާ މެދު ފިޔަވަޅު އެޅުމަކީ އަނިޔާއެއް ކަމަށެވެ. އަދި އަނިޔާވެރިން ދެކެ ﷲ ލޯބިވެ ވޮޑިގެން ނުވާ ކަންވެސް ޓްވީޓުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ސަ ކޮމިޝަން

    އިޔާޒާ ޒައިދައް ބުނެލަން އޮތީ ކަލޭމެން ކުރިން ބުނަމުން އައީ މި އިބޫ އަކީ ނަބިއްޔާ ދުޢާ ދެންނވެިފަދަ ވެރިޔެކޭ. އޭރުވެސް ކަލޭމެނައް އެނގޭ މިބައިމީހުނަކީ ކޮންބައެއްކަން. މިއަދު ނެތް ހަމަ އެކަނި ޓްވީޓަކުން އެފްބީ ޕޯސްޓަކުން ނިންމާ ލެވޭކައް. މިަދު ނުކުންނަން ޖެހިއްޖެ މަގުމައްޗައް ނުމުކެ މިބައިމީހުން ގަދަކަމުން ވެރިކަމުން ބާލުވަ ޖެހޭ. މިހާ ހިސާބައް ދިއުމުގެ ކުރިން ހޭލައި މިކަންކަމައް ފިޔަވަޅު އެޅުން މުހިންމު. އެހެން ނޫނީ ލާދީނީ ސަރުކާރު މުލުން ލުހެލާނަން.

    67
    4
  2. Anonymous

    ތިޔަ ޝައިޚުން އަމިއްލަ އަތުންފޭހި ލޮންސި އަމިއްލަ ލޮލަށް ހަރައިގެން އުފަލުން ހީލަހީލާތިބޭ، ތިބޭފުޅާ ހީކުރީ ރޯނުއެދުރަކު ވެރިކަމަށް އެރުވީމަ ތިމަންނައަށް އިސްލާމިކު މިނިސްޓަރކަން ލިބޭނެކަމަށް ދޮތެ؟؟

    57
    1
  3. ތަހުތު

    މަނިކުއަދިކިރިޔާތިޔަހޭލެވެނީއަވަހައްމޫނުދޮވެލާރަތްޔެތުންމެދުގަދީނުގެހައްގުބަސްބުނެދީ

    36
  4. ޢާރިފާ

    ތި ނިމުނީ. ޢެންމެން ހަ އްޔަރު ކުރާނެކަން ހަމަ ޔަގީން

    57
    3
  5. ޔަޙުޔާ

    ޒައިދު މެން މާ ސޯލިޙު މީހެކޭ ކިޔާފަ މަޢުޞޫމު މީހަކަށް އަނިޔާޥެރިޔެކޭ ވަގެކޭ ކިޔައިގެން ގެނައި ވަގު ލާދީނީ ސަރުކާރެއް މިއީ.

    90
    1
  6. އިބިލީސް

    ޒައިދު މެނަށް އަހަރެމެން ކިހާވަރަކަށް ބުނިން ތީ ތިކަހަލަ ބައިގަނޑެކޭ. އަޑެއް ނީވުނު ވިއްޔަ. ދެންވެސް ބަލާ މިކަލޭގެ އަވަހަށް ބާލުވަން. މިތަނުގެ ދުވަސް ދިއްވާނުލަނީސް

    79
    2
  7. ޒުވާނާ

    މިހާރު ހީވޭދޯ ސަހަރޯއޭ. އޭރުވެސް ކިޔަމުންދިޔައީ އެމް.ޑީ.ޕީ އަކީ ލާދީނީ ބައެކޭ... އެހީލަތްތެރި ޕާޓީ އާއި ކޯލިސަން ނުހަދާށޭ... ދެންވެސް މަސައްކަތްކުރަންވީ މިސަރުކާރު ބަދަލުކުރަން.

    85
    1
  8. ކިނބޫ

    އޭއި އޭއި ކޮން ސަރުކާރެއް އް ކޮން ސަރުކާރެއް؟ ކުރީ ސަރުކާރު ދޯ؟ ދުއާ ދެއްވި ރައީސް އެމްޑީއެންއަށް ފިޔަވަޅު އަޅައިފި ދޯ؟ ޔަގީން ދޯ؟ އަޅެ ލަދު ކޮބާތަ ކަލޭމެންގެ

    44
  9. ދަންޑެހިލް

    ތިޔައީ ގުނބޯލެއް ޖަހާ ކޮންމެ ބެރަކަށް ނަށާނެ

    33
    1
  10. އާމިނަ

    ހާދަހާ ދެރައޭ .މިތާނގައި އޮތް އިސްލާމީ ވަހުދަތު ނައްތާލުމަށް މިސަކާރުން ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް ގޮވާލަން. ދުޢާދެއްވާފައޭ ވިދާޅުވި ޝޭޚުން ރައްޔިތުންގެ ކިބައިން މާފަށް އެދިފައި މިޤައުމު ސަލާމަތް ކޮށްދިނުމަށް ނުކުންނަވާ. ޝަހިންދާ އަދިވެސް މިނިވަންކަމާއެކު ރިޕޯޓް ދިފާޢީ ކުރުމުގައި.ޤުރްއާނާއި ޙަދީޘް ދޮގުނުކުރެވޭނެ. އިލްޔާސްމެން ކިޔެވި ވަރަށް ކިޔެވިފަ ނެތަސް ދީނުގައި ބޮޑު މުޞީބާތުން ސަލާމަތް ވާން ކުޑަ މުޞީބާތުގައި ހިފުން އޮވޭ.

    42
  11. ޒައިދު

    ބާރަށް އަތްޖަހާ އަތްޖަހާ އަތްޖަހާ ޒައިދޫ އަނިޔާވެރި ޔާމީނު އެހެރީ ދުރުގައި ކަލޭމެންބުނި އޯގާތެރި ސޯލި މިހިރީ ވެރިކަމުގައި އިސްލާމު ދީނާ ދެކޮޅަށް ކުރާ މަސައްކަތަކީ އަނިޔާއެއްނޫންތޯ ޒައިދޫ....

    46
  12. ސޭކުން

    ކަލޭމެން މިކަމުގައި ވާހަކަ ގިނަކުރާނެކަމެއް ނެތް. ދުޢާދެންނެވިފަދަ ވެރިން، ދުއާ ދެންނެވިފަދަ ދުނިޔެ ނުދެކޭހާ ވަރުގަދަ އިލްމުވެރިން. ކަލޭމެން 2018ގައި، ޔާމިނު ބޭރުކުރަން ފޮނު އެރުވީމެއްނުންތޯ. ދެން މިހާރު ރެސްޓްކޮށްލައްވާ. ގައުމެއް ހަލާކުވެގެން ދާނީ ހަމަ އެބައެއްގެ އަތުންނޭ ބުނަނީވެސް ކަލޭމެން

    43
  13. ali

    Anehraajeyge maLamathi mihàru eba feneyshiy dhoa

    20
  14. ޝޮކްތެރަޕީ

    އެތައްބަޔަކު ބުނަމުންދިޔަ އެމްޑީޕީ ނޮހޮވަން. ކަލޭމެންގެ ސަބަބުން ޤައުމު މިހާލަތަދިޔައީ

  15. އަބުޅޮ

    ޓޭޕޭޢް ނޫން . ރަންގަޅަށް އަންގަ ބަންނަންވީ . އިސްލާމީ ގައުމެއް ވަލިއްޔުލް އަމްރު އެކަން ތަހުގީގުކޮށް ފިޔަވަޅު އަޅާނަމޭ ބުނެފަވަނިކޮށް ނުކިޔަމަންތެރިކަން ދައްކާ ގަދަބަސް ބުނެ ޕަބްލިސިޓީ ހޯދާ މުޖުތަމައުގަ ފިތުނަ ފަސާދަ އުފައްދާނަމަ ތައުޒީރުގެ ހުކުމެއް ކުރުން ރަންގަޅު. ތާރީހީ ގޮތުން ހަލީފާތަކުގައި ފިތުނަ ފަސާދަ އުފައދާ މީހުނަށް ތައުޒީރުގެ އަދަބު 50 އެތިފަހަރުން 100 އެތިފަހަރުންަ ދެވިފަވޭ. އިސްލާމީ ޝަރިއްޔާ ފުރިހަމައަށް ގާއިމް ކޮށް ސިޔާސީ ހީލަތްތެރި ބަަަގާވާތް ކުރަން ދީން ބޭނުންކަުރާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އަޅަން ޖެހޭ.

  16. ޢަބުދުﷲ

    އެކަމަކު ގުނބޯހެއްދޭ ޑ ރ އިޔާޒް އައް މިވަ ރެއްނެތް!

    19
  17. ޢަފްލާ

    ވެރިމީހާގެ ބޮލުގެ ސިކުޑިވަނީ މީދާ ކައި ހުސްކޮއްފަ ދެން ކީކޭ ކިޔާނީ ބަރބޮލުގަވެސް އޮއް ހުރޭ މިކަލޭގެ ބޮލުގަ ވިސްނުމެއްޗެސް ނެތް

    18
  18. ޓޫ

    ޢަހަރެމެން މިތިބީ 1960ގެ އަހަރުތަކަށް ފަހަތަށްޖެހިފާ!އޭރު ނާސިރު އެނަންކިޔަން ޖެހެނީ ސިއްރުން ދެކޮޅު ހޯދާ ބަލާފަ! ކްރިސްޗިއަން ދީނުގެ ޕްރޮގްރާމެއް އިގިރޭސިބަހުން ރޭޑިޔޯ މޯލްޑިވްސް އިން ކޮންމެ ދުވަހަކު ބްރޯޑްކާސްޓް ކުރޭ ހަވީރު ހަގަޑި ބައިގަ،ގޮތް ހުސްވެފައިތިބެން ޖެހުނީ!

  19. ޖޫލިޔާނީ

    އިޔާޒާއި ޒައިދު ގެ އަސްލު އިގޭނީ މާދަމާ ހިސާބު ބެއްލެވޭ ދުވަހު

    10
  20. ކަންނެލި އޮޑި

    މައުމޫނާ ޤާސިމާ އިޔާޒާ އިމްރާނާ ޒައިދަ އިލްޔާހާ ޖެހޭނޭ މި ހުރިހާކަމެއްްގެ ޒިންމާ އުފުލަން. އަރާއެއްފަރާތެއްގަ ޓްވީޓް ކޮށްލަކޮށްލަ ނުތިބެވޭނެ.