އިސްލާމް ދީނާއި ކީރިތި މާތް ނަބިއްޔާ މުޙައްމަދު ސައްލަﷲ ޢަލައިހި ވަސައްލަމައަށް ފުރައްސާރަކޮށް ނެރެފައިވާ ރިޕޯޓާއި ގުޅޭގޮތުން މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ އެއްވެސް ބޭފުޅަކު ސޯޝަލް މީޑިއާގައި ވާހަކަ ނުދެއްކުމަށާ އެކަން ކުރާނަމަ ހުއްޓުވުމަށް ސަރުކާރުން އަންގައިފި އެވެ.

އެމްއެންޔޫގެ ޗާންސެލަރ ޑރ. ހަސަން ހަމީދު މިއަދު މުވައްޒިފުންނަށް ފޮނުވި އެންގުމެއްގައި ވިދާޅުވީ އެމްޑީއެން ނެރެފައިވާ ލިޔުމެއްގައި ހިމެނޭ ވާހަކަތަކަކާ ގުޅިގެން ރައްޔިތުންގެ ތެރެއިން ގިނަ ބައެއްގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާ މި ދަނޑިވަޅުގައި، އެމްއެންޔޫގެ ބައެއް ލެކްޗަރާ އިން، ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެދި، މުޖްތަމައު ހަލަބޮލި ވެދާނޭ ފަދަ ގޮތްގޮތަށް ސޯޝަލް މީޑިއާގައި ތަފާތު އެކި ޚިޔާލު ފާޅުކުރަމުން ދާކަން ސަރުކާރުން ފާހަގަކޮށްފައިވާ ކަމަށެވެ. އަދި އެ ކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން، ސަރުކާރަށް ލިބެމުން ދާކަމަށެވެ.

އަދި އެމްއެންޔޫގައި މަސައްކަތްކުރައްވާ އެއްވެސް ބޭފުޅަކު މުޖުތަމައިގައި ބައިބައިވުން އުފައްދައި، އެއްބަޔަކު އަނެއް ބަޔަކާމެދު ރުޅިވެރިކަން އުފެދޭނެ ފަދަ ވާހަކަތައް ސޯޝަލް މީޑިއާއާ އެނޫންވެސް ވަސީލަތެއް މެދުވެރިކޮށް ފެތުރުން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަށް ސަރުކާރުން ޔުނިވާސިޓީގައި އެދިފައިވާ ކަމަށް އެ އެންގުމުގައި ބުނެފައިވެއެވެ.

"ވީމާ ދަންނަވަމެވެ. ޔުނިވަރސިޓީގެ ހުރިހާ މުވައްޒަފުން ވެސް މުވައްޒަފުންގެ އަޚްލާޤީ ކޯޑްގައިވާ ހަމަތަކާއި ޤާނޫނުތަކާ އެއްގޮތަށް ޢަމަލުތައް ބެހެއްޓެވުމަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ." ރ. ހަސަން ހަމީދުގެ އެންގެވުމުގައިވެއެވެ.

އެމްއެންޔޫއިން އެތަނުގެ ލެކްޗަރާއިންނަށް މިފަދަ އެންގުމެއް އަންގާފައިމިވަނީ އެމްޑީއެން އިން ރިޕޯޓް ނެރުނު މައްސަލައާ ގުޅިގެން އެ ޖަމިއްޔާއަށް ފިޔަވަޅު އެޅުން އަވަސްކޮށް، އެ ޖަމިއްޔާ އުވާލުމަށް ގޮވާލައި، އިއްޔެ ޝީ ބިލްޑިންގައި ރާއްޖޭގައި ތިބި މަޝްހޫރު ދީނީ އިލްމުވެރިންގެ ތެރެއިން ގިނަ އަދަދެއްގެ އިލްމުވެރިން ނޫސްވެރިންގެ ބައްދަލްވުމެއް ބާއްވާފައިވާފައި ވަނިކޮށެވެ. މި ބައްދަލްވުމުގައި އެމްއެންޔޫގައި ކިޔަވައިދެއްވާ ލެކްޗަރާއިންވެސް ހިމެނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

41 ކޮމެންޓް

 1. ފިޔަވަޅުއަޅުއްވާ

  ﷲގެ ހެޔޮ ރަހްމަތާއެކު ތިޔަގޮތަށް ދީނަށް ފުރައްސާރަކޮށްފައި ނެރޭ މީހުންނާއި އެވާހަކަ ދައްކާ މީހުންނާ ދެކޮޅަ ނުކުންނަ އެންމެންގެ މައްޗަށް ހައްގު ގަދަވާނެ. ހައްގުގެ މައްޗަށް ބާތިލު ގަދަވާނެ. ހަސަން ހަމީދު އަވަހަށް އިސްތިއުފާ ދެއްވުމަށް ދަންނަވަން.

  55
  1
 2. Anonymous

  ޞުބުޙާނަﷲ، ހުރި ބިރުވެރިކަމެ އްގެ ބޮޑުކަމާ އެ، މިފަދަ އަމުރުތަށް އައ އުމަކީ ވަރަށް ބިރުވެރިކަމެ އް،

  109
  2
 3. ޓޭޕު

  ޝޭހުން ގެ އަނގަމަތީ ޓޭޕު ނާޅާ

  92
  3
 4. ކިނބޫ

  މިހާރު ތިޔަ ގޯސްވަނީ!

  97
  3
  • މިއޮތީވާސަރުކާރެއް

   އިތުރަށް އަލިފާން ރޯކޮށް މުސީބާތެއް ޖައްސަން އުޅޭ ކަހަލަ. ފާޑުފާޑުގެ ހަރުކަށި އަމުރު ނެރެ ރުޅިގަދަކުރުވަން އުޅެނީ ސަހަލު ނިޔަތަކުހެނެއް ހިއެއްނުވޭ.

   54
   1
  • ކުރި

   ކުރިންވެސް ގޯސްކަން އެނގިހުރެ މިސަރުކާރަށް ވޯޓުއެޅިމީހުން ވޯޓުއެޅީ! ބަދަލަކަށް މިހޮވުނީ އިބްލީހުގެ ބައިގަނޑު. އެވަރުންވެސް ނުވެގެން މަޖިލީހުގެ ބާރުވެސް އެދިނީ ޝައިތޯނުންނަށް. މިހާރު 3 ބާރުވެސް އެމީހުން އަތުލައިގެންފި. ރައްޔިތުން އަޅުވެތިވެއްޖެ.

   61
   2
 5. ދިޔާނާ

  ބަލަ ބީތާތަކާ! ނުތަނަވަސްކަން އުފެދެނީ ސަރުކާރުން ލާދީނީ މީހުން ޙިމާޔަތްކުރާތީ. އެހެންވީމާ ނުތަނަވަސްކަން އުފައްދާތީ ފިޔަވަޅު އަޅަން ޖެހެނީ އެނެމެ ފުރަތަމަ ރަޢިސެކޭ ކިޔަިގެނ ތި ހިރަ ހުވަޔާ ޚިލާފުވެފައި ހުރި މީހާއާ މެދު ފިޔަވަޅު އެޅިއްޔާ!

  103
  2
 6. ހަސަނާ

  ބަދަލު ކުރޭ ހަސަންހަމީދު ދޮޅުރޯނާ. ލާދީނީ ބައިގަނޑު ޔުނިވަސޓީތެރެއަށް ދެމިގެންފަެި މިއޮތީ. ރައްޔިތު އެންމެން ތެދުވާ ވަގުތު ޖެހިއްޖެ. ވެރިކަލޭގެ އިސްތިއުފާ. ދީން ހިމާޔަތް ކުރުމަށް މަސައްކަތް ކުރުމުން ދުވަހަކުވެސް އެކަން ކުށަކަށް ނެހެދޭނެ.

  103
  1
 7. ާއަފްލާ

  އަޅެ ޙަސަންޙަމީދު ކަލޭ ނިކަން ކެެރިގެން މިކަމާ ދެކޮޅައް ތެދުވެބަލަ މަގާމުގެ ދަހިވެތި ކަމުގައި ކަލޭ އުޅުނަސް އެހެން މީހުން އުޅެނީ މާތްވި އިސްލާމް ދީނާއި ދިވެހި ގައުމައްޓަކާ މުޖުތަމައު ގަސާދަވަނީ ކިހިނެއްކަން ކަލެއައް ނޭނގޭނެ 0/0 100 މުސްލިމް ގައމެއްގަ ކަލޭ ކުއްލި ކުޅެން އުޅޭނެ ކަމެއްނެތް ކީރިތި ރަސޫލާ އާއި އެކަލޭގެފާނުގެ ސުންނަތުން ކަން ކަން ދަސްކުރަންވީ ބުރާންތި އިސްތިއުފާ ދީފަ ގެއައްދޭ

  90
  1
 8. Anonymous

  ތިޔަ ދީނީ އިލްމުވެރުންނަކީ މަސްލަހަތުނަގާލާ ނަފްރަތު އުފައްދަން އުޅޭބައެއް

  9
  102
  • އަހަރެން

   ބޭފުޅާ ހިނދުކޮޅުގަ ހުރެގެންތޯ ތިޔަ ކޮމެންޓްކުރީ

   54
   1
 9. ާިއިއްމަ

  މީކީ ޤާނޫނީ ގޮތުން ފިޔަވަޅު އެޅޭނެ ކަމެއްނޫން. އިސްލާމް ދީނުގެ ދިފާޢުގައި އަހަރެމެން ބަސް ބުނާނަން. ޗާންސެލަރުވެސް "އަޚްލާޤީ ކޯޑްގައިވާ ހަމަތަކާއި ޤާނޫނުތަކާ އެއްގޮތަށް ޢަމަލުތައް ބެހެއްޓެވުމަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ." ބޭނުންހާ އެއްޗެއް ހަދަން ނޫޅޭ. އަތަށް ގޮވާނީ! މީ އިންޒާރެއްނޫން. ނަސޭހަތެއް.

  95
  1
 10. ޒުވާނާ

  ކޮބާ އެބަހީވޭ ކަމެއްހެން. އަދިވެސް ލެކްޗަރަރ އިންނަށްތަ ފިޔަވަޅު އަޅަންވީ. ތީ ހަމަ ޖާހިލު އެމް.ޑީ.ޕީ ބައިގަނޑުގެ ހީލަތްތެރި ރޭވުން ކުރާކަމެއް. ރައްޔިތުންނޭ މިކަމާއިމެދު ވިސްނަލަބަލަ.. އެމް.ޑީޕީ ނޫންބަޔަކަށް މިޤައުމުގެ ވެރިންކަން ހޯދަން ތައްޔާރަށް މިތިބީ

  91
  1
 11. ތަކުރުފާނު

  އިބްރާހީމް މުހައްމަދު ސޯލިހަށް ވަރަށް އަދަބު އިހުތިރާމާއެކު ދަންނަވަމެވެ.
  މަނިކުފާނަށް އަޅުގަނޑު އިހުތިރާމް ކުރަމެވެ. އަޅަމެންގެ ވެރިއަކަށް ގިނަ ރައްޔިތުން މަނިކުފާނު އިންތިހާބުކުރީތީއެވެ. ވެރިންނަށް ކިޔަމަންވާން ދީނުގައި އަންގަވާފައިވާތީއެވެ.
  އެހެންނަމަވެސް ދަންނަވަަމެވެ. މަނިކުފާނު އަވަހަށް އިސްތިއުފާދެއްވާށެވެ. އިސްލާމް ދީނަށާއި ﷲ އާއި އެކަލާނގެ ރަސޫލާއަށާއި ކީރިތި ގުރުއާނަށް ހަޖޫޖަހައި ފުރައްސާރަކުރި ބަޔަކާ މެދު އެއްވެސް ފިޔަވަޅެއް ނާޅައި އެކަން ކުށްވެރިކުރާ މުސްލިމުންނަށް މަނިކުފާނު ތިޔަ ދައްކަވާ ބިރު އަޅުގަނޑުމެން މުސްލިމުން ބަލައެއް ނުގަންނާނަމެވެ.
  ވަޒީފާއިން ވަކިކުރިޔަސް މަރާލިޔަސް އަޅުގަނޑުމެން މިތިބީ އެމްޑީއެންއާ ދެކޮޅަށެވެ. ކިޔާނަމެވެ. އަދި ގޮވާނަމެވެ. މަނިކުފާނުގެ ހުވަޔާއި މަނިކުފާނު ހިލާފުވެ ވަޑައިގަތުމުން ދެން މިހާރު މަގާމުގައި ހުންނެވުމުގެ އެއްވެސް ހައިސިއްޔަތެއް ނެތެވެ. އަވަހަށް ގެއަށް ވަޑައިގަންނަވާށެވެ.
  އިހުތިރާމް ގަބޫލު ކުރެއްވުން އެދެމެވެ.

  ދިވެހި އެންމެހާ ރައްޔިތުން ފަހު ފުރާނައަށް ވެސް ދެމި ތިބޭނީ މާތްވެގެންވާ އިސްލާމް ދީނުގައެވެ. އެކަން ހަޖަމް ނުވާ މީހުން ޔާހޫދީންގެ ގާތަށް ނަށަން ދާށެވެ.

  99
  4
 12. ލަދުންބޯހަލާކު

  އަޚްލާޤީ ކޯޑްގައިވާ ހަމަތަކޭ ބުނެ ތި އެންގި އެންގުމުގައި އިސްލާމީ އަޚްލާްާ ވަރަށް ބީރައްޓެހި ވާހަކަތަކެއް ތިހިރީ. ދުވަނީ ފުޅަވަސް. ޗީޗީ. އއއެމްޑީއެން އުވާލާށޭ ބުނީމަ އެއްބައިވަންތަކަން ގެ އްލޭކަށް ނުޖެހޭ. ދީނަށް ފުރައްސާރަކުރާ މީހުނާ އއެއްބައިވެގެން އުޅޭކަށް ރައްޔިތުން ބޭނުމެއް ނުވޭ. ދެން ކޯޗެކޭތަ މިކިޔަނީ! ހައއްތަހާ ރުޅިއަރުވާކަށްނު ތިއުޅެނީ.

  41
  1
 13. ނަޖީ

  ބަލަގަ މީ އިސްލާމޭގައުމެއް ކަން ނޭގެނީތަ އިލްމު ވެރިރިން ހިފާހައްޔަރު ކުރަން ތިތިބަ އުޅެނީ އެމްޑީޕަިގެ ޔަހޫދީ ޖަމާތުން ކިތަމްމެ ވަރަކަ އްބިރުދެކިޔަސް އަހަރުމެން މިކަމެ ނުހުޓާނަން މަރާލިޔަސް އޯކޭ އެމް ފަހުވަގުތަ އްވެސް އިސްލާން ދީނުގެ ހިމާޔަތުގަ އަދު އުފުލާނަން

  33
  1
 14. ދިވެހިން

  ދިވެހި އެންމެހާ ރައްޔިތުން އަދިވެސް ނުނިކުމެ އެތިބީ އެމްޑީޕީ ސަރުކާރުން ކަންތައްކުރާ ގޮތް ކަމުދާތީ. ނޫނީ މާތްﷲ އަށް ބިރުވެތިވުމުގެ ބަދަލުގައި ބިރުވެތިމިވަނީ އެމްޑީޕީ ސަރުކާރުން ޖަލަށް ލާފާނެތީ. ދިވެހިން ވަރިހަމަވީތޯ ދީން އޮޅުވައިލައިގެން ކިޔަވައިދިނުން؟ ދިވެހިންނަށް ވަރިހަމަވީތޯ ދީނާއިދެކޮޅަށް އެއްޗެހިކިޔާ މީހުން މިނިވަންކަންމަތީ ދޫކޮށްލައި އިސްލާމްދީން ހިމާޔަތްކުރުމަށް ހިޔާލުފާޅުކުރާ މީހުން ހައްޔަކުރުން؟ މިސަރުކާރުން މިހާރު ހައްދުފަހަނައަޅައިގެން ހިނގައްޖެ! އަދިވެސް ދިވެހި ރައްޔިތުންނަށް އެކަމާ ދެކޮޅަށް ނުކުންނާކަށް ނުކެރޭ! ވަރިހަމަތޯ ދިވެހި ޒުވާނުންނަށާއި ކުޑަކުދީންނަށް ދީންއޮޅުވައިލައި އެކުދިން މަގުފުރެދިގެން ދިޔުން؟ ދިވެހީން ވަރިހަމަނުވާނަަމަ ހައްޕުކިޔައިގެން މިތިބީ ކީއްވެ؟

  30
  1
 15. ނާހިދު

  އަހަރެން މާހިތްހަމަ ޖެހޭ އަހަރެންގެ އިސްލާމް ދީނަށް ފުރައްސާރަކުރާ މީހުންނާ ދެކޮޅަށް މަސައްކަތް ކޮށްގެން މަރުވެގެންދާ.... ކުރުކޮށް މި ބުނެލީ ވަރަށް ވާހަކަ މީ.

  41
  1
 16. ޒާ

  ނުހުއްޓުވޭނެ

  31
  2
  • ށަނޫން

   ان شاء الله

   17
 17. ލަނޑާ

  ލަނޑާޔާ ވާނީ ލަނޑަޔާ ވާނުވާއެބައިނގޭ ކެނެރީގޭ ނަސީދަކީ އެމް ޑީ ޕީ އެމް ޑީ ޕީ އަކީ ނަސީދު ލާދިނީ ފިކުރު ދިރުވާ އާލާކުރަން އިނގެރޭސިވިލާތުން ފޮނުވާފައި ހުރި އެޖެންޓެއް ނަސީދަކީ

  37
  1
 18. ކަންޖޫސީ

  ޝޭޚުންނަކީ ފައިބުޑަށް ވިސްނާވަ، ނަމާދު ކޮށްލެވުނީމަ ނިމުނީކަމަށް ބަލައިގެން އުޅޭ މީހުން. ޔާމީނަށްވުރެ އެތަކެއް ހާސް ނުބައި އެއްޗެއް އެމްޑީޕީއަީ

  26
  1
 19. އަލީ

  މިހާރުވެސް މިއޮތީ ބައިބައި ވެފަ. ލާދީނީ ގުުރޫޕާ އިސްލާމްދީނުގައި ތިބި ގުރޫޕް.

  31
  1
 20. ސޮނިފުހޭ

  ޔާﷲ ހައްގު ބަސް ވިދާޅުވަާ ލެކްޗަރަރުންނަށް ނަސްރު ދެއްވާ އިބަﷲގެ ނަބިއްޔާއަށް ފުރަށްސަާރަކުރި މީހުންގެ މަށްޗަށް އިބަﷲގެ ކޯފަާ ފޮނުއްވާ އެބައިމީހުން ހިއްޕަވަަާން ދޭވެ އިބަސުވާމިީންގެއިީ ތަާއިފް ގެ ދުވަހު ފަރުބަދަ ތަކުގެ މަލާއިކަތާ އެނަބިއްޔަަާގެ އަރިހަށް ފޮނުއްވި ރަސްވަންތަ ރަސްކަލަަާންގެ އެވެ

  36
  1
 21. އަހުމަދު

  މާދަމާ ބުނާނެ މިސަރުކާރު ވަރަށް ރަނގަޅޭ . އިއާޒ އަދި ޒައިދް .

  28
  1
 22. ﷲއަކުބަރު.

  ނިކަން ހައްޔުކޮއްބަލަ

  25
  1
 23. ހުސޭނުބޭ

  އަޅެ ...... މިއީ މިނިވަންކަން ހޯދާދިން ސަރުކާރެކޯ! ދެން އެހެންވިއްޔާ ސަރުކާރުން އެދަނީ އަތިރިޔައްތަ؟ އެކަމަކު ތި ރިޕޯޓާ އެއްކޮޅަށް ވާހަކަދައްކާ މީހުންނަށް އެއްވެސް އިންޒާރެއް ނާންނާނެ! އަދި ކިޔެއް! އެފަދަ މީސްމީހުނަށް ރައީސް އޮފީހުން ފަލަ ގޮދާ ލައްވާލާފަދައިން ބޮޑެތި މަޤާމްތައް ލިބޭނެ! ބޯކޮށް ލާރި ލިބޭނެ!

  32
  1
 24. ބަރުގޮނު

  " އަގަމަތީގައި އަޅާ ޓޭޕް " ހަމަ ކޮންމެ ސަރުކާރެެއްގައިވެސް ގެންގުޅެން ޖެހޭ. ކެމްޕޭނުގައި ދައްކާ ހުރިހާ ވާހަކައެއްވެސް ކެމްޕޭން ކާމިޔާބުވުމުން ބަދަލުވެ ކީހާޅެން ފަރިއްސަށް ވެދޭ... ގިނަދުވަސް ވީވީހެން ހުރިހާ ކަމެއްވެސް ބަދަލުވަމުން ދާނީ ކުރީގައި ވެސް އޮތްގޮތަށް.

  25
  1
 25. އައިޝާ

  އެމްޑީޕީއަށް ވޯޓުދެވުނީތީ މޮޔަ ހިތައްއަރާ.

  28
  1
 26. ކައި

  ސޭކުން ބުނީ މިކަން ސިޔާސީކަމަކަށް ނަހަދައި އެމީހުންނަށް ދޫކޮށްލާށޯ. ބުރާނތން ސިޔާސީ ކަންކަމުގައި ފޮނުއަރުވާއިރު އަހަރަމެންވެސް ނުކިޔަން އެއްޗެކޭ. ބަލަގަ، ދީނާ ސިޔާސަތު މީ ގުޅިލާމެހިފައި އޮންނަ އެއްޗެއްކަންވެސް ކަލޭމެން ބުނަނީ. އަހެން ނޫނަސް މީ އަހަރަމެންގެވެސް ދީން. އަހަރަމެންގެ މާތް ނަބިއްޔާ(ސއވ). ކަލޭމެން އެކަނި ނޫން ލޭ ކެކޭނީ

  15
  3
 27. ޒާ

  ޚިޔާލު ފާޅުކުރުން ނަމެއްގައި މިސަރުކާރުން ވަނީ ދީފައި. ކިހާ ތާހިރުތޯ؟ ކޮންމެ މީހަކަށްވެސް އެމީހަކަށް ފެންނަ އެއްޗެއް އޮފީހުން ބޭރުގައި ލިޔެވެން ޖެހޭނެ.

  26
  1
 28. ކާފަ

  އަމިއްލަ އަތުން ތިޔަގޯސްހަދަނީ، އަމިއްލަޔަށް އަމިއްލަ ކައްވަޅުކޮނެވޭއިރުވެސް ނޭގޭބައިގަނޑެއް މިބިންމަތީ ތިޔަ މޑޕ ނޫނީ ނޯންނާނެ.

  13
  1
 29. ކާފަ

  ޢެމަިހުން ހެދި ޤާނޫނުން އެމީހުން ބަނދެލަންވާނެ، އިންޝާﷲ.

  14
  1
 30. ށުމަން

  ބިރުދައްކަނީ. ލާދީނީ ވެރިން ހީކުރަނީތަ އެންމެން ނަކީ އިމްރާނުހެން ދީން ވިއްކާނެ ބަޔެއްކަމަށް؟؟
  ޙަމަ ހިލާ އެހެނެއް ނުވާނެ..

  15
  1
 31. ޤާދިރު

  ޙަސަން ހަމީދަކީ ލާދީނީ މީހެއްކަން މާކުރިން ވެސް އެނގޭ

  13
 32. ވަހީދުބެ

  ދީނަށް ފުރައްސާރަކޮށް ރަސޫލާއަށް ބަދުބަސް ބުނާ މީހުން ކުރިޔަށް އޮތްތާނގައި އިތުރަށް އެކަން ކުރާށޭ ބުނުންފަދަ އެންގުމެއް ތިއައީ.

 33. ޕިސްޕިސް

  އެމްޑީޕީއިން ވެރިކަން މިިކިރުވަނީ ހެޓިލަރު ލައްވާތޯ މިޤައުމުގަ؟؟

 34. ހަމަހަމަ

  ށަކުވާކުރާ ރައްޔިތުންނޭ ތިކިޔަނީ ށަހިންދާއާއި އޭނަ ގެ ގުރޫޕު މީހުންކޮޅު ދޯ ؟ ތިވަރަކުން އެމީހުން ހިމާޔަތްކުރަން ތި އުޅެނީ ކީއްވެތަ ؟ ތިކަހަލަ ކަންތައްކުރާތީއޭ ރައްޔިތުން ހިތް ނުތަނަވަސް ވަނީ.

 35. ފައިރޫޒު

  މިގޮތަށް ކަންތައްކުރީމާ ވެސް ނުފޫޒު ފޯރުވިކަމަކަށް މިހާރަކު ނުވާނެ

 36. އަޖައިބު

  ހަމައެއް ލަމައެއް ނެތް...އެންމެންގެ މިނިވަންކަން ނިގުޅައިގަންނަން އުޅޭ ބައިގަނޑެއް މީ...ޝޭޚުންގެ ތެރޭގައި ލެކްޗަރާއިން ގިނަވީމަ ޖަހާ މަޅިއެއް މީ...ޝޭޚުން ނޫން ކޮންބައެއްބާ ވަކި ދީނާ ގުޅުންހުރި ކަންކަމުގަ އަޑުއުފުލާނީ...މިދެން ތަންފުކެއް ބޮޑުވަރު

 37. ޒާރާ

  އިލްމްވެރިން އަނގަމަތީގައި ޓޭޕް އަޅަމުންދާއިރުވެސް އިޔާޟް އާއި އިލްޔާސް ބުނަމުންދަނީ އިބޫ އަކީ ޞާލިހެކޭ. އިބޫ ޙައްލުކުރާނެއޭ.
  ހައްލުކުރާތަން މިފެންނަނީ މިގޮތަށް. ދީނީ ޢިލްމުވެރިންގެ އަނގަމަތީގައި ޓޭޕްއަޅާ އެމްޑީއެން އާއި ދެކޮޅަށް ވާހަކަ ދައްކާ މީހުން ވަގުތުން ހައްޔަރުކޮށް މުވައްސަސާ ތަކުގެ މީހުންނަށް އެމްޑީއެން ގެ ވާހަކަ ނުދެއްކުމަށް އަންގާ ބިރުދައްކާ، ލާދީނީ ބައިގަނޑު އެމީހުންގެ ލާދީނިއްޔަތު ދިފާޢު ކުރުމުގައި ފާޅުގައި އުޅެމުން ގެންދިއުމަށް ފުރުޞަތު ދިނުމަށް.
  އިޔާޟް އާއި އިލްޔާސް އަކީ ވެސް މި ލާދީނީ ބައިގަނޑުގެ މީހެއް. އެބައިމީހުންނަށް މި ފުރުޞަތު ހޯދައިދިނީ ކަލޭމެންގެ އެހީތެރިކަމާއިއެކު. ދެން ހުރީ އިމްރާނު. މަޤާމަށް ދީންވިއްކާފައި ހައްޕު.