އިސްލާމްދީނާއި މާތްވެގެންވާ މާތް ނަބިއްޔާ މުޙައްމަދު ރަސޫލުﷲ ސައްލަﷲ ޢަލައިހި ވަސައްލަމައަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓާ ގުޅިގެން ޝުއޫރު ފާޅުނުކުރުމަށް ފުލުހުންނަށް އަންގައިފިއެވެ.

ފުލުހުން ނެރުނު އިންޓާނަލް މެމޯއަކުން އެކަން ފުލުހުންނަށް އަންގާފައިވާއިރު އެ ރިޕޯޓާ ގުޅިގެން ގައުމީ ޔުނިވަސިޓީގެ ލެކްޗަރާއިންވެސް އެ ރިޕޯޓާ ގުޅޭގޮތުން ޝުއޫރު ފާޅު ނުކުރުމަށް ވަނީ އަންގާފައެވެ.

ފުލުހުން ވިދާޅުވީ އެ މައްސަލައަކީ މޯލްޑިވްސް ޕޮލިސް ސާރވިސްއިން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ މައްސަލައެއްކަމާއި، މިމައްސަލައާ ގުޅޭގޮތުން ނޫސްބަޔާނެއް ވެސް ނެރެފައިވާ މި ދަނޑިވަޅުގައި މުވައްޒަފުންގެ ފަރާތުން މިފަދަ ޢަމަލެއް ފެނުމަކީ އެކަމުގެ ސަބަބުން މުޢައްސަސާއާ މެދު ރައްޔިތުން ކުރާ އިތުބާރަށް އުނިކަން އަތުވެދާނެފަދަ ޢަމަލަކަށް ވާތީވެ، އެފަދަ ޢަމަލުތައް ނުކުރުމަށް ހުރިހާ މުވައްޒަފުންނަށް ނަސޭޙަތްތެރިވާކަމަށެވެ.

ފުލުހުންގެ ބަޔާނުގައި އެމްޑީއެންގެ ރިޕޯޓާ ގުޅޭގޮތުން ޝޯސަލް މީޑިއާގައި ފުލުހުން އަމިއްލަ ހިޔާލު ފާޅުނުކުރުމަށާއި، މިކަން ފުލުހުން ބަލައި ނުގަންނާނެކަށް އެބަޔާނުގައިވެއެވެ.

ފުލުހުން މިބަޔާން ނެރެފައި މިވަނީ ޕޮލިސް ކޮމިޝަނަރ ހަމީދް އެމްޑީއެންގެ ބޯޑް މެންބަރުކަން ކުރައްވާފައިވުމާއެކު އެމްޑީއެން މައްސަލަ ބެލުމުގައި ފުލުހުން އެކަށީގެން ވާ މަސައްކަތެއް ނުކުރާކަމަށް ޢާންމުން ތުހުމަތުކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.

މިފަދަ ދަނޑިވަޅެއްގައި ފުލުހުންނަށް އެފަދަ އެންގުމެއް އަންގާފައިވާއިރު ފުލުހުންގެ ތަރުޖަމާނުގެ އަމިއްލަ ވަޓްސްއެޕް ގްރޫޕުގައި އެމްޑީއެން ރިޕޯޓާ ގުޅިގެން ނޫސްވެރިޔަކު ސުވާލު ކުރުމުން އެ ނޫސްވެރިޔާއާ މެދު ފިޔަވަޅު އަޅައި، އެ ގްރޫޕުން ވަނީ ބޭރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. އިކްރާމް އަބުދުއްސައްތާރު

    މީތޯ ތިޔަވިދާޅުވާ ޑިމޮކްރަސީއަކީ.. ކޮބައިތޯ ޚިޔާލު ފާޅުކުރުމުގެ މިނިވަން ކަން..؟

    ޤާނޫނު އަސާސީން ލިބިދޭ ބާރެއް ހަނި ކުރެވެނީ އެކަމުގެ މިންވަރަށް ވަޒަން ކޮށް ޤާނޫނަކުން އެކަނި..

    ތިހެން ބުނެލާ ބަހަކަށް ނެރެލާ ނޫސްބަޔާނަކަށް ކޮންސްޓިޓިއުޝަނަލް ރައިޓްސް ހަންޏެއް ނުކުރެވޭނެ...

    71
    1
  2. ލީމަން

    ކޮބާއިތޯ މައްސަލަ އަކީ އެމީހުންނަށް އަހަރުމެންގެ ދީނާ ބެހެވޭ.. އަހަރުމެން މިވީ ކުޑަގޮޅީގައި ތިބެން..

    މީތޯ ތިކިޔާ ޑިމޮކްރަސީއަކީ..

    އެމްޑީޕީ އަށް މަވެސް ދެން ވޯޓެއް ނުދޭނަން.. ވަރަށް ސަލާމް

    87
    1
  3. ސަމީ

    ތިޔަދަނީ މާ މަ އްޗަށް...

    75
  4. Alibe

    މިހާރު ރަ އްޔިތުންނަށް ވިސްނޭނެ އިސްލާމް ދީނާ ދޭތެރޭ ސަރުކާރުގެ ވިސްނުންހުރިގޮތް.

    86
    • ޓިނު

      ވަރަށް ސާފް މިހާރު ވަރަށް ދެރަވޭ މިވެރިންނަށް ވޯޓް ދެވުނީތީ

      44
  5. ކާފަ

    ތިއެންގުމުން މާބޮޑު ފިތުނައުފެދިއްޖެ، އަމިއްލަ މީހުނޭ ތިޔަ ފިތުނަ އުފައްދަނީ، ބޭކާރު ވާހކ ނުދައްކާ، ﷲއަކްބަރ،
    ޢަދު ނުވި ރައްކަލެއް ފަހަކުން ނުވެވޭނެ.

    19
  6. އިބޫ

    ފުލުހުން އަމިއްލަ ހިޔާލު ފާޅުނުކުރުމަށާއި، މިކަން ފުލުހުން ބަލައި ނުގަންނާނެކަށް އެބަޔާނުގައިވެއެވެ. މިބަޔާން ނެރެފައި މިވަނީ ޕޮލިސް ކޮމިޝަނަރ ހަމީދް އެމްޑީއެންގެ ބޯޑް މެންބަރުކަން ކުރައްވާފައިވުމާއެކު އެމްޑީއެން މައްސަލަ ބެލުމުގައި ފުލުހުން އެކަށީގެން ވާ މަސައްކަތެއް ނުކުރާކަމަށް ޢާންމުން ތުހުމަތުކުރަމުން އަންނަ ދަނޑިވަޅެއްގައެވެ. ކިހާ ސާފުތޯ.

    15
  7. މަވެސް

    އިސްލާމް ދީނާދެކޮޅުވާހަތަކާ އަމަލުތައް ހިންގާއިރު އެކަމާ ނުބެހުމައް ސަރުކާރުންއަންގާނަމަ ސަ ރުކާ ރު އަވަހައް އިސްތިއުފާދީ!!

    17
  8. އަހުމަދު

    ލާދީނީ ބާގަނޑު ހިމާޔަތް ކުރެވޭތޯ ބަލަނީ

    43
  9. އަޙްމަދު

    ތިދަ އްކަނީ ކޮން އިތުބާރެ އްގެ ވާހަކަ. ތިކަމެ އް
    ރަ އްޔިތުން ނުދެނަހުރި.

    14
  10. ދަންޑެހިލް

    މިއީތޯ އިބޫ ގެނެސްދިން މިނިވަންކަމަކީ
    ހުރިހާ ބޯގަން ވިލަޔަކާ އަދި ހުރިހާ ސިއްކަޔަކާ ކެރަފާތަކެއް ހައްޔަރު ނުކުރަންޏާ މިގައުމުން އިސްލާމްދީން ފުހެލާނެ

    40
  11. ދަންނަ

    މިހިނދުން މިހިނދަށް އެމް.ސީ ޙަމީދު މިހާރު ހައްޔަރުކުރަން ވެއްޖެނޫންތޯ؟

    44
  12. ބޮޑުބެ

    އެމް.ސީ ޙަމީދުވެސް އަދި އިޒްމިޔާވެސް ވީއެންމެ އަވަހަކަށް ހައްޔަރު ކުރަން ގޮވާލަން

    40
  13. ސުޢޫދު

    ޢިމްރާން މަހުލޫފް އަލީވަހީދުމެން ނުލިބިގެން އުޅުނުއެޗެއް ނޭގުނު މީހާރު ޔަގީންވާކަމަކީ ޢާމްދަނީ ދަނީދައްވަމުންކަން ލިބުނު ކުރިއެރުމަކީ ގާނޫނުތައް ހެދުމުން ގެއްލެމުންދާ ވަޒީފާތައް ދަނީއިތުރުވަމުން .

    14
  14. Anonymous

    ކަލޭތީ ކާކު. ލާދީނީ .

    11
  15. Anonymous

    ކަލޭމެން ބަލައިގަނޭތޯ ނުގަނޭތޯ އަހަރެމެން ނުޖެހޭ ބަލާކައް

    12
  16. ހަޖަމް

    ކޮބާ ތާހިރު އަޑުތަކެއް އިވިއްޖެ މިހާރު؟؟؟ ކޮބާ ޖާހިލުންގެ އައްޕަ؟؟؟ އެކަލޭގެ ބޭނުންވާ މިސްރާބަށް މި ޤައުމު މިއޮތީ ޖަހާފަ!! ވޯޓުދީފަ ދެން މިހާރު ހޭރޭނެ ކަމެއްނެތް!! މާ ލަސްވެއްޖެ!!

    14
  17. ާއަނދިރި

    ދީނުގެ ދިފާއުގައި ޕޮލިހުނުންގެތެރޭގަވެސް ގަޓުހުރި ކުދިން ތިބިކަން ...ހަނދާނުގަބަހަށްޓާތި!!!!ސީޕީ ބެރުޖެހިޔަސް ނުނަށާކަހަލަ ލަވަ ހުންނާނެ....

    16
  18. Anonymous

    އެކީއްވެއޯ؟ ކަލޭމެން އިސްލާމް ދީން ފޮހެލަންދެން އަހަރެމެން ތިބެފަ މަރުވީމަ ﷲ ގެ ހަޟްރަތުގައި އަހަރެމެން ބުނަންވީ ފުލުހުން ބިރުދެއްކުމުންނޭތަ؟

    17
  19. Anonymous

    ކަލޭމެން ތިކަން ތަހްގީގެއް ނުކުރާނެ. ކުރަންޖެހޭ ވަރުގެ ކަމެއްވެސް ނެތް. ދިމާއަށް ފެންނަން އޮތް އެއްޗެއް. އެނުބައި އަމަލު ހިންގި މީހުން ކަލޭމެން ހިމާޔަތްދީ އަދި މިގައުމުން ފޮނުވާލައިފި. އަދި އެމީހުންނަށް ދިވެހިރައްޔިތުންގެ ފައިސާއިން މުސާރަދޭ. ދައްޖާލުކަން ގަދަވެސް ބައެއް މިސަރުކާރުގައި މިތިބީ.

    14
  20. ބިންއަލީ

    ސަރުކާރު ވއްޓާލަން ނުކުންނަންވީ. ކޮބާ ބޮޑުތިލަދުންމަތީގެ ހިތްވަރު ގަދަ ރައްޔިތުން. ކޮބާ، ދިވެހިގައުމުން އެންމެ ފުރަތަމަ އިސްލާމްވީ މީދޫއާޢި އައްޑޫ ސިޓީގެ ފަހުރުވެރި މުސްލިމުން؟

    14
  21. ޒުލްގާ

    ޑިމޮކްރަސީ މިވެރިން މާނަކުރަނީ "ލާދީނީ" ނުވަތަ "އިސްލާމް ދީނާ ދެކޮޅު" ގެ ގޮތުގައި. އެހެންވީމަ މިޝައިޠާނީ ބައިގަނޑު ދައްޖާލަށް ސައިކުރާ ކައްކަން މަޑުކުރުމަށްޓަކައި މިގައުމުގައި އޮތް އިސްލާމްދީން ނައްތާލާ މުސްލިމް ރައްޔިތުން ހުސްކުރުމުގެ ޕްރޮގްރާމް މިފެށީ.

    12
  22. Anonymous

    ހުރިހާ ރަށެއްގައި މުޒާހަރާ ކުރަންވީ. ކޮންމެ ދިވެހި ރައްޔިތަކުން ދުވާލަކު އެތައްފަހަރަކު މިރިޕޯޓާ ދެކޮޅަށް އަޑު އުފުލަންވީ

    15
  23. އެންދެރި

    ދީނައް ފުރައްސާރަ ކުރުމުގެ ހުކުމް ހުރިހާ ރައްޔިތުންނަށް ކިޔާ ދީ ބަލާށެވެ.

  24. ކަންނެލި އޮޑި

    އެމްޑީޕީ ވަނީ މާބޮޑަށް ވެސް ލާދީނީ ވެފަ. މީގެފަހުން އެ ޕާޓީއަށް މަވާ ސަލާން. އަބަދަށް ސަލާން.

  25. މިގޭ

    ހަމީދު ކަލޭ ލާދީނީ ވެގެން އުޅުނަސް މަމެން އަނގަ ނުތަޅައެއް ނުތިބޭނަން