ރާއްޖޭގެ ބައެއް ކަންކޮޅު ތަކުގައި ހަމައެކަނި އެކަނިވެރި މައިނާއި ބަފައިންނަށް ދޭ އެލަވަންސް ހޯދުމަށް ދެމަފިރިން ދުރުވެފައި ވާކަމަށް ޖޭއެސްސީގެ ކުރީގެ މެމްބަރު އަދި މިހާރު ރައީސް އުފައްދަވާފައިވާ ގެއްލުވާލައިފައިވާ މިހުންނާއި އަދި ގޮތްނޭންގޭ މަރުތަކާބެހޭ ކޮމިޝަނުގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވެއްޖެއެވެ.

ހުސްނުއް ސުއޫދު ވިދާޅުވީ އޭނާ އެންމެ ފަހުން ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރުގައި، ސަރުކާރުން އެކަނިވެރި މައިންނަށް ދޭ އެލަވަންސް ހޯދުމަށް ވަރިވެފައިވާކަމުގެ ބައެއް ހަބަރުތައް އަޑު އިވިފައިވާކަމަށެވެ. އަދި އެފަދަ ފަރާތްތަކުން ދިރިއުޅެމުންދަނީ އެއްތަނެއްގައި ކަމަށާއި އެފަދަ ވަރިތަކަކީ ހަމައެކަނި އެ އެލަވަންސްގެ ދަހިވެތިކަމުގައި ވެފައިވާ ވަރިތަކެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ކަންމިހެން ހުރިކަމުގައި ވީނަމަވެސް ސަރުކާރުން މިއަދު ވަނީ އެކަނިވެރި މައިންނާ ބަފައިންނަށް ދޭ އިނާޔަތް 10،000 ރުފިޔާއަށް އިތުރު ކުރުމަށް ނިންމާފައެވެ. އެ ނިންމުން ނިންމާފައި ވަނީ މިއަދު ބޭއްވި ކެބިނެޓު ބައްދަލުވުމެއްގައި، އެންސްޕާ އިން ހުށަހަޅައިފައިވާ އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އިނާޔަތާ ބެހޭ ލިއުމާމެދު މަޝްވަރާ ކުރެއްވުމަށްފަހު އެވެ.

މީގެ ކުރިން އެ އުސޫލުގައި އެކަނިވެރި މަންމަ ނުވަތަ ބައްޕައަށް އެހީގެ މިންވަރު ކަނޑައަޅާފައި ވަނީ ތިބި ކުދިންގެ މައްޗަށް ބިނާކޮށް، ކޮންމެ ކުއްޖަކަށް 1000 ރުފިޔާ ހިސާބު ކުރުމަށް ފަހު މަހެއްގެ މައްޗަށް އާއިލާއަކަށް އެންމެ ގިނަވެގެން 3،000 ރުފިޔާ ލިބޭ ގޮތަށެވެ. މިއަދު ގެނައި ބަދަލުގައި ވަނީ މަހެއްގެ މައްޗަށް އާއިލާއަކަށް އެންމެ ގިނަވެގެން ދެވޭ އަދަދު 10،000 ރުފިޔާއަށް އިތުރު ކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. އަބޯ

    މި އެކަނިވެރި މައިންނަށް ފައިސާދިނުމަށް ހެދިފައިވާ ގާނޫނު ނެތް ވާހަކަ ވިދާޅު ނުވީ ކީއްވެ ؟އަދި އެކަނިވެރި މައިންނަކީ ކޮންބައެއް ؟އެކަނިވެރި މަޔަކީ އިގިރޭސި ތަރުޖަމާއެއް ނޫންތަ ؟ އެކަނިވެރި މައިން އިގިރޭސިބަހުން ނިސްބަތް ކުރަނީ ކޮންބަޔަކަށް؟ އެކަނިވެރި މައެއްގެ ނަމުގާ ދިވެހި އަންހެނުން ފައިސާނެގުން ހުއްދަވާނެތަ ؟މިއީ އިލްމުވެރިނަ ގެ ބަހުސު އޮންނަންޖެހޭކަމެއް .ގާނޫނުއަސާސީގެ 97 އާ 250 ބުނާގޮތުން ދަވްލަތުން އެއްވެސް މީހަކަށް ފައިސާގެގޮިތުން އެއްޗެއްދެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނެއް އޮވެގެން.

    12
  2. ބުރޯ

    ނެވަ މެރިޖް ވިތް ޗައިލްޑް މިއީތަ އެކަނިވެރި މައިންނަށް އިގިރޭސިބަހުން ކިޔާގޮތަކީ ސާފުކޮށްދޭނީ ކާކު ؟

    17
  3. ބޭބެ

    ހުސްނުވާ ސުއޫދު ބަލަން ޙަވާލުކޮށްފައޮތީ ތިފަދަ މައްސަލައެއްނޫން
    މިފަދަ އެލަވަންސަކީ ބަޔަކުމީހުން ދީނާޚިލާފަ ޢަމަލުހިންގުމަށް ހިތްވަރުދީ އަންނިގެ ލާދީނީ ސަރުކާރުން ފެށިކަމެއް އަނެއްފަހަރު މިއެލަވަންސް ބޮޑުކުރީ މިހާރުގެ ލާދީނީ ސަރުކާރުން މިފަދަ ނުބައި ހުރިހާ ކަމެއް ލާދީނީ ސަރުކާރުން ކުރާނެ

    12
  4. ބަލާމީހާ

    ޏުރަނގަޅު ނިންމުމެއް. ނުބާމަގަކަށް ހުލުވޭ ދޮރެއް.

    30
  5. Anonymous

    ސަާބަސް ސަާބަސް

    11
    2
  6. ބުރޯ

    އެކަނިެރި މައިންނަކީ ސަރުއީ ބަފައެއް ނުހުންނަ ދަރިންގެ މަންމަ ނޫންބާ ؟

    20
  7. އަލިބެ

    ސުއޫދައް ތިކަން ވިސްނުނަސް ކެބިނެޓް ގަމާރުންނައް ތިކަން ނުވިސްނުން. ވަޒީފާ ތަކުގަ އުޅޭ މީހުނައް މިއުޅެނީ ފަސްހާސް ރުފިޔާގަނޑު ހަމަ ނުވެގެން.

    16
  8. ޝިބް.

    މިއީ ޔަހޫދީންގެ ކަމެއް.މިކަމަކީ ކަނޑަ އެޅިގެން ފާހިޝް އަމަލުތަކަށް ދެވޭ ހިތްވަރެއް.

    19
  9. ބެއްޔާ

    ދެންވަރިވާ މީހުންނަށް ނުދޭންވީތަ. ކީކޭ ތިކިޔަނީ. މީހަކާ ނުއިދެ ދަރިން ހޯދާ މީހުންގެ ވާހަކަތަ ތިދައްކަނީ. މިސަރުކާރަކީ ހަމަ ލާދީނީ ސަރުކާރެއް. މުޅިންވެސް އޮޅުވާލުމާއި މަކަރުވެރިކަން

    14
  10. ނަބީލާ

    އެއްގޮތަކުން ނުވިއްޔާ އަނެއްގޮތަކުންވެސް ދިވެހިން އިސްލަމީ ހަމަތަކާ ދުރަށް ޖެއްސޭތޯ މި ބަލަނީ! މިކަމުގެ ސަބަބުން ޒިނޭ ގިނަވާނެ! ރޭވިގެން ކުރާ ވަރި ގިނަވާނެ! ރޭވިގެން ކުރާ ވަރީގެ ސަބަބުން ދީނީ ހަމަތަކާ ޚިލާފަށް ހިންގޭ ޖިންސީ ޙަރަކާތްތައް ގިނަވާނެ! ސާބަސް

    10
  11. ރައްޔިތުން

    އެންމެ ހަލާލުކަންބޮޑީ ތިމާކުރާ ހަލާލު މަސައްކަތުން ލިބޭ ފައިސާ، މިނޫން މަގުތަކުން ފައިސާ ލިބޭނެ ގޮތް ފަހިކޮށްދިނުމަކީ އިސްލާމްދީނުގައި ކަނޑައެޅިފައިވާ ގޮތްތަކާއި ޅިލާފު ކަންކަން

  12. މުހައްމަދު

    އެކަނިވެރި މައިންނާއި ބަފައިންނަށް ސަރުކާރުން މަހަކު 10،000 ރުފިޔާ. ކައިވެނިކޮށްގެން ދަރިންނާއެކު ދެމަފިރިން އެކުގައި އުޅޭނަމަ، ސަރުކާރުގެ ވަޒީފާއިން އާމުދަނީގެ ގޮތުގައި 4000-5000 ރުފިޔާ. މީހުނާ އިނދެ ދަރިން ހޯދާފއި ވަރިވެގެން ދިޔުން ބައެއް އަންހެނުން ކުރާ ވިޔަފާރިއަކަށް ވެއްޖެ

  13. މިގޭ

    ކަލޭވެސް ވަރިކުރީތަ

  14. 19 ނަވާރަ

    ބަލަ އެކަނިވެރި މައިންގެ ދަރިންގެ ދަރިންނާ ހަވާލު ވާނެ އިއްޒަތްތެރި އަކު ހުރޭނޫންތަ. ގައިމު ކެންޕޭނުގަ ގޮވި އެކަހަލަ ލަވައެއް.

  15. Anonymous

    ވަރި ވުމަށްފަހު ވަކި ވަރެކަށް ދުވަހަކަށް ފަހު މި އިނާޔަތް ދިނުމަށް ފެނޭ އޭރުންވެސ މި މައްސަލަ ކޮންމެވެސް ވަރެކަށް މަޑުޖެހޭނެ

  16. އަނެއް ދިވެހިރާއްޖެ

    ރަނގަޅު.. މިހެންވީމަ ވަރިވެގެން އެކަމަކުވެސް ދެމަފިރިންއުޅޭގޮތަށް އެއްކޮޓަރިއެއްގައި އުޅުން އާއްމުވެ ހަކުރު ގިނަވޭ.. މިބުނީ ޒިނޭ ޢާއްމުވެ ޑިމޮކްރަސީގެ ގައުމިއްޔަތު ، އެޖެންޑާ 19 ގައި އެބުނާ އަނެއް ގައުމިއްޔަތުގެ މީހުން ގިނަވޭ..