ފުލުހުންގެ ތަރުޖަމާން، އިޒްމިއާ ޒާހިރުގެ އަމިއްލަ ވަޓްސްއެޕް ގްރޫޕުން ޗެނަލް 13 ގެ ނޫސްވެރިޔާ ބޭރުކުރީ ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި ކަން ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ތަރުޖަމާން އިޒްމިއާ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޗެނަލް 13 ގެ ނޫސްވެރިޔާ "ފުލުހުންގެ ވަޓްސްއެޕް" ގްރޫޕުން ބޭރުކުރީ ޖިންސީ ފުރައްސާ ކުރުމުގެ މައްސަލައެއްގައި ކަމަށެވެ. އަދި އޭނާ ބޭރު ކުރުމުގެ ކުރިން ޗެނަލް 13ގެ އިސް ބޭފުޅުންނާވެސް ބައްދަލުކުރަން މަސައްކަތް ކުރެއްވި ކަމަށާއި އެ ބައްދަލުވުމަށް ދިއުމަށް ހަމަޖެހިފައި އޮތް ބޭފުޅާ ވަޑައިގަނެފައިނުވާ ކަމަށް އިޒްމިއާ ވިދާޅުވެފައިވެއެވެ.

އޭގެ އިތުރުން އެ ނޫސްވެރިޔާ ގްރޫޕުން ބޭރު ކުރި ނަމަވެސް ޗެނަލ 13 ގެ އިތުރު ނޫސްވެރިއަކު މިހާރުވެސް އެ ގްރޫޕުގައި އިންނަވާ ކަމަށް އިޒްމިއާ ވިދާޅުވިއެވެ. އަދި ގްރޫޕުގައި ނެތަސް ޕޮލިސް މީޑިއާގެ ނަމްބަރަށް ގުޅުމުން ބޭނުންވާ މައުލޫމާތު ހުރިހާ މީޑިއާއަކަށްވެސް ލިބޭނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

އިޒްމިއާ މިހެން ވިދާޅުވި ނަމަވެސް ނޫސްވެރިޔާ ގްރޫޕުން ބޭރުކުރީ އެމްޑީއެންއާ ގުޅިގެން ނޫސްވެރިޔާ ސުވާލުކުރިތާ މާގިނަ އިރުތަކެއް ނުވަނީހެވެ.

ނޫސްވެރިޔާ ސުވާލުކުރީ އެމްޑީއެންގެ މައްސަލަ ތަހުގީގު ކުރަމުންދަނީ ފުލުހުންގެ ކޮން ޑިޕާޓްމަންޓަކުން ތޯ ސާފުކޮށްދެއްވުމަށެވެ. އަދި އެމްޑީއެން ރިޕޯޓާ ގުޅޭ ގޮތުން އާންމުންގެ ތެރޭގައި އަމަލު ކުރަންވީ ގޮތާއި އަދި އެނޫންވެސް އެމްޑީއެން ރިޕޯޓާ ގުޅޭ ލިއުމެއް ފުލުހުންގެ ތެރޭގައި އޮންނަ އީ ނޯޓިސް ބޯޑުގައި ޝާއިއު ކުރެވިފައިވޭތޯވެސް އެ ނޫސްވެރިޔާ ސުވާލު ކޮށްފައިވެއެވެ. އެ ސުވާލުތަކަށް އަދިވެސް ފުލުހުން ޖަވާބުދީފައިނުވެއެވެ.

އެގޮތަށް ބޭރުކުރާ ނޫސްވެރިން ފުލުހުންގެ މީޑިއާއަށް ގުޅައިގެން މައުލޫމާތު ހޯދަން އެދުމުން މައުލޫމާތު ދެއްވާނެ ކަމަށް އިޒްމިއާ ވިދާޅުވި ނަމަވެސް ގިނަ ފަހަރު ފޯނު ނުނަގާކަން ފާހަގަކުރެވެއެވެ. އަދި ބޭރުކުރާ ނޫސްވެރިޔަކު މައުލޫމާތެއް ހޯދަން ގުޅުމުން އެ ނޫސްވެރިޔާއަށް މައުލޫމާތު ނުދީ މީޑިއާ ގްރޫޕުގައި މައުލޫމާތު ހާމަކުރާކަންވެސް ފާހަގަކުރެވެއެވެ. އަދި ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވިޔަސް ދައުވަތު ނުދޭކަން ފާހަގަވެއެވެ.

 

 

 

 

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. މޮހޮދު

    އިޒްމިއާ އަކަސް ކޮންމެ މިއާ އަކަށްވިޔަސް އިންސާފުވެރިވާންފެނޭ

    61
    1
  2. ދިވެހިމީހާ

    ގޮތްހުސްވަނީ. ތެޅިފޮޅެނީ.

    60
    2
  3. ޖަޒީރާ

    މިހާރު ބޭނުންކުރާ 2 ބާރް ނިއުކުލިއާ ބާރައްވުރެވެސް އަސަރުކުރާނެ މިބޭނުންކޮއްފިނަމަ ދިގު30އަހަރުތެރޭ އެއްމެ އަޑުގަދަވީ ޗިލީސޯސްކިޔާއަޑު އެމްޑީޕީގެ ރިލޭތަކުން.

    53
    2
  4. ކިނބޫ

    މި މަގާމަށް މި އަންހެނާ ކުފޫ ހަމަނުވާކަން އަމިއްލައަށް ގަބޫލު ކުރެވޭނެ މިހާރު. .

    61
    2
  5. Anonymous

    ކަލޭ ހާދަ ދޮ ގު ތި ހަދަނީ،

    61
    2
  6. ޝަރފު

    މޯލްޑިވުސް ޑިމޮކްރަސީ ނެޓްވޯކާ ބެހޭގޮތުން ސުވާލެއް ނުކުރެވޭނެ. އެއީ އެއާ ގުޅިފައިވަނީ ސަރުކާރާ. އެހެންވެ މި ފެންނަނީ ސުވާލެއް ކުރިއަސް ޖިންސީ ފުރައްސާރައަށް.
    މި އިޒުމިއާއާ މެދު ދަޢުވާ ކުރަން ފެނޭ. ޗެނަލް 13 ގެ ނޫސްވެރިޔާގެ އަބުރު ނަގާލީތީ.

    68
    2
  7. ހަމަހަމަ

    ދެފަރާތުންވެސް ދައްކާ ވާހަކައަކަށް އެއްވެސް ހެތްކެށް ނުދައްކާ. ސްކުރީންށޮޓެއް ނަ ގާލާނަމަ.

    36
    3
  8. Anonymous

    ދޮގުވެރިން ތިއީ.

    39
    2
  9. Anonymous

    މިއުޑުދަށުގައި ކަލޭމެން ތިދައްކާ ވާހަކަ ގަބޫލުކުރާނެ މީހަކު ހުރިއްޔާ އެވާނީ، މިގައުމުގެ ދީން ހަލާކުކުރަންއުޅޭ އިބިލީހަކަށް.

    46
    3
  10. ޒާ

    ފުލުހުންނަށްވެސް އިތުބާރެއް ނުކުރަން. ކަލޭމެންނަކީ ބޭނުންވެއްޖެ ހިނދެއްގައި ބައެއްމީހުންނާމެދު ދޮގު އިލްޒާމު އަޅުވައި ތަހުގީގުކޮށްފައި ޝަރީޢަތްކުރަން ފޮނުވާ ބައެއް. އަދި އަނެއްބަޔަކާމެދު ކިތަންމެ ބޮޑު ކުށެއްކުރިކަމުގެ ސާފު ހެކި އޮތަސް އެއްވެސް ދައުވާއެއް ކުރަން ނުފޮނުވާ މައްސަލަ އޮއްބާލާ. ރާއްޖޭގެ މީހުން އެހެންވެ ފުލުހުންނަށް އިތުބާރު ނުކުރަނީ. ގައިމުވެސް މަށެއް ނުކުރާނަން ތިޔަ ފުލުސް އޮތީހަށް ދުވަހަކުވެސް އިތުބާރެއް.

    41
    2
  11. علي وحيد

    ބިރުން ތުރުތުރު އަޅަނީ އަޅާލާނެކަމެއްނެތް ޗެނެލް13 ބާރަށް ކުރިއަށް ގެންދިއުމަށް އެއްވާމެއްގަ ހިފާއްޓާލާ نصر ދެއްވާނީ حقއަށް

    49
    4
  12. މިގޭ

    ކަލެއަށް ތިޔަ މަޤާމް ދެއްވި ފަރާތުން ދާދި އަވަހަށް މަޤާމް ގެއްލޭނެ ގޮތް މެދުވެރިވެދާނެކަން ހަނދުމަކުރައްވާ.

  13. ކަންނެލި އޮޑި

    ހޭލާތިބޭ ކުދިންނޭ. މިސަރުކާރަކަށް ނުކުރެވޭނެ ރަނގަޅު އެއްވެސް ކަމެއް. މިއީ ނިޔަތާއި މަޤުސަދު ފަސާދަ ވެފައިވާ ބައެއް. އިންތިޒާރު ކުރެވޭނީ ﷲ ގެ ނިންމެވުމަކަށް.

  14. އާމިރު

    މީނާއަށް އަދި އެއްތަރިދީ އެއީ ހެދިބޮޑު ދޮގަށް

  15. ޥަަނުވާ

    އިޒްމިއާއެއް ބި ސްކީމިއާއެެއް ކިޔާނެކަމެއް ނެތް. ހު ސް ޕަޕެޓުން. ޙަޖަމްނުވީ.