އެމްޑީޕީގެ ރައީސް ކަމަށް ރަނގަޅު ބޭފުޅަކު ބަލަން "ވަގުތު" އިން ޕޯލް އެއް ނަގަން ފަށައިފިއެވެ.

"ވަގުތު"ގެ ފޭސްބުކް ޕޭޖުގައި ނަގާ މި ޕޯލް އަކީ 24 ގަޑިއިރުގެ މުއްދަތަކަށް ނަގާ ޕޯލް އެކެވެ. ޕޯލްއަށް ވޯޓު ދިނުން ކުރިއަށްދާނީ ކުރިއަށް އޮތް 24 ގަޑިއިރަށެވެ.

އެމްޑިޕީގެ ރައީސް ކަމުގެ މަގާމަށް ރަނގަޅު ބޭފުޅަކު ބަލަން ވަގުތު އިން ނަގާ ޕޯލްގައި ހިމެނޭނީ ދެ ނަންފުޅެކެވެ. އެއީ އެޕާޓީގެ ރައީސްގެ މަގާމުގައި މިހާރުވެސް ހުންނެވި، ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.


އެމްޑީޕީގެ ރައީސްކަމަށް ކުރިމަތިލައްވާނެކަން ނަޝީދު ވަނީ އިއުލާން ކުރައްވާފައެވެ. އެމަގާމަށް ވާދަކުރައްވާނެކަން އެހެން ބޭފުޅަކު އިއުލާން ނުކުރި ނަމަވެސް ރެއިން ފެށިގެން އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން ގެންދަނީ އެމްޑީޕީގެ ރައީސް ކަމަށް ރައީސް ޞާލިހް ކުރިމަތިލެއްވުމަށް އެދިވަޑައިގަންނަވަމުންނެވެ.

އެމްޑީޕީގެ ލީޑާޝިޕްގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ ނޮވެމްބަރ 22 ވަނަ ދުވަހު އެވެ.

ނަޝީދު ވަނީ މިހާރު އެމްޑީޕީގެ ރައީސްކަން ދެ ދައުރު ކޮށްފައެވެ. އޭގެ ކުރިން އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ވެސް ނަޝީދު ކުރެއްވެވިއެވެ. ނަޝީދު އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމުގައި ހުންނެވިއިރު ރައީސް ކަމުގެ މަގާމުގައި ތިއްބެވި ބޭފުޅުންގެ މަސައްކަތްޕުޅަށް ހުރަސް އެޅުއްވި މައްސަލަ ބޮޑުވެ ދެ ބޭފުޅަކު އެމްޑީޕީގެ ރައީސް ކަމުން އިސްތިއުފާ ދެއްވެވިއެވެ. އެއީ އިބްރާހިމް އިސްމާއިލް (އިބްރާ) އާއި ޑރ.މުހައްމަދު މުނައްވަރު އެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޖަޒީރާ

    ތިމަގާމައް އެއްމެ ރައަގަޅުވާނީ އިޔާޒްއާ އިލްޔާސް އެއީ އެއްމެ މޮޅައް އަނިޔާވެރިކަން މިނިވަންކަން އެގޭ ދެމީހުނަކީ ސިޔާސީމައިދާނުގަ މިވަގުތު.

    8
    11
  2. ޙިއެއްނުވޭ

    ޢިބޫ ބިރުންވެސް ކުރިމަތިލާނެހެނެއް ހިއެއްނުވޭ ރައީސްކަމަށް!!

    28
  3. އުތުރުން

    އަޅުގަނޑު ތާއީދުކުރަނީ އިބޫ ސާލިހަށެވެ. ނަސީދަކަށްނޫނެވެ
    ނަސީދު މޑޕ ގެ މަގާމަތަކަށް ކުރިމަތި ނުލުމަށް އިލްތިމާސް ކުރަމެވެ ކުފޫހަމަނުވާތީއެވެ.

    30
    1
  4. އުމަރުމަނިކު

    ރައީސް ޔާމީނު ވަރެއް ނެތް. ރައްޔިތުންނަށްޓަކައި ވަރަށް ބޮޑު ގުރުބާނީވި ބޭފުޅެއް ރައީސް ޔާމިނިއަކީ... 1- މާލޭ އާއި ހުޅުމާލެ ގުޅިފައިވާ ބުރިޖު 2- ފުލެޓު އެޅުމުގެ މަޝޫއުތައް. 3- އައިޖީއެމްއެޗްގެ ހަދާ 25 ބުރީގެ އިމާރާތް މިހެން ގޮސް ނަން ހުސްކޮށް

    33
    4
  5. ޖާބިރު

    ރައީސް އަކަށް އަންނަން ވާނީ އިބޫ

    24
    2
  6. ޖާޒީރާ ބޯއީ

    މިގޮތަށް ޕޯލްއެއް ނަގަންވީނުން ރައީސް ސޯލިހުގެ ސްރުކާރުތޯ ނުވަތަ ރައީސް ޔާމިނުގެ ސަރުކާރުތޯ އޮތުމަށް އެދެނީ. މިހާރުވާ ރައްޔިތުންނަށް ހޭވެރިކަންވެފައިތާ ހުންނާނީ. ގައުމުގައި ނެތް ލާގެން ކާލާނެ އެއްޗެއް.

    36
    3
    • ޒަކް

      އެކަން އެއޮތީ ރައްޔިތުން ނިންމާފަ.. ދެން އޮންނަ އިންތިހާބުގަ ވެސް ހަމަ އެ ތަފާތު ފެންނާބެ.. ކިތަށް ފަހަރު އަޑު އިވުބިއްޔާތަ ރައްޔިތުންގެ ބަސް އިވުނުކަމަށް ވަނީ......

      3
      9
  7. ހަސަން

    ނަސީދު ތީހަލާކު އޭނަނޫން ގޮތެއް ހޯދަން ދިވެހިންއަށް މަޖުބޫރު ގައުމުގަ ފަސާދަ ނަސީދުގެ ސަބަބުން ވަރަށް ބޮޑު

    17
    1
  8. ކެރެފާ

    ތިބުނާ ޕޯލެއް ނުނެގިޔަސް އެމްޑީޕީގެ ރައީސް ކަމުގައި ހުންނާނީ ކެނެރީގޭ ނަޝީދު... އެއީ ގޭމް ކުޅޭ ޕާޓީ އެއް.... ރައްޔިތުންނަށް ދަޅަ ދައްކާ ޕާޓީ އެއް....

    23
  9. އަފީފާ

    ފެއިލްވެފަތިބި މީހުން ދުރަށްޖެހިވަޑައިގެން އެހެން މީހުންނަށް ފުރުޞަތުދެއްވާ! އާދޭސްކޮށްފަ މިދެންނެވީ...