ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ އިންކަމް ޓެކްސްގެ ބިލް ފާސްކުރެވިގެން ދާއިރު އެންމެނަށް ހަމަހަމަ ވާން ޖެހޭނެ ކަމަށާއި ވަކި ފަރާތަކަށް ވަކި ގޮތެއް އޮވެގެން ނުވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ ފަރާތުން ކުނޫޒުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، އިންކަމް ޓެކްސް ނެގުމަކީ އޭނާ ތާއިދު ކުރައްވާ ކަމެއް ކަމަށާއި އެކަން ކުރަންޖެހޭނީ އިންސާފުވެރިކޮށް ކަމަށެވެ.

ގާސިމް ވިދާޅުވީ، ގާނޫނު އަސާސީގައި ހުރިހާ ރައްޔިތުން ހަމަހަމަ ވާން ޖޭހޭނެ ކަމަށެވެ. އަދި ގައުމު ބިނާ ކުރުމުގައި ވެސް އެންމެ ހަމަހަމަވާން ޖެހޭނެ ކަމަށެވެ.

“އިންތިހާބުތަކަށް ބަލާއިރު އެ އިންތިހާބުތަކުގައިވެސް ދިވެހި ކޮންމެ ރައްޔިތަކަށްވެސް ވޯޓުލުމުގެ ހައްގު ލިބިފައިވާނެ. އެކަމަކު ލެވޭނީ އެންމެ ވޯޓެއް. އެއީ ކިތަންމެ މުއްސަނދި އަދި ކިތަންމެ ނިކަމެތި މީހަކަސް ހުދު ރައީސުލްޖުމްހޫރިއްޔާއަށް ވެސް ލެވޭނީ އެންމެ ވޯޓެއް". ގާސިމް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ގާސިމް ވިދާޅުވީ، ގައުމު ތަރައްގީކުރުމުގައި މިއީ އެންމެންގެވެސް ގައުމު ކަމަށް ބަލަން ވާނެ ކަމަށާއި ކޮންމެ ފަރުދަކުވެސް އިންކަމް ޓެކްސް ނަގަންޖެހޭނެ ކަމަށެވެ ވަކި ބަޔަކު ބާކީ ކޮށްފައި ވަކި ބަޔަކު އިންކަމް ޓެކްސް ނެގުމަކީ އިންސާފެއް ނޫން ކަމަށާއި, އަދި އެންމެ ކުޑަ އުޖޫރަ ލިބޭ މީހާވެސް އިންކަމް ޓެކްސް ދައްކަން ޖެހޭނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީން މީގެކުރިން ބުނެފައިވަނީ ސަރުކާރުން ހުށަހަޅާފައިވަނީ އަހަރެއްގެ މައްޗަށް 480،000 ރުފިޔާ އަށްވުރެ މަތިން އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން އިންކަމް ޓެކްސް ނެގުމަށް ކަމަށެވެ. އެގޮތުގެ މަތިން ސަރުކާރުގެ ފަރާތުން އިންކަމް ޓެކްސް ބިލް ހުށަހަޅާފައިވަނީ 40،000 އަށް ވުރެ މަތިން އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން ނެގުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ކައުންސެލަރު

    އޯކޭ މައްސަލައެއްނެތް. ދީފާނަން ޓެކްސް. އެކަމަކު ކޮންމެ ރައްޔިތަކަށް 5 ރިސޯޓާ ޝިޕިން ބޯޓުފަހަރާ ޓްރަވަލް ކުންފުނިތަކާ މިފަދަ ހުރިހާކަމެއްވެސް ހަމަހަމަ ވާނެޖެހޭނެ.

    100
    3
  2. ސައްދާމް

    މިހާނުބައި ނުލަފާ ޖަނަވާރެއްގެ ފަހަތުންވެސް ދުވާ ބައިގަނޑެއް ފެނޭ. މުޅިންވެސް ފައިސާގެ ދަހިވެތިކަމުގައި.

    95
  3. ހުދުހުދު

    މިފެންނަނީ އަސްލު މިކަލޭގެ ސިފަ. ރައްޔިތުން ވެއްޖެއެންނުން ހޭވެރިކަންވާ.

    92
    2
  4. ކޮތަރު

    މިއީ ހާދަހާ ނުބައި ނުލަފާ މީހެކޭ. އިންކަމް ޓެކްސް ނަގާ ހުރިހާ ޤަވްމެއްގަވެސް ނަގާއުޅެނީ ވަކި ހަމަތަކެއްގެ މަތިން. މިގޮތުން ވަކިމިންވަރަކަށްވުރެ މަދުން އާމްދަނީލިބޭ މީހުންގެ އަތުން އެއްވެސް ޤަވްމެއްގަ ތިޔަ އެއްޗެއް ނުނަގާ. މިހާރުވެސް ޖީ.އެސް.ޓީ އެކޭ ކިޔާ ޓެކްސްއެއް އެންމެ ނިކަމެތި މީހާވެސް އިސްތިސްނާނުވެ ނެގެމުން އެބަދޭ. މިކަލޭގެއަށް މާތްﷲ ތަނަވަސްކަމެއް ދެއްވާފަ ވުމުން ނިކަމެތިންގެ ހާލަށް ވިސްނުމެއްނެތި، ޤާނޫނެއްގައި ހިމަނައިގެން މީނަގެ އޮފީހުގެ ފާޚާނާ ސާފުކުރާ މީހާވެސް ފެލަން މިމަސައްކަތްކުރަނީ.

    79
    3
  5. ލަކީ

    ޥަރަށް ރަންގަޅުވާހަކަކޮޅެއް ވާގޮތަކީ ހަގީގަތުގާ ވެސް ތަންދޮރު ނޭގޭ މީހުން ހަމަ ގިނަޢީ މިސާލަކަށް ހަމަ ކުޑަ އުޖޫލަ ލިބޭ މީހާ އަތުން ކުޑަކޮށް ނެގޭނެ ނޫން މީވަރަށް ތާކުން ތާކު ނުޖެހޭގޮތަށް ނަގާ ޓެކުސްއެއް

    6
    77
  6. ބައިޖަަން

    އެހެންވީމަ އެންމެން ހަމަހަމަކުޜަން އެންމެންގެ މުސާޜަވެސް ހަމަހަމަ ކުޜުމަށް ގޮވާލަން.(މަޖިލިސް ރައީސްގެ ސަމާލްކަމަށް)

    54
    2
  7. ޡުހޫ

    ޢެއްޗެއް އަތުލަންވެއްޖެއްޔާ އެންމެން ހަމަ ހަމަ. ދޭންވީމަ މޮޅުމީހާ އަށް މޮޅުގޮތް ދެ ރަމީހާ އަށް ދެ ރަގޮތް

    51
    3
  8. ޖާޒީރާ ބޯއީ

    މިކަލޭގެއަށް ކޮންމެ ސަރުކާރަކުންވެސް ދައުލަތުގެ ފައިސާ ދޭންޖެހޭތަ. ލުޓިގެންދާތާގައި ރަގަޅަށް ލުޓުވާލަބަލަ އޭރުން މިވަބާ މިގައުމުން ދިޔައީނުން. މިސަރުކާރުންވެސް 130 މިލިޔަން މީބޮޑުވަރު. އަތުގައި އޮތް ރިސޯޓުތަށް ދައްކައިގެން ހޯދަނީ އެކަމަކު އެއިން ރިސޯޓެއްގައި އުޅޭ މުވައްޒަފުންނަށްވެސް މުސާރަ ހަމަޔަށް ނުދޭ. ދއަުލަތަށް ދައްކަންޖެހޭ ޓެކްސް ފައިސާވެސް ހަމަޔަށް ނުދައްކާ. ބޭންކުތަކަށް ދަރާފަ.

    25
    1
  9. ކަޅު

    2023 ހަދާން ނައްތާލާ ސޮރީ

    42
    2
  10. ސިންގާ

    ސޭޓްވެސް ނުޖެހޭ މުޅިގައުމިގަ ވިޔަފާ ރިކު ރާކަށް މުޅިގައުމު އަތްދަށުލާން އުޅޭތަންފެންނަނީ. ހަމަޔަށް މުސާ ރަ އާއި ސާވިސްޗަ ރޖް ކޮޅުވެސް ދޭންޖެހޭ ދުވަހަށް ނުދެވޭ ހު ރިހާ ކަމެއްކު ރާން ހަދައިގެން. ރރމާދަމާ ސަބްމެ ރިން ގެންނަނީ ކޮބާ ސާވިސްޗށރޖް

    28
    1
  11. ކާފަ

    ރައްޔިތުންނަށްލިބޭ ހުރިހައި ލާރިއެއް ސަރުކާރަށް ނަގައި ސަރުކާރުގައު އެވަގުތަކުތިބޭބަޔަކަށް ބަހާލާގޮތަށް ގާނޫނު އިސްލާހުކުރަންވީނު! ސޮރީގާސިމް

    25
    2
  12. ނިސާބު

    ސަތޭކައިގެ ވާހަކައެއް. އިންކަމް ޓެކްސް އަކީ މުދަލު ޒަކާތެއް ނޫން. އެހެންވީމަ ނެގެންވާނެ.

    4
    35
  13. ދިދަ ދަނޑި

    މިދެން ބޮޑުވަރު...

    27
    3
  14. ކޮއްކޮ

    ޓެކްސްތަށް ނަގައިގެން ހިތުހުރިގޮތަކަށް އެބަހާ ޕާޓީ ކުދިންކޮޅު ހިތްހަމަޖެއްސުން މިއޮތީ!

    24
    2
  15. ސޭޓުފިރިމީހާ

    ދެންކީއްވެބާ ވޯލްޑްބޭންކުން ރައްޔިތުންގެ ނަމުގަ މަށައް މާލެ އަތޮޅުން ބޮޑު ރަށެއްދީފަ ލޯނު ނަގައި ނުދިނީ ގާސިމު އަތުން ދެގުނަ އިތު ރައް ނަގަންޖެހޭ ކޮބާ ރިސޯޓު ކުދިންގެ ސާވިސްޗާޖު ބަ ރާބަ ރައް ދެވޭބާ

    32
  16. ބޯނެތް ބުރުމާ

    ޓެކްސް ދޭންޖެހޭތީ ކަންބޮޑުވެގެން ތިއުޅެނީ، އިންމަކަމް ޓެކްހަކީ ކޮބައިކަން ކަލޭ އެބަ ދަސްކުރަންޖެހޭ، ލިބޭ އާމްދަނީ ދެކޮޅު ނުޖެހޭމީހާ އަތުން ވެސް ޓެކްސް ނަގަން ކަލޭ ތިގޮވާލަނީ، އެހެންތާވާނީ ނޭގޭ ހާލުގައިވެސް އަނގަތަޅުވަން ޖެހޭ ވިއްޔާ، އެކަމަކުވެސް މާދަމާ އަހަރުމެންގެ ރައީސުލް ޖުމްހޫރިއްޔާ ކަމަށް ފޫގަޅާފަ ތިހުރީ، ހަނދާން ނައްތާލާ

    29
    1
  17. ނަމަ

    މިކަހަލަ ފިކުރެއް ގެންގުލޭ ގަމާރަކައް ވެރިކަން ހަވާލު ކުރަން ހެޔޮނުވާނެތާ

    25
    1
  18. އަބުޅޯ

    އޯކޭ ނަގާ. އެކަމަކު ޤާސިމަށް ހަނދާންކޮށްދެން. ޤާސިމަކީ ވަރަށް ގިނަޖަލްސާތަކުގައި ވާހަކަދައްކާއިރު ޤާސިމް ބޭނުންވާ ކަންކަމުގެ ވާހަކަ އަންނަ ވަގުތު ﷲ ތަޢާލާގެ ނަންފުޅު ގެނެސް ﷲ ގަންދީ ހުވާކޮށް ހަދާ މީހެއް. އެހެންވީމަ މި ވާހަކަ ހަނދާންކޮށްލަދޭހިތްވީ. ﷲ ތަޢާލާ އަންގަވާފައިވަނީ މީހެއްގެ އަތުގައި ވަކިވަރަކަށް ފައިސާ ހުރެ 1 އަހަރު ފުރިހަވެއްޖެނަމަ އެ ފައިސާގެ 40ބައިކުޅަ 1ބައި ޒަކާތުގެ ގޮތުގައި ނެރުމަށް. އެހެންވީމަ މީގެންވެސް އެނގޭ އެންމެ ފަޤީރު ނިކަމެތި މީހާ ޓެކްސް ދައްކަން ނުޖެހޭކަން.

    16
  19. ކޮރަލް

    ގާސިމް ގެ ވާހަކަ އަށް ތާއީދެއް ނުކުރަމެވެ.

    22
    1
  20. ޢިބްލީސް

    ނުޖެހޭ ނިކަމެތި މީހާ އަތުން ނަގާކަށް. ދުނިޔޭގެ ގިނަ ގައުމުތަކުގައި ތި ސިސްޓަމަކީ ފެއިލްވެ މީހުން ލޯމަތީ އަޅުވާ ބޮޑު އަދުންގަނޑެއް. އެތަންތާ މީނަ ކަހަލަ މަހުޖަނުން އެންމެ ލޯލާރިއެއްވެސް އިންކަމް ޓެކްސްގެ ގޮތުގައި ނުދައްކާ. މުޅިން މަކަރު ހަދަނީ ޓެކްސް އަށް. އެއްކަލަ ކުދި އާމްދަނީ ލިބޭ މީހާ އެކަނި އަތުން އަތުލަނީ. އެހެންވީމަ ދިވަހި ގައުމުގަ ތިހެން ހަދައިފިއްޔާ ކޮބާ ހާލަތަލީ. ދުނިޔެ ތާރީޙް ނުދެކޭ ވަރުގެ ބޮޑެތި ވަގުން ރާއްޖާގެ ސިޔާސީ ދާއިރާގައި އުޅެނީ. ރައްޔިތު ނިކަމެތި މީހާ ހަނާ އަރުވާލާނެއްނު މިފަދަ ބަޔެއް

  21. ސ

    މިކަހަލައެދުން ބޮލައްއަރާފާތިބޭމީހުން މިގައުމު ހަލާކު ކުރަނީ

  22. ްްަޤައުމު19

    "ގާސިމް ވިދާޅުވީ، ގާނޫނު އަސާސީގައި ހުރިހާ ރައްޔިތުން ހަމަހަމަ ވާން ޖޭހޭނެ ކަމަށެވެ. އަދި ގައުމު ބިނާ ކުރުމުގައި ވެސް އެންމެ ހަމަހަމަވާން ޖެހޭނެ ކަމަށެވެ." އެހެންވީމަ ޤައުމުގެ ތިޖޫރީ ވަގަންނަގައިގެން ބަހާއިރު ވެސް ހުރިހާ ރައްޔިތުންނަށް ހަމަހަމަކޮށް ބަހަންވާނެ، ވަކި ބަޔަކު ފައިސާ ކައިގެން ބަނޑު ފުރީމަ ކަމު ނުދާނެ. މަށަންފެނޭ 1 އަންބަން ވުރެ ގިނަ އަބިން ގެންގުޅޭ މީހުންނާ، ތިމާގެ އުމުރަށްވުރެ މާ ޅަކުދިންނާ އިދެގެން އުޅޭމީހުންނާ، މުވައްޒަފުންނަށް މަހުން މަހަށް ބަރާބަރަށް މުސާރަ ނުދޭ ކުންފުނިތަކުގެ ވެރިންގެ އަތުންވެސް ޓެކްސްނަގަން.. ވަރަށް ވެދުން