އެންމެ ކުޑަ އުޖޫރަ އަށް 8،000-10،000ރ. އާ ދެމެދު ކަނޑައަޅަން އުޅޭކަމުގެ އަޑުތައް އިވިވަޑައިގަންނަވާ ކަމަށާއި ނަމަވެސް އެވަރަށް ކަނޑައަޅައިފި ނަމަ އެބޭފުޅުން ހަލާކުވާނެ ކަމަށް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވީ މްހޫރީ ޕާޓީއަށް މެންބަރުންތަކެއް ސޮއިކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ރާއްޖެއަށް ނުއުފުލޭ ވަރުގެ ބުރައެއް އުފުލަން އުޅެގެން އިގްތިސޯދުގެ އިތުރުން އިޖުތިމާއީ ކަންކަންވެސް ފުނޑުފުނޑުވެގެންދާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެބަ އަޑު އަހަން 8،000 ރުފިޔާ އޭ 10،000 ރުފިޔާ އޭ ކަނޑައަޅަނީ. އަޅުގަނޑު ދަންނަވާނީ 8،000 ރުފިޔާ 10،000 ރުފިޔާ ހަދައިފިއްޔާ އަޅުގަނޑުމެން ހަލާކުވާނެ،" ގާސިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިނިމަމް ވޭޖުގެ ގޮތުގައި 8000 އާއި 10،000 ރުފިޔާ އާދެމެދުގެ އަދަދެއް ކަނޑައަޅަން ސަރުކާރުން ވިސްނަމުން އަންނަ ވާހަކަ އައްސަވާފައިވާ ކަމަށާއި، އެކަން އެގޮތަށް ކޮށްފިނަމަ އެއީ ރާއްޖޭގެ އިގްތިސޯދަށް ނުއުފުލޭ ވަރުގެ ބޮޑު ބުރައަކަށް ވެގެންދާނެ ކަމަށެވެ.

ގާސިމް ވިދާޅުވީ މިނިމަމް ވޭޖް ކަނޑައެޅުމަކީ ދުނިޔޭގެ ގިނަ ގައުމުތަކުން ކުރާ ކަމެއް ކަމަށާއި، އެހެންކަމުން އެ ގައުމުތަކުން އެކަން ކޮށްފައިވާ ގޮތް ބަލައި، ރާއްޖެއަށް އެންމެ ފައިދާވާނެ ގޮތަކަށް އެ މަސައްކަތް ރާވާލަން ޖެހޭ ކަމަށެވެ.

"ވަކި ސެކްޓަރަކަށް، ނުވަތަ ވަކި ފަރާތަކަށް ނުވަތަ ވަކި މީހަކަށް، މާ ބޮޑު ބުރަދަން އަންނަ ގޮތަކަށް ވަކި ސެކްޓަރެއްގަ މަސައްކަތް ކުރާ މީހުންގެ މިނިމަމް ވޭޖަކީ މިއީ އެޔޭ ކިޔައިގެން ކަނޑައަޅަން ފަށައިފިއްޔާ އެއޮތީ ގޯސްވެފައި. އެހިސާބުން ދެން މުޅި އިންޑަސްޓްރީ ހަލާކުވެގެން ދާނީ. ތަފާތު އިންޑަސްޓްރީތަކުގެ ވާހަކަ އަޅުގަނޑު މި ދެންނެވީ. އެއީ ޓޫރިޒަމް އިންޑަސްޓްރީ ވިޔަސް، މަސްވެރިކަމުގެ ސިނާއަތު ކަމުގައި ވިޔަސް ގެދޮރު އިމާރާތްކުރުން ކަމަށް ވިޔަސް އަދި އެހެން ކަމެއް ކަމަށް ވިޔަސް. އެއް އުސޫލެއް އޮންނަން ވާނީ. މިނިމަމް ވޭޖް އޮންނަން ވާނީ މިނިމަމް ވޭޖުގެ ގޮތުގައި،" ގާސިމް ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ވާހަކަނުދައްކާތި

    މިނިވަންވޭޖެއްގެ ގޮތުގަ އެއްމެ ރަނގަޅީމުވައްޒަފުލައްވާ 18 ގަޑިއިރު ވަރައްބުރަކޮށް12މަސްދުވަހު މަސަތްކައްކޮއްފަ13ވަނަމަހުންފެޝިގެން މުސާރަހިގާގޮތައްކޮއްމެމަހަކު22ގަޑިއިރު މަސަތްކައްކުރީމަ މަހަކު 500ވަރަކައްރުފިޔާ އޯކޭނުން

  2. ނޭމާ ޖރ

    އާން. ކަލެއަށް ނުލިބޭނެ މުވައްޒަފަކަށް ދޭނެ ބޮޑު ލާރިއެއްވެސް ކަލޭ ބިކަހާލުގަ އުޅޭ ވަރުން. މިހާރު ވެސް ކަލޭ ގެ ރިޒޯޓްތަކުގަ ހާހުން އެބަހުރި މުވައްޒަފުންނަށް މުސާރަ ނުދީ. ބޮޑު ވަގު

    7
    1
  3. ހަސަން

    ކުޑައުޖޫރަ ދިހަހާސްދީފަ ކެއުމުގެޚަރަދާއި
    ކަރަންޓާާއިފެންބިލަށްވފައިސާދނަސް ކަލޭމެންބޭނުންވެގެންއުޅޭ ދީނީމިނިވަން
    ގެންންފުރުސަތެއްނުލިބޭނެ ހަނދާން
    ނައްތާލާ

  4. Anonymous

    މިއީވާ ހާދަހާ ނުބައި ނުލަފާ މީހެކޭ. އިންކަމް ޓެކްސް ނަގާ ހުރިހާ ޤަވްމެއްގަވެސް ނަގާއުޅެނީ ވަކި ހަމަތަކެއްގެ މަތިން. މިގޮތުން ވަކިމިންވަރަކަށްވުރެ މަދުން އާމްދަނީލިބޭ މީހުންގެ އަތުން އެއްވެސް ޤަވްމެއްގަ ތިޔަ އެއްޗެއް ނުނަގާ. މިހާރުވެސް ޖީ.އެސް.ޓީ އެކޭ ކިޔާ ޓެކްސްއެއް އެންމެ ނިކަމެތި މީހާވެސް އިސްތިސްނާނުވެ ނެގެމުން އެބަދޭ. މިކަލޭގެއަށް މާތްﷲ ތަނަވަސްކަމެއް ދެއްވާފަ ވުމުންވެސް މިގައުމުގެ ނިކަމެތިންގެ ހާލަށް ވިސްނުމެއްނެތި ފެލާލަން އުޅެނީ،، ޤާނޫނެއްގައި ހިމަނައިގެން މީނަގެ އޮފީހުގެ ފާޚާނާ ސާފުކުރާ މީހާވެސް ފެލަން މިމަސައްކަތްކުރަނީ.

    7
    1
  5. Anonymous

    މި ބުރުމާގެ އަސްލުސޫރަ ރައްޔިތުންނަށް މިދައްކާލީ، ތިމަންނައާއި ތިމަންނަގެ އާއިލާ ބަނޑުފުރާއިގެން އެހެންމީހުން ކާން ނެއެދޭކަން މިދައްކާލީ، ގާސިމުސޭޓު މިހާރުއްސުރެން ފާނަގައިގެންހުރީ އަންނަދައުރުގަ ރައީސުކަމަށް ކުރިމަތިލާން، މިގައުމުގެ ބޮޑުއާބާދީއަކީ ސިވިލްސާވިސް މުވައްޒަފުންކަމަށްވާއިރު ހަނދާންކުރާތި ކަލެއަށް ކުރީފަހަރުތަކުގައި ލިބުނުވަރަށްވެސް ދެން ވޯޓުނުލިބޭނެކަން، އަހަރުމެން ސިވިލްސާވެންޓުން މިހާރުއްސުރެން ކަލެއަށް އެންޓިކެމްޕެއިން މިފަށައިގަތީ.

    8
    1
  6. Anonymous

    ގާސިމުސޭޓު ތިހާވަރަށް ގައުމަށް ފައިދާވާގޮތަށް ވިސްނާމީހާ ކީއްވީތަ ތިމަންމީހާ ސަރުކާރަށް ދައްކަންޖެހޭ ޓެކްސްތައް ނުދައްކާ އެތައް އަހަރެއްވަންދެން ހިފަހައްޓައިގެން ހުންނަނީ، ހުޅުމާލެއިން ސިނާއީ ބިންތަކާއި އަދި ކިތައް ފަޅުރަށް ނުގަވާއިދުން އަތްދަށުލައިގެން ތިހުންނަނީ، އެއިން ރައްޔިތުންގެ ހައްގުގާ ނެރެންޖެހޭ އަމްދަނީ ކޮބައިތަ؟؟ރ.ޔާމީނު އާއިވެސް ކަލޭ ދެކޮޅުވެރިވީ އެޖަރީމާ ގަވާއިދުކުރުވާ ޓެކްސް ދައްކަން އެންގީމަ، އެއިރުވެސް ޖުރިމައިނާއާއިއެކު އެތައްމިލިއަން ރުފިޔާ ސަރުކާރަށް ދައްކަންހުރި، އެއްމެލާރިއެއްވެސް ނުދައްކާ ދެން މަސައްކަތްކުރަންފެށީ ފަނޑިޔާރުންނަށާއި މަޖިލިސް މެމްބަރުންނަށް ރިޝްވަތުދީގެން ރ.ޔާމީނު ވެރިކަމުން ވައްޓަން މިއީ ހަގީގަތަކީ.

    8
    1
  7. މަރިޔަބު

    މަޖުލީސް މެމްބަރުން ނަމޫނާ ދައްކާ މިނިމަމް ވޭޖު ނަގައިގެން ސައްލާކުރަން ޖަޒީރާވަންތަ ވެގެން ތިބެންވީނުން.

    6
    1
  8. ގަމާރު

    ގައުމުގެ އިގްތިސާދަށް ކަމެއްވެދާނެތީކީނޫން ތިއުޅެނީ. ކަލެއަށްއަށް ލިބޭ ބައި ކުޑަވެދާނެތީ ތިއުޅެނީ

    12
    2
  9. ސޭޓް އަންހެނުންގެ ފިރިމީހާ

    ކަލޭމެނަށް ކިތަންމެ ބޮޑު މުސާރައަކަށް އޯކޭ ދޯ، ތިހާ ހެޔޮ އެދޭބައެއްނަމަ ނިކަން ކަލޭމެންގެ މުސާރަ 15000ރ އަށް ތިރިކޮށްލަބަލަ

    10
    1
  10. ވިސްނާ

    ހަލާކުވާ ވަރުކަމެށް ނުކުރާތި..މިހުރިހާ ދުވަހުވެސް ހިފެހެއްޓީ ދެންވެސް ހިފަހައްޓާ..

    5
    1
  11. ފުންނަ

    މިނިމަމް ވޭޖް ކޮންމެހެން މިއަހަރު ނީސްތައްޓަށް އަރައިގެން ނިންމާކަށެއްނުޖެހޭ ނޫންތޯ. މިއުޅެނީ އުޑު ބޮލަށްވެއްޓޭތީކީނޫން. ތިޔަކަމާބެހެގޮތުންއިތުރު ދިރާސާކޮއްފަ ނިންމަށް ލަސްކުރިއަސް ބަނޑަކަށް ނުޖެހޭނެ.

    3
    1
  12. އިކްލީލް

    ހަލާކުވަންނޫންތޯ މަޅިއަށް އެރި ތި ހުންނެވީ؟

    5
    1