މިސަރުކާރަކަށް ވެސް ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހަޖަމެއް ނުކުރެވުނުކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް ވިދާޅުވީ ޤައުމީ ޔުނިވާސިޓީތަކަށް ސަރުކާރުގެ ކޮންޓްރޯލް އޮތުމުގެ ގެއްލުން މިހާރު އެފެންނަމުންދަނީ ކަމަށެވެ.

ޖަމީލް މިހެން ވިދާޅުވީ އިސްލާމްދީނާއި ރަސޫލާ އަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓުގައި ހުރި ކަންކަމާ ގުޅޭ ވާހަކަ ނުދައްކަން ގައުމީ ޔުނިވާސިޓީގެ ލެކްޗަރާއިންނަށް އަންގާފައިވަނިކޮށެވެ.

އެމްޑީއެން ގެ ރިޕޯޓާމެދު އިލްމުވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އިލްމުވެރިން ކަންބޮޑުވުން ފާޅޫކުރީ އަދި އެކަމާދެކޮޅައް ތެދުވީ އިސްލާމް ދީނާ މެދު ސުވާލު އުފައްދައި ދީނުގެ އަސްލުތަކާ މެދު އިންކާރު ކޮށްފައި ވުމުންނާއި ގުރުއާނުގައި ބަޔާން ކޮށްފައިވާ ކަންކަން ސައިންޓިފިކް ހެކިތަކުން ސާބިތުނުވާ ކަމަށް ބުނެ އެއީ ފްލޯކް ވާހަކަތަކަށް ހެދުމަށް މަސައްކަތް ކޮއްފައި ވާތީ އަދި ގުރުއާންގެ ބައެއް އާޔަތްތަކުން ގެވެށި އަނިޔާއަށް ހިތްވަރު ދޭކަމަށް ބުނެ ރަސޫލާ ދެކެ ލޯބިވާން އަންގަވާފައިވުމަކީ އެކަލޭގެފާނަށް ކުޑަ ކަލާނގެއެއްކަމުގެ ލަގަބު ދިނުން ކަމަށް ބުނެފައިވުމުންނެވެ. އަދި ރަސޫލާގެ ބައެއް ހަދީސްތަކުން ހައްދުފަހަނާޅަދާން ހިތްވަރު ލިބޭ ކަމަށް ބުނެފައި ވާތީއާއި ޔަހޫދީންގެ ނުބައި ވާހަކަ ބަޔާން ކޮށްފައިވުމަކީ ހައްދު ފަހަނާޅައިި ދިއުން ކަމަށް އެރިޕޯޓްގައި ވާތީކަމައް ދީނީ އިލްމުވެރިން ބުނެފައިވެ އެވެ. އެމްޑީއެންގެ ރިޕޯޓާ ގުޅިގެން ރައްޔިތުންގެ ތެރޭގައި ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގައި، މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ބައެއް ލެކްޗަރާ އިން، ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެދި މުޖުތަމައު ހަލަބޮލިވާ ގޮތަށް ސޯޝަލް މީޑިއާގައި ހިޔާލުފާޅު ކުރަމުންދާކަން ސަރުކާރަށް ފާހަގަކުރެވިފައިވާތީ ސަރުކާރުން ވަނީ ރިޕޯޓް ގެ ވާހަކަ ނުދެއްކުމައް ބުނެފައެވެ. މިހެން ސަރުކާރުން ބުނެފައި ވުމުން ޑރ. ޖަމީލް ވިދާޅުވީ ޚިޔާލުތަކަށް ފުރުސަތު ނުދި ދިވެހި ސަރުކާރުން ހުދުމުހުތާރު މިވީ މާއަވަހައްކަމަށެވެ.

ޖަމީލް ވިދާޅުވީ ބިރު ދައްކައިގެން ވެރިކަން ކުރެވުނު ޒަމާން މާޒީވެ ހިނގައްޖެކަމަށާއި މިހާރު ރައްޔިތުން އެއައްވުރެ ބޮޑައް ހޭލުންތެރި ވެއްޖެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އާރިފާ

    ޖަމީލުމެން ގެނައި ސަރުކާރުގެ ސަބަބުން މިއަދު ރައްޔިތުން ކުރިމަތިލާން މިޖެހެނީ ބޮޑު މު ސީބާތަކާ.

    30
    2
  2. މަރީ

    ޒީރޯ ޓޮލަރަންސް ގެ ދަށުން އެއީ.

    22
    1
  3. ހުވަދޫ ޑޮކް

    މިއީ އެއަށްވުރެ ނާތަހުޒީބު ފިނޑިސަރުކާރެއް!! ޒީރޯ ޓޮލެރެންސް އެޓް ޕީކް ނައު !

    25
  4. ނަފިނެސް

    މާތްﷲ ގެ ޙަޟްތަރުގައި އިސްލާމްދީން ފިޔަވާ އެހެންދީނެއްނެތް މިޤައުމާއި މިޤައުމުގެ އެމްމެހާ ރައްޔަތުންނަށް ތެދުމަގަށް މަގުދައްކާށިއެވެ. ލާދީނީފިކުރުތަކަށް ތަބާމީހުން ބަލިކުރައްވާ މިޤައުމުން ފިއްލަވާ ނެތިކުރައްވާށިއެވެ. "އާމީން"

    28
  5. މުއްތު

    މަނިކުފާނަށް ތިވާހަކަދައްކަން ފުރުސަތުލިބުނީ މިސަރުކާރު ޚުދުމުހުތާރު ނުވާތީކަން ގޭގުނީތީ ހިތާމަކުރަން މިހާރު މަނިކުފާނަކީ މީހުން ބަލައިގަންމީހެއްނޫން އަގަމަޑުންލައިގެ ހުރެވޭތޯ ބައްލަވާ

    2
    24
  6. ލަކީ

    ސުވާލެއް ޖަމީލު އަކީ މިހާރު ކޮން ހައިސިއްޔަތެ ހުރި ބޭފުޅެއް ވިދާޅުވެ ދެއްވާ

    1
    10
  7. ޚކ

    ހޭވެރިކަން ތިވީ މާފަހުން! ޜައްޔިތުން މިތިބީ ހަތަރެސްފައިގާ ވާޖަހާފަ! ޗުއްޕުވެސް ބުނެފިއްޔާ ހޭއަރުވާލާނެ ވާހަކަ ނޫންބާ އެދައްކަނީ!

    10
    1