ލާމަރުކަޒީ ނިޒާމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހަކީ ސަރުކާރުން ދިވެހި ރައްޔިތުންނަށް ދޭން ބޭނުންވާ ތަރައްގީގެ ބިންގާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ލާމަރުކަޒީ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހެޅުއްވީ އެކަމުގެ ނަތީޖާ ހާސިލު ކުރުމަށް ކަމަށެވެ. އަދި ސަރުކާރުގެ ތަރައްގީގެ ތަސައްވަރަކީ މުޅި ރާއްޖެ ލާމަރުކަޒު ކޮށްގެން ޖަޒީރާވަންތަ ދިރިއުޅުމެއް ދިވެހީންނަށް ހޯދައިދިނުން ކަމަށްވެސް މަނިކުފާނު ވިދާޅުވެފައިވެއެވެ.

ރައީސް މިފަދައިން ވިދާޅުވާއިރު ކައުންސިލްތައް ބާރުވެރި ކުރުވުމަށް ސަރުކާރުން ވީ ވައުދު ފުއްދުމުގެ ގޮތުން އިއްޔެ ސަރުކާރުން ވަނީ ލާމަރުކަޒީ ގާނޫނަށް ގިނަ އިސްލާހުތަކެއް ހުށަހަޅާފައެވެ.

ރަށެއް ނުވަތަ ސިޓީއެއްގައި ހިންގާ ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން، ފަސް މިލިއަނަށްވުރެ ކުޑަ މަޝްރޫއުތައް، ކައުންސިލްތަކުން ހިންގާ ގޮތަށް ގާނޫނަށް ވަނީ އިސްލާހު ހުށަހަޅާފައި ވާއިރު ކައުންސިލުތަކުގެ އިހްތިސޯސްގައިވާ އެންމެހައި ވަސީލަތްތަކާއި ބިނާތަކާއި ނުއުފުލޭ ހަރު މުދާ ކައުންސިލުތަކުގެ މިލްކުވެރިކަމަށް ބަދަލުވެގެންދާނެ ގޮތަށް ހަމަޖެއްސުމަށް ވެސް ބިލުގައި ހިމަނާފައިވެއެވެ.

މީގެ އިތުރުން މުޖްތަމައުގައި އަންހެނުން ބާރުވެރިކުރުމުގެ ގޮތުން ކައުންސިލަށް އިންތިހާބުކުރެވޭ މެންބަރުންގެ ތެރެއިން 33 އިންސައްތަ އަންހެނުންނަށް ހާއްސަ ކުރެވޭ ގޮތަށް ބަދަލު ގެނައުމަށް އެބިލުގައި ވަނީ ފާހަގަކުރައްވާ އިސްލާހު ހުށަހަޅާފައެވެ. އަދި ހަމައެޔާއިއެކު ކައުންސިލްތަކުގެ ދައުރު 3 އަހަރުން 5 އަހަރަށް ބަދަލުކުރުމަށް ގާނޫނު އަސާސީއަށް ވެސް ސަރުކާރުން ވަނީ އިސްލާހު ހުށަހަޅާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ޙާދުބެ

    ގަމާރުން ތިތަންތަނަށް ލައިގެން ސާލިހު ވަންތަ ދިރިއުޅުމެއް ހޯދައިދީ!

    16
  2. އެންދެރި

    ކައުންސިލް ތަކުގަ ގާބިލް މީހުން ނެތި ތިކަމެއް ނުވާނެއެވެ. މުޒާހަރާ ކުރާ މީހުން މަގާމް ތަކަށް ހޮވައިގެން ދާނީ ފަހަތަށެވެ. ތައުލީމީ ޒުވާނުން ނިކުންނާށެވެ.

    13
  3. ފފފފފ

    ކޮން ރައީސެއް. ރައީސްއަކަށް އެކަށީގެންވޭތަ؟ ޔޫއެންއަށް ގޮސްވެސްގ ގައުމުގެ ވާހަކަދައްކަން ނޭނގުނު. މީނަ ހީކުރީ އެތަނަށް ގޮސްއެހުރީ ސަރުކާރުގެ ނަމުގައިކަމަށް. ހޭބައްޔަށްނޭނގޭ ގައުމުތައްކަން އެތާ ރެޕްރެޒެންޓް ކުރަނީވެސް.

    12
  4. އަލީ

    ފޭކު ވާހަކަ. އިތުބާރެއްނެތް ކަލެއަކަށް.

    22
  5. މޮސްނރ25

    ހެޔޯދޯ ތަނެއްދޮރެއްނޭނގޭ މަނިކުފާނުކަލަ ގަމާރުން އެކަހަލަ (ކަނުސިލް) ތަކުގަ ތިއްބަސް

    11
  6. ބުރޯ

    މިހާރު ހެދިގެން މިއުޅޭ ކައުންސިލަތަކުގެ އޮނިގަނޑު ވުޖޫދަށް އަންނަންޖެހެނީ އެކައުންސިލަތަކުގެ އާމްދަނީން ކައުންސިލް ހިންގެ މިނވަރަށް ކައުންސިލްތައް ތަނަވަސްކޮށްދީ އާމަދަނީ ލިބޭނެމަގު ގާއިމްކޮށްދީފަ. އޭގެ ފަހުން ކައުންސިލްތަކަށް ގެންނަންޖެހޭނީ ތާއުލީމީ ގާބިލް ބޭފުޅުން. ކޮންމެ ބާރެއްދިނަސް ކިތަންމެ ބާރަށް ކައުންސިލް އެބުރުއްވިޔަސް ކައުންސިލަގެ ސަބަބުން ރައްޔިތުންނަށް ލިބޭނެ ހިތްހަމަޖެހުމެއް އަދިނެތް.

    11
  7. މަ ވަރަށް ޞާލިޙު

    ޖަޒީރާ ރާއްޖޭގެ ތަރައްޤީގެ އަކީ ދީނަށް ފުރައްސާރަ ކުރުމާއި، ދީނުގެ ހިމާޔަތުގައި ނިކުންނަ މީހުން ނިރުބަވެރި ކުރުމާއި މީހުންގެ މުޅަމަސް ކެއުމާއި ފިތުނަފަސާދަ އުފެއްދުމާއި ދީނީ އިލްމު ވެރިންގެ އަގުވެއްޓުމާއި ބޮޑެތިބިޔަ ކާފަރުންނަށް ތަޢީދު ކުރުން

    11
  8. ޙަފު

    ޢިސްތިއުފަ ދިފަ ގެއަން ދެ

    10
  9. ޫުމުހައްމަދު

    ދީނައްފުރައްސާރަ ކޮށް ރިޕޯރޓް ނެރުނު ޖަމްއިއްޔާ އުވާނުލެވުނީ ކީއްވެގެންބާ.

    11
  10. ބުރޯ

    މިގައުމުގެ ކަންކަން ބައްޓަންވެފާ އޮތްގޮތުން އަދި ތިޔަކަންކަމެއްނުކުރެވޭނެ. 2008 ގަ ވެރިކަމަށް އެމްޑީޕީ އައިސް ގައުމީ އިދާރާ ކިޔާ އޮފީހެއް ހަދާ ކައުންސިލް ތަކުގަ ހުރި ހުރިހާ ފައިސާއެއްވަނީ ކައުންސިލްތަކަށް އަންގާވެސް ނުލާނަގާ ހެދިގޮތެއްހަދާ ވަނީ ހުސްކޮށްލާފަ. މިހާތަނަށްވެސް އެފައިސާއަށް ވީގޮތެއް ރަސްމީކޮށް ކައުންސިލްތަކަސް ނޭގޭ ކައިންސިލްތަކަށް އެގުނީ އެކައުންޓް ސްޓޭޓް މަންޓު ލިބުނު އިރު އެކައުންޓުގާ ސުމެއް އިންކަން އެކަނި

  11. ޒުހުދާ

    ނަޝީދު މިހާރު ވެރިކަން ކުރަނީ މީނަގެ ދަޢުރެއް ނުފެނޭ

  12. ފައިޒޫރު

    ބޮލުރޮދި ކައުންސިލްތަކަކީ ތަރައްގީގެ ހަލާކު. އެކަން ވަރައް ސާފުކޮއް ޔާމީނުގެ ވެރިކަނމުގައިވަނީ ސާބިތުވެފަ. ކައުންސިލްތަކައަ ތަރައްގީއާއި ގުޅޭކަންކަން ހަވާލުކުރުމަކީ ސިންކުނޑި ހަމަނުޖެހޭ މީހަކުގެ އަތައް ތޫނު ވަޅިއެއް ދިނުންފަދަކަމެއް. ކައުންސިލަރުންނަކީ އެެއްވެސް ހާލެއްގައި ހިންގުމުގެ ދައުރުއަދާކުރެވޭނެ ވަރުބަޔެއް ނޫން މިރާއްޖެއަކު. އަދި ޕުލޭން ކުރެވޭވަރު ބަޔެއްވެސް ނޫން. ހުރިހާ ރައްޔިތުން އެބަޖެހޭ ހަމަ ބުއްދީގެ ބޭނުންކޮއް ކޮމަންސެންސް ކުރިއަރުވަން. އެއްވެސް ކަމެއް އެކަމުގެ ތަޖުރިބާއެއް ބުއްދީގެ ފެންވަރެއް އަދި މަތީތައުލީމެއް ނެތް މީހަކައް ހަވާލުކޮއްގެން ކުރިއެރުވޭނީ ކޮންކަމެއްތޯ.؟ މިސާލަކައް ބޯކޮށަން ނޭނގޭ މީހަކު ލައްވާ ބޯކޮށުވާކައްވެސް އަހަރެމެން ނުދަމެއްނޫންތޯ. އެއީ ކަންނޭގޭ މީހަކު ލައްވާ އެކަން ކުރުވަން ހަދައިގެން ލިބިދާނެ ގެއްލުމަކައް ވިސްނާފަ ނޫންތޯ. ރާއްޖޭގެ ގިނަ ކައުންސިލްތަކައް ބަލާލީމަ ހަމަ މި މަންޒަރުނޫންތޯ މިފެންނަނި. ދެން އެކަމުގެ ގެއްލުންވެސް މިކުރަނީ ރައްޔިތުންނައް. އެކަމުގެ ފައިދާލިބެނީ ހަމައެކަނި ސިޔާސީ ފިތުނަވެރީންނައް އެކަނި. ކައުންސިލް ނިޒާމަކީ ރާއްޖޭގައި ޓެސްޓުކޮއް ފުރިހަމައައް ވަޒަން ކޮއްލާއިރު ފެއިލްވެފައިވާ ނިޒާމެއް. ހުރިހާ ނަޒަރަކުން ބެލިޔަސް ހަމަ މިނޫން ނަތީޖާއެއް ނުފެނޭ. ހެޔޮނުވާނެ ކައުންސިލްތައް އުވާލާފަ މިޔައްވުރެމާ ހަރުދަނާ އެހެން ނިޒާމެއް ރާއްޖެއައް ގެނެސްދެއްވާ.