ސަރުކާރުން ކޮރަޕްޝަނާއި ދެކޮޅަށް ގެންގުޅޭ ޒީރޯ ޓޮލެރަންސް ސިޔާސަތުގެ ދަށުން މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރ ޝަޒައިލް ސިޔާމް ސަސްޕެންޑްކޮށްފިއެވެ.

އޭނާ ސަސްޕެންޑް ކުރީ، ކޮރަޕްޝަންގެ މައްސަލަތައް ރިޕޯޓްކުރަން ސަރުކާރުން ގާއިމްކޮށްފައިވާ "ޒީރޯ ޓޮލިރެންސް ޓްދަ ކޮރަޕްޝަން" އޮންލައިން ޕޯޓަލްއަށް ހުށަހަޅާފައި ހުރި މައްސަލަތަކަކާ ގުޅިގެން ކަމަށް މައުލޫމާތު ލިބެއެވެ.

ޝަޒައިލް ސަސްޕެންޑް ކޮށްފައިވާއިރު މޯލްޑިވް ގޭސްއިން މާ އަގުބޮޑުކޮށް ސަޕްލަޔަރެއްގެ އަތުން ގޭސް ގަންނަކަމަށް ބުނާ މައްސަލައަކާއި އެނޫންވެސް މައްސަލަތަކެއް ރައްޔިތުން މަޖިލީހުގެ އެސްއޯއީ ކޮމެޓީން ދަނީ ބަލަމުންނެވެ.

އަގުބޮޑުކޮށް ގޭސް ގަންނަކަމަށް ތުހުމަތުކޮށް ޝަޒައިލްގެ މައްސަލަ ބަލަން މީސް މީޑިއާގައި ބައެއް ފަރާތްތަކުން ގޮވާލަމުން އަންނަތާ މިހާރު ހައެއްކަ މަސް ވެއްޖެއެވެ.

ޝަޒައިލް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދެ މިނިސްޓްރީއެއްގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރައްވާފައެވެ. އޭނާ މޯލްޑިވް ގޭސްގެ އެމްޑީގެ މަގާމަށް އައްޔަން ކުރެއްވީ މިދިޔަ ޖަނަވަރީ މަހުއެވެ.

މީގެ ކުރިން ވެސް ސަރުކާރުން ވަނީ ކޮރަޕްޝަނާއި ދެކޮޅަށް ގެންގުޅޭ ޒީރޯ ޓޮލެރަންސް ސިޔާސަތުގެ ދަށުން ބައެއް ބޭފުޅުން ސަސްޕެންޑްކޮށްފައެވެ. ނަމަވެސް ދުވަސްކޮޅަކަށް ފަހު އެބޭފުޅުން އަލުން ވަޒީފާ އަށް ނެރެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ޖާޒީރާ ބޯއީ

    ޒީރޯ ޓޮލަރެންސް އޮތީ ތަނެއްގައި ތާށިވެފައިތަ، ލާދީނީ އަންދިރި ދީންތަކަށް ގޮވަމުން ދުވާއިރު.

    49
    4
    • ސަޅި

      ރަނގަޅު. ބޭރުކޮށްލާ. ތިމީހުނަށް ވާންޖެހޭގޮތް ތިވަނީ. ގުރުބާނުންތައް ރަނގަޅަށް ގުރުބާން ކޮށްލާފަ ބަހައްޓާ

  2. ސައްދާމް

    މަޖުލީހުންވެސް އެބަޖެހޭ ޒީރޯ ޓޮލަރެންސްގެ ދަށުން ފޮރިން މިނިސްޓަރުކަމުން ޝާހިދު އެއްފަރާތް ކުރަން. އިބޫގެ ބޯގޮއްވާލުމުގެ ކުރިން.

    45
    1
  3. ުޖުހާ

    ޒީރޯ ޓޮލަރެންސްގެ ދަށުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގޭގައި ބަހައްޓަންޖެހޭ މިހާރު. އެކަން ވާނެބާ.

    40
    1
  4. ޒީރޯ

    ޒީރޯ ޓޮލަރެންސްގެ ދަށުން މިހާތަނަށް ފާސްކުރި އެންމެ ބޮޑު ބަޖެޓް 32 ބިލިއަން ރުފިޔާގެ ބަޖެޓްއިން ރައްޔިތުންނަށް ކަމެއްކޮށްނުދީ ތަރައްޤީޤެ މަޝްރޫޢެއް ނުހިންގާ ދަޢުލަތުން ބަދަލުދޭންޖެހޭ ކަމަށްބުނެ ޕާޓީ މީހުންނަށްދީ ހުސްކޮށް ޕާޓީގެ ބޮޑުން ތިޖޫރި ދަވާލައި، ރިޒާވްވެސް ކާލައި އިންޑިޔާއަށް ރާއްޖެ އެންމެ 400 މިލިއަން ޑޮލަރަށް ވިއްކާލައި ނެގި ފައިސާވެސް ކައިހުސްކޮށްފައިވާ މައްސަލަ ޒީރޯ ޓޮލަރެންސްގެ ދަށުން ބަލަނީ ކޮންދުވަހަކުންބާ؟؟؟؟؟

    41
    1
  5. ރާޅު

    ކޮބާ ފެނޭތަ ފެނޭތޭ ފެނޭދޯ.......

    9
    12
    • ށަވިޔަނި

      ދެން އެއަށްވުރެ ބޮޑު މުސާރައެއް ލިބޭ ވަޒީފާއެއް ދިނީމަ ނިމުނީ. 1- ޓޮލަރެންސް

  6. ނނނނ

    ގަދަ

    14
    13
  7. އަލީ

    އެމްޑީއެން އަކަށް ޒީރޯ ޓޮލަރަންސެއް ނޯވެދޯ އިބޫއާ ގުޅިފަހުރިބަޔަކަށްވީމަ.

    38
    3
    • ޒަކީ

      ހަމަ އެކަނި ކަރަޕްޝަނުގެ މައްސަލަތަކުގަޔޯލަ ޒީރޯ ވަނީ.. ލާދީނީ ވެއްޖެއްޔާ ހީރޯ މެޑަލިސްޓަކަށް ވާގޮތަށް މި ވެރިންފެ ސިތާސަތު އޮންނަނީ

      35
      1
  8. މޮޔަބެ

    ޒީރޯ ޓޮލެރަންސް ފޮރޮ ވައްކަން ކުރަން ބާރުއެޅުން. މިހިސާބަށް މިސަރުކާރުގެ ޚިޔާނާތް.
    1. ދިވެހިރާއްޖޭގެ މުޅި ހަޔާތުގައި އެކުލަވާލި ބަޖެޓް ދިރުވާލުން.
    2. ބިގް ކުންފުންޏަށް ނުހައްގުން ދިން 80 މިލިއަން
    3. ދީބާޖާ ކުންފުންޏަށް ބުނެ ނެގި. 350 މިލިއަން
    4. އިބުރާގެ މަންދޫ ކޮލެޖަށް ދިނުމުގެ ޕޮރޮސެސްގައިވާ 50 މިލއަން.
    5. ނޫމަޑިއަށް 850 މިލިއަން. މިއީ ވ ބޮޑް ޖަރީމާއެއް.
    6. ޝާހިދާއި ދައުލަތުގެ ޚަރަދުގައި ކުރި ދަތުރުތަކަށް 140 މިލިއަން.

    30
    1
    • ރައްޔިތުން

      ކޯޓުންކޮށްފަ ހުރި ހުކުމް..އާމީނު އައްޔަނު ކުރި ފަނޑިޔަރުން.. ތިކަން ނުކޮށްފިއްޔާވެސް ބުނަނެ ކޯޓު އަމުރަށް ބޮލެއް ނުލަނބައޭ ޤާނޫނު އަސާސީގެ ބާރު ކަނޑުވާލަނީއޭ..ދެން ފެންނާނީ ވެރިކަން ބަދަލުވާއިރަށް ތެރެރިޒަމްގެ ދަޢުވާ ކުރާތަން..ސަހަލު އެއްގޮަތްވެސް ނެތް. ތިޔައިން އެއްވެސް ބަދަލެއް އަދި ނުދޭ ދޭން މަޝްވަރާކުރީ..

      5
      11
  9. ސަލާ

    ހަމަ މިގޮތަށް މަޚްލޫފަށްވެސް 4 މަސްދުވަހުގެ ޕޭ ލީވެއް ދިން. މިގޮތަށް ހަޔެއްކަމީުންނަށް ޕޭ ލީވް ދީފަ އަނދުންއަޅުވާފަ އެބަހުރި!

    25
    1
  10. ނަމަ

    ޒީރޯ ޓޮލެރަންސްގެ ދަށުން ގައުމު ފަނާނުވިއްޔާ ވެދާނެ

    23
    1
  11. ސަމް

    ޥެރިކަމުގަ އެންމެ އަހަރެއް ނުވެ ޢެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ޕާޓީ މީހުނަށް ބަދަލުގެ ގޮތުގައި ދީ ދައުލަތުގެ ބަޖެޓް ދިރުވާލި އިރު ޒީރޯ ޓޮލަރެންސް ކޮބައިތޯ

    14
    1
  12. ހަމީދު ބުނި ޖަލީލް

    ކޮބާ ސްޓެލްކޯގެ އެމްޑީ، މުގުނީ، ޮން އިރަކު ވަކި ކުރުން އޮތީ އަދިވެސް ކާލެއް މަދީދޯ/

    11
    1
  13. އަބުދު ﷲ

    އެމްޑީއެން މީހުން މަގާމުތަކުގަ ތިބި އިބޫ ވެސް ވަކިވާން ޖެހޭނި ބާ

    12
  14. ރާޅު ބޯއީ

    ތިއީ ކަމެއް ކޮށްގެން ވާކަމެއް ނޫން. ލާދީނީ ކުދިންކޮޅު ރުއްސަން ކުރާ އަމަލުތައްަ. ރައީސް ޔާމީން ސަރުކާރުގައި އުޅުންވެސް އެމީހުން ކިޔަނީ ޒީރޯ ޓޮލަރެންސް. އެކަމު އަބުރު ތިޔަހަރީ މިހާރު ގެއްލިފަ. ލާދީނީ ސަރުކާރަކަށް ނޫނެކޭ ބުނަން ޖެހޭ.

    11
  15. އަދް

    ފެނަކައިގެ ޑީއެމްޑީ އަކީ ތި ލިސްޓުގެ ބޮޑު މީހެއް

  16. އަލީ

    ރައީސް ގެ ދަތުރުތަކާބެހޭ ހަރަދުތައް ހާމަ ނުކުރީ ޒީރޯޓޮލެރަންސްގެ ދަށުންތޯ؟

    12
    1
  17. އަމީ

    BanMDN#

    10
  18. ގާސިމު

    32ބިލިއަން ވަގު އިބުރާހިމް ހައްޔަރު ކޮއްފަ ނޫނީ އެއްވެސްމީހަކު ހައްޔަރު ކޮއްގެން ނުވާނެ

    12
  19. އެމްސީހަމިއްޓޭ

    މަހުލޫފު ސަސްޕެންޑް ކުރީމަ މުސާރަ ދިންހެން ސަޒައިލް އައްވެސް ސަސްޕެންޑްގަ ހުންނައިރު މުސާރަ ލިބޭނެދޯ. ޒީރޯޓޮލަރެންސް

    13
    1
  20. ރައްޔިތުމީހާ

    ﷲގެ ކޯފަޔާއި ޢަޛާބު އަތުވެދާފަދަ ބޮޑު ޖަރީމާއެއް ﷲގެ ރަސޫލާއަށް ފުރައްސާރަކޮށް ކުޑާމީސް ކުރުމީ. އެ ޓޮލަރެންސް ޒީރޯ ކުރަން އެމްޑީއެންގެ ބޭފުޅުންގެ ތެރެއިން ސަރުކާރުގައި ތިބި ބޭފުޅުން ސަސްޕެންޑްކުރަން ނުކެރެ. ރިޝްވަތަށް ވުރެ ﷲގެ ޙަޟްރަތުގައި މާ މާ މާބޮޑު ކަމެއް ރަސޫލާ.ޞ. ވަަސައްލަމައަށް ފުރައްސާރަކުރުމީ.

  21. ޢރ

    ޒައިލްއަކީ ވަރަށް ބޮޑާ ކިނބުރުވެރި މީހެއް... މީނައަށް އެބަޖެހޭ ސައިޒަކީ ކޮބައިކަން ދައްކަން... އަންނަ ކޮންމެ ސަރުކާރަކަށް މިމީހުން ބަލަދު އަރާ..