ދެމެހެއްޓެނިވި ގޮތެއްގައި ސިފައިންގެ ޤާބިލްކަން މިހާރަށްވުރެ އިތުރު ކުރެއްވުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެމުން އަންނަ ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފް ހެޑްކްއޯޓަރޒް ބަންޑާރަކޮށީގައި ރޭގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި ސިފައިންގެ ޤާބިލްކަން މިހާރަށްވުރެ އިތުރުކުރެއްވުމާއި ވެލްފެއަރގެ ކަންކަން ރަނގަޅުކުރެއްވުމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އާއި ސިފައިންގެ އެންމެ މަތީ ވެރިޔާ ނުހަނު އިސްކަމެއް ދެއްވަމުންގެންދަވާ ކަމަށެވެ. އަދި ސިފައިން ކޮށްފައިވާ ހުވަޔާއި ޤައުމީ ޒިންމާ އަދާކުރުމުގައި ޤާނޫނުން މަތިކޮށްފައިވާ ޒިންމާތަކުގެ މައްޗައްވެސް އަލިއަޅުވާލާ ވާހަކަފުޅު ދައްކަވާފައިވެއެވެ.

މިޖަލްސާގައި އޮފިސާ ޓްރެއިނިގް ތަމްރީނު ފުރިހަމަ ކުރައްވާ ކަމިޝަންކުރެއްވި އޮފިސަރުންނަށް އޮފިސަރުންނަށް ލިޔުން ހަވާލުކޮށްދީފައި ވަނީ ޑިފެންސް މިނިސްޓަރ މާރިޔާ ދީދީއެވެ. އަދި އެ އޮފިސަރުންނަށް ރޭންކު ހަވާލުކޮށްދެއްވާފައިވަނީ އެބޭފުޅުންގެ އާއިލާތަކުގެ މެމްބަރުންނެވެ.

މިރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރުގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފާއި ޖެނެރަލް އޮފިސަރުންނާއި ޔުނިޓްތަކުގެ ކޮމާންޑަރުން އަދި ކަމިޝަންކުރެއްވި އޮފިސަރުންގެ އާއިލާގެ މެމްބަރުން ބައިވެރިވެލެއްވިއެވެ.

ރަސްމިއްޔާތުގައި ކަމިޝަން ކުރެއްވި ހަ އޮފިސަރުންގެ ތެރޭގައި ހިމެނެނީ، އެމެރިކާ އަދި އެމެރިކާއިން، އޮފިސަރ ޓްރޭނިންގ ފުރިހަމަކުރެއްވި ހަ ސިފައިންނެވެ. އެ ސިފައިންގެ ތެރޭގައި ހިމެނެނީ އެމެރިކާގައި ހުންނަ ޔޫއެސް އާމީ އިންފެންޓްރީ ސްކޫލުން "އޮފިސަރ ކެންޑިޑޭޓް ސްކޫލު ޓްރޭނިންގ" ފުރިހަމަކުރެއްވި ލެފްޓިނަންޓް އިސްމާޢީލް އަޙްމަދު އަދި ލެފްޓިނަންޓް އިބްރާހީމް ޢަލީއެވެ. އަދި އިންޑިއާގެ ޗެންނާއީގައި ހުންނަ އޮފިސަރސް ޓްރޭނިންގ އެކަޑަމީން "ޝޯޓް ސަރވިސް ކަމިޝަން ކޯސް" ފުރިހަމަކުރެއްވި ލެފްޓިނަންޓް ޢަބްދުﷲ ފިޔާޒާއި ލެފްޓިނަންޓް ޠައްޔިބާ އިބްރާހީމާއި ލެފްޓިނަންޓް އަޙްމަދު ޝިޒާނު އަދި ލެފްޓިނަންޓް ނިޢުމާޢަބްދުއްރަޙްމާން އެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ޖާޒީރާ ބޯއީ

  ސިފައިންގެ ގަވާއިދުތަކާއި ހަމަތަކަށް ތަބާނުވެވޭ މީހަކު އެތަނުގެ ގާބިލްކަން އިތުރުކުރާނެ ގޮތަކާމެދު ނުވިސްނޭ.

  12
 2. ސަވާރު

  ިސްލާމްދީނަށް ޖޯކުޖަހާ ކީރިތި ރަސޫލާއަށް ފުރައްސާރަކުރާ މީހުންނަށް ފިޔަވަޅެއް ނާޅާ ، ތިކަން ހެޔޮ ދުވަހަކު ނުކުރިޔަސް...

  7
  1
 3. ހުސޭނުބޭ

  އަނެއްކާ މޯދިބޭ ބުނެގެން ކޮން ޤައުމެއް ހިފަން ތައްޔާރުވަނީބާ!

  4
  1
 4. ިޮފަލިނަރަ

  ފައިޓަރ ޖެޓް ގެންނަންް ފެނޭ ...

 5. ޑަރޭ

  އޭ ރުން މިލާދީނީ ސަ ރުކާ ރު ވައްޓާލާނެ....