ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރްސީގެ ހިޔާނާތް ފަޅާއަރުވާލި ގާސިމް އަބްދުލްކަރީމް މޯލްޑިވިސް ސެންޓަރ ފޯ އިސްލާމިކް ފައިނޭންސް ލިމިޓެޑް (އެމްސީއައިއެފްއެލް)ގެ ޗެޗެއާމަންކަމުގެގާމަށް އައްޔަންކޮށްފިއެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަ ގާސިމް ފަޅާއަރުވީ ބޭންކް އޮފް މޯލްޑިވްސްގެ ފ. ނިލަންދޫ ބްރާންޗުގެ މެނޭޖަރު ކަމުގެ މަގާމުގައި ކުރިން ހުންނަ ވަނިކޮށެވެ.

އެ މަގާމުގައި ހުންނަވައިގެން ބީއެމްއެލްގެ މައުލޫމާތު ލީކް ކުރި މައްސަލާގައި އޭނާގެ މައްޗަށް 8 މަހާއި 12 ދުވަހަށް ޖަލު ހުކުމެއް އައިސްފައި ވެ އެވެ.

އެ ހުކުމް ތަންފީޒު ކުރުމަށްފަހު އޭނާ ޖަލުން މިނިވަންވެފައި ވަނީ 2016 ވަނަ އަހަރުގެ ތެރޭގައެވެ.

އެމްސީއައިއެފްއެލްއަކީ އިސްލާމިކް ފައިނޭންސް ކުރިއެރުވުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އ

    ޚިޔާނަތް ފަޅާ އެރުވީ މީނާ އެއް ނޫން މީނާ ޒާތީ ވެގެން އެފަހަރު ޔާމިން އެކައުންޓަށް ޖަމާވި ފައިސާއެއްގެ ވާހަކަ ލީކު ކުރީ ކިތައް މީހުންގެ އެކައުންޓަށް ފައިސާ ވަންތޯ އެކަމު އެންމެ މީހެއް ގެ ވާހަކަ މީނާ ލީކުކުރީ އެއީ އެމް އެމް ޕީ އާރު އެސްއީގެ ޚިޔާނަތް އިނގިގެނެއްނޫން މީނާ އަކީ އަތޮޅުވެރިކަން ކުރަން ލިބި އެކަން ވެސް ނުކުރެވުނު މީހެއް ކުޑަ ކޮށް ސޭކުވާނެ ރަނގަޅަށް ބައްލަވާ އެމްޑީޕީ ސަރުކާރުގައި ވެސް މަގާމެއް ހޯދި މިފަހަރުވެސް މީނާ އާއި މިހަވާލުވީ ތިމާ އަށް ނުއުފުލޭ ވަރުގެ ބޮޑު ކަމެއް ހަމަ އަތަށްގޮވާނީ ގާސިމްގެ ފެންވަރު އޭނާ އާއި އެކުގައި މަސައްކަތް ކުރި މީހަކަށް ވިއްޔާ އިނގޭނެ

    42
    5
  2. ހަސަން ފޭދޫ

    ކިހާވަރަކަށް އިނގޭނެބާ. ބުރާންޗަކަށް ޗެއާމަންކަން ދިނީމަ.

    39
    1
  3. Anonymous

    ޚިޔާނާތެއް ނޫން ފަޅާ އަރުވާލީ. ޔާމީންގެ އެކައުންޓްގެ މަޢުލޫމާތު. އެކަމަކީ މީނާ ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ކުރި ކަމެއް. އެހެނަސް މީނާ އަކީ އެމްޑީޕީގެ ފިކުރު ގެންގުޅޭ މީހަކަށް ވާތީ ޕާޓީގެ ބޮޑުންގެ އެދުމަށް މަތީ މަގާމަކަށް އެކަންކުރީ. މިއަދު އޭގެ ބަދަލު އެދިނީ. ކޮރަޕްޓް ބަޢެއްގެ ވެރިކަމުގަ ތިބޭނީވެސް ކޮރަޕްޓް މީހުން، ލާދީނީ މީހުން.

    22
    4
  4. ޑައެލޯގް

    ހިޔާނާތޭ ކިޔާފަ ބޭންކެއްގެ އެއްވެސް ޑޮކިއުމެންޓެއް ލީކު ނުކުރެވޭނެ ސަބަބަކީ މީހެއްގެ އެކައުންޓުގައި ހުރީ ޚިޔާނާތުގެ ފައިސާކަން ސަރުއީ ކޯޓަކުން ސާބިތުނުވާހިދަކު މުވައްޒަފަކަށް ހިޔާނާތޭ ކިޔާފަ ހުކުމް ނުކުރެވޭނެ، އެހެނަސް ގާސިމް އެކުރީ ސާބިތު ޚިޔާނާތެއް ސަބަބަކީ ބޭންކުގެ ސިއްރެއް ލީކުކުރުން ވީމާ މިތާގަ ހަގީގީ ހިޔާނަތްތެރިއަކީ ގާސިމް