މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އުވާލަން ގިނަ ރައްޔިތުން ގޮވަމުން އަންނަ އިރު އެކަން ކުށްވެރި ނުކުރައްވަނީ ކީއްވެގެންތޯ އައްޝައިޚު އަލީ ޒައިދު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ސުވާލު ކުރިމަތިކުރައްވައިފިއެވެ.

ޝައިޚު އަލީ ޒައިދު މިއަދު ކުރެއްވި ޓްވިޓެއްގައި ވަނީ އެމްޑީއެންގެ ރިޕޯޓަށްފަހު، ސަރުކާރުގެ ވަޒީފާތަކުގައި ތިއްބެވި ގިނަ އިލްމުވެރިންނަށް ވަޒީފާގެ ބިރު ދައްކާ ކަމަށް ތުހުމަތު ކުރެވޭކަމާއި، ސަރުކާރުން ކުންފުނިތަކުގެ ވެރިންނާއި މެދު އެކަށީގެންވާ ފިޔަވަޅު ނޭޅުނުއިރު، ދީނީ އިލްމުވެރިންގެ އަނގަމަތީ ޓޭޕް އަޅަން އުޅޭ އުޅުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ.

“މިއޮއްހާ ދުވަހު ރާއްޖޭގެ ލޮބުވެތި ރައްޔިތުން ސޯޝަލް މީޑިއާގައި ބޭން އެމްޑީއެން ގޮވާއިރު ވެސް ސަރުކާރަށް އަޑު ނީވި، އެމްޑީއެންގެ ފިކުރުގެ ބަޔަކު ޝަކުވާއެއް ކޮށްލާއިރަށް ޝެއިޚުންނަށް ވަޒީފާގެ ބިރުދައްކަނީތޯ. ތިލަފަތް ތިޔަ އޮތީ އެމްޑީއެން ކޮޅަށް ބުރަވެފައި. ކޮބާތޯ ކުރެއްވި ހުވާ” ޝެއިޚް ޒައިދު ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.

ޒައިދު ވަނީ އެމްޑީއެންގެ ރިޕޯޓުން ބެހިފައިވަނީ އިސްލާމް ދީނާއި މާތް ރަސޫލާ محمد صلى اللّه عليه وسلم ކަމުން، އެ ޖަމިއްޔާގެ ރިޕޯޓް ނެރުނު މީހުންނާއި މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ގޮވާލައިފައެވެ.

ޝައިޚް ޒައިދު މިފަދައިން ޓްވީޓު ކޮށްފައިވާއިރު، އިސްލާމްދީނާއި މާތް ނަބިއްޔާއަށް ފުރައްސާރަކޮށް އެމްޑީއެން އިން ނެރުނު ރިޕޯޓާ ގުޅިގެން ޝުއޫރު ފާޅުނުކުރުމަށް ފުލުހުންނަށްވެސް ވަނީ އަންގާފައެވެ.

ފުލުހުން ނެރުނު އިންޓާނަލް މެމޯއަކުން އެކަން ފުލުހުންނަށް އަންގާފައިވާއިރު އެ ރިޕޯޓާ ގުޅިގެން ގައުމީ ޔުނިވަސިޓީގެ ލެކްޗަރާއިންވެސް އެ ރިޕޯޓާ ގުޅޭގޮތުން ޝުއޫރު ފާޅު ނުކުރުމަށްވެސް ވަނީ އަންގާފައެވެ.

އެކަމާއި ގުޅިގެން ފުލުހުން ވިދާޅުވެފައިވަނީ އެ މައްސަލައަކީ މޯލްޑިވްސް ޕޮލިސް ސާރވިސްއިން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ މައްސަލައެއްކަމާއި، މިމައްސަލައާ ގުޅޭގޮތުން ނޫސްބަޔާނެއް ވެސް ނެރެފައިވާ މި ދަނޑިވަޅުގައި މުވައްޒަފުންގެ ފަރާތުން މިފަދަ ޢަމަލެއް ފެނުމަކީ އެކަމުގެ ސަބަބުން މުޢައްސަސާއާ މެދު ރައްޔިތުން ކުރާ އިތުބާރަށް އުނިކަން އަތުވެދާނެފަދަ ޢަމަލަކަށް ވާތީވެ، އެފަދަ ޢަމަލުތައް ނުކުރުމަށް ހުރިހާ މުވައްޒަފުންނަށް ނަސޭޙަތްތެރިވާކަމަށެވެ.

ފުލުހުންގެ ބަޔާނުގައި އެމްޑީއެންގެ ރިޕޯޓާ ގުޅޭގޮތުން ޝޯސަލް މީޑިއާގައި ފުލުހުން އަމިއްލަ ހިޔާލު ފާޅުނުކުރުމަށާއި، މިކަން ފުލުހުން ބަލައި ނުގަންނާނެކަށް އެބަޔާނުގައިވެއެވެ.

ފުލުހުން މިބަޔާން ނެރެފައި މިވަނީ ޕޮލިސް ކޮމިޝަނަރ ހަމީދް އެމްޑީއެންގެ ބޯޑް މެންބަރުކަން ކުރައްވާފައިވުމާއެކު އެމްޑީއެން މައްސަލަ ބެލުމުގައި ފުލުހުން އެކަށީގެން ވާ މަސައްކަތެއް ނުކުރާކަމަށް ޢާންމުން ތުހުމަތުކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ޓެކްސީ

    އޮންނާނެ ކަލޭމެންނަށް ފޮނު އެރުވިފައި ޔާމީނޭ ކިޔާގެން 2018ގައި

    37
    • ޑރ.މިލަގަނޑު

      ނަމާ އެއްފަދަ ސޯލިހަކާ ތި ސުވާލު ނުކުރެވޭނެ. މި ސަރުކާރު ވަރަށް ދޮން. ވަރަށް ނަލަ.

      10
      1
  2. ފިލާވަޅު

    އިގިހުރެ ތިޔަކަހަލަ ސުވާލު ކުރުމުން ޝޭޙްގެ އަގުވެއްޓޭނީ ، އެމީހުންނަކައް ހުވަޔާ އަދުލާ އިންސާފާ އެއީ މުހިއްމު އެއްޗެއް ނޫން އެމީހުންނައް ހުކުމް ކުރީމަ އިންސާފު ނެތިގެން ނުކުތީވެސް ، އިންސާފަކީ ވަކި ބައެއްގެ އެއްޗެއް މިޤަޢުމުގަ .. އެހޯދަން ޖެހޭނީ ގަދަބާރުން ނިކަމެތި ވެގެން ލިބޭނެ އެއްޗެއްނޫން މިހާރަކު ވަރައްސާފު އެކަން

    33
  3. މުހަންމަދު.

    ޝައިޚު ޒައިދަށް އެގި ވަޑައި ނުގަތަސް ތި އިބްރާހިމް މުހަންމަދު ސާލިހް އަކީ ރަސޫލާގެ ދުޢާ ލިބޭ ފަދަ ބޭަކަލެކޭ ޝައިޚު އިލްޔާސް ބުނެފަ އޮތީ...އެހެންވެ ހުވާގެ ބޭނުމެއް ނެތެއް ނޫންތޯ؟

    30
  4. Anonymous

    ޢިސްލާމްދީން ގަބޫލް ކުރާ ބަޔަކައް އެނގޭނީ ހުވާ އަކީ ކިހާވަރެއްގެ އެއްޗެއްކަން.

    36
  5. ޒާ

    ހުވާޔާއިވެސް ޚިލާފު. އެކަމަކުވެސް އެއީ ޝައިޚް އިލްޔާސް ވިދާޅުވި ދުޢާދެއްނެވި ރައީސް. އަނެއްކޮޅުން އިޔާޒް ވިދާޅުވާ ނަމުންވެސް ޞާލިޙް ރައީސް. ކިހާތާހިރު. މުޖުރިމުން ފިލައިފި. އެވާހަކަ ދައްކާ މީހުންގެ އަނގަ ބަންދުކުރަން އަންގައިފި. ދެއްކި މީހާ ޓެރަރިސްޓަކަށް ވެ ނިމިއްޖެ.

    39
  6. ޓިނު

    މިގައުމުގަ ހިންގި ހުރިހާކަމެއްގެ ވާހަކަ މީޑިއާގަ ދެއްކޭއިރު ދީނާ ބެހިގެން ބަޔަކުމީހުން ހިންގި ނުބައި އަމަލުގެ ވާހަކަ ނުދެއްކި ނުވިތަނަކަށް އެމީހުނަށް ހިއްވަރު ލިބޭގޮތަށް ދައުލަތުން ކަންކަން ކުރަމުން ދިއުމުން ހިތަށް އަރަނީ ވެރިކަން މޑޕ އަށް ލިބުނީ ހަމައެކަނި ދީނާ ބެހެމުން ތިދުވާ މަދު މީ ސްކޮޅު ދިން ވޯޓުން ތޯއެ؟؟؟؟؟

    27
    1
  7. އިކްލީލް

    އާއްމު ރައްޔިތެއްގެ ޙައިޘިއްޔަތުން ޒައިދަށް! ކޮބައި ރީތިވެއްޖެނު؟

    29
  8. ކިޔާ

    ވައުދާ ހުވާކުރާނެޔޭޭ އެހަނދާން ނެތޭނެޔޭ...... ނޫނީ އެހެން ގޮތެއްގާ މަޖުބޫރުވާނެޔޭ.... ދެގޮތެއް މަށެއް ނުވާނަމޭ ބުނެފާނުވޭހޭ..

    21
  9. ޢަލީ ހަމީދު

    ވައުދާ ހުވާކުރާނެޔޭޭ އެހަނދާން ނެތޭނެޔޭ...... ނޫނީ އެހެން ގޮތެއްގާ މަޖުބޫރުވާނެޔޭ.... ދެގޮތެއް މަށެއް ނުވާނަމޭ ބުނެފާނުވޭހޭ..މިލަވަ ކިޔަން ދިވެހިން ވަރައްފަރިތަވާނެ.. ދޯ .

    12
  10. އަޙްމަދު

    މިޤައުމުގައި ހުވާކޮށްގެން މަޤާމުތަކުގައު ތިބި ބައެއް މީހުންނަކީ އެހުވާގެ މާނަ ނޭނގޭ މީހުން. ދެންކިހިނެއް އެމީހުންނަށް އެއަށް އަމަލު ކުރެވެނީ. ކެންޕޭން ފެށޭއިރަށް އިސްލާމްދީން ހިމާޔަތް ކުރާނެ. ހޮވުނީމާ އިސްލާމްދީން ނައްތާލަން ނުކުންނަނީ.

  11. Anonymous

    ކަލޭމެން ރީތި ސުވާލުކޮށްލަކޮށްލާތިބޭ އޭރުންވާނީ ދަވާދުލެވިފައި ވާކަމެއް ހަރާމް..ނިކުންނަޢްޠާ

  12. ވަރައްވާހަކަ

    މިހާރުވެސް އެޖަހަނީ އެކަހަލަސްޓަންޓެއް އެކުރަނީކައުންސިލްއިންތިޚާބައް ކެމްޕޭން ވިސްނާތި ވަރައްގިނަ ވަޢުދުވާނެ މީހަމައެބައިމީހުން މިހާރުވެސްހަމަ މިބައިމީހުން