އޭސީސީގެ މެންބަރުންތަކަކާއި ބައްދަލުކޮށްގެން ރާއްޖެޓީވީގެ ދެ ނޫސްވެރިޔަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށްބުނެ މިހާރު ނޫހުން އިއްޔެ ޝާއިއުކުރި ޙަބަރަކީ ދޮގު ހަބަރެއްކަމަށާއި، އެކަމާއި ގުޅިގެން މިހާރު ނޫހާއި ދޭތެރޭ ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށް ރާއްޖެޓީވީ އިން ބުނެފިއެވެ.

ރާއްޖެޓީވީ އިން ބުނީ އޭސީސީގެ މެންބަރުންތަކަކާއި ބައްދަލުކޮށްގެން ރާއްޖެޓީވީގެ އެއްވެސް ނޫސްވެރިޔަކާއި މެދު އެއްވެސްް ފިޔަވަޅެއް އަޅާފައި ނުވާނެ ކަމަށެވެ. އަދި އެފަދައިން އެ ފަތުރަނީ ދޮގު ހަބަރެއް ކަމަށްވެސް ރާއްޖެޓީވީއިން ވަނީ ބުނެފައެވެ. މީގެ އިތުރުން ޒިންމާދާރު ކަމެއްނެތި ހަގީގަތް ރަނގަޅަށް ނުބަލާ ފެތުރި އެ ހަބަރާއި މެދު ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް އެ ޓީވީން ވަނީ ބުނެފައެވެ.

މިހާރު ނޫހުން ޝާއިއު ކުރި ހަބަރުގައި ބުނެފައިވަނީ އޭސީސީގެ މެމްބަރުންނާއި ބައްދަލުކުރުމުން، ރާއްޖެޓީވީގެ ދެ ނޫސްވެރިޔަކު ވަޒީފާއިން ވަކިިކޮށްފައިވާ ކަމަށެވެ. އަދި އެ ޓީވީގެ ވަޒީފާއިން ވަކިކުރީ ސީނިއާ ވީޑިއޯ ޖާނަލިސްޓު ތަހާރަތު ވަހީދު (ތަހާ) އަދި ވީޑިއޯ ޖާނަލިސްޓް ހައްވާ މުހައްމަދު ކަމަށްވެސް މިހާރު ނޫހުގެ ހަބަރުގައި ވެއެވެ.

ވަޒީފާއިން ކަނޑާލި މައްސަލައާއި ގުޅިގެން ތަހާރަތު މިހާރު ނޫހަށް ދިން އިންޓަވިއުގާ ބުނެފައިވަނީ، އޭސީސީގެ މެމްބަރުންނާއި ބައްދަލުކުރަން ދިޔައީ، ރާއްޖެޓިވީގެ ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ހޯދައިގެން ކަމަށެވެ. އެހެން ނަމަވެސް ބައްދަލުވުން ނިންމާ، އެނބުރި އޮފީހަށް އައުމުން، ރާއްޖެޓީވީ އިން އެ މީހުން ސަސްޕެންޑުކުރި ކަމުގެ ލިޔުން ދިނީ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހުސޭނުބޭ

    އަސްތާ! މިހާރު ނޫސްތަކާމެދު ފިޔަވަޅުއަޅަނީވެސް ރ ޓީވީތަ؟ ތިއޮތީ ޑިމޮކްރަސީ އަތަށް އޮޅާލައިފައެއްނޫންތަ؟

    25
  2. ވާނުވާ

    ފުރަތަމަ ފިޔަވަޅު އަޅަންޖެހޭނީ ރ ޓީވީއައް މީހުންގެ މަސް ރޮލާ ކާތީ!!

    10
  3. އިބުރާހިމް

    މިހާރު އެޖެންޑާ ނަވާރައިގެދަށުން ހިތާނުކުރުމާ މީހުން ވިއްސުންވެސް ރ ޓީވީއައް!

    10
  4. ސައިއްޓޭ

    ޢިބޫސާލިހައްވެސް އަދި ތިޗެނަލް އިން ފިޔަވަޅު އަޅާތަން ފެންނާނެ