ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގާފައި ނުވާކަމުގެ ޔަގީންކަން އެންމެނަށް އަރުވާ ކަމަށް، ސަސްޕެންޑުގައި ހުންނެވީ މޯލްޑިވް ގޭހުގެ އެމްޑީ ޝަޒައިލް ސިޔާމް ވިދާޅުވެއްޖެއެވެ.
ޝަޒައިލް ސިޔާމް މިއަދު ކުރެއްވި ފޭސްބުކު ޕޯސްޓެއްގައި ބުނެފައިވަނީ ސަރުކާރުން ކޮރަޕްޝަނާއި ދެކޮޅަށް ގެންގުޅޭ ޒީރޯ ޓޮލެރަންސް ސިޔާސަތުގެ ދަށުން، އޭނާއާއި މެދު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތައް ބަލއި ނިމެންދެން ސަސްޕެންޑުކުރުމަށް ނިންމުމުން، އެކަމަށް އިޙްތިރާމުކޮށް މަރުޙަބާ ކިޔާ ކަަމަށެވެ. އަދި ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގާފައި ނުވާކަމުގެ ފުރިހަމަ ޔަގީންކަން އެންމެނަށް އަރުވާ ކަމަށެވެ.
ޝަޒައިލް ސަސްޕެންޑް ކުރީ، ކޮރަޕްޝަންގެ މައްސަލަތައް ރިޕޯޓްކުރަން ސަރުކާރުން ގާއިމްކޮށްފައިވާ "ޒީރޯ ޓޮލިރެންސް ޓު ދަ ކޮރަޕްޝަން" އޮންލައިން ޕޯޓަލްއަށް ހުށަހަޅާފައި ހުރި މައްސަލަތަކަކާ ގުޅިގެން ކަމަށް މައުލޫމާތު ލިބެއެވެ.
ވޭތުވެ ދިޔަ ހައެއްކަ މަސް ދުވަހުގެ ތެރޭގައި، އަގު ބޮޑުކޮށް ގޭސް ގަންނަކަމަށް ތުހުމަތުކޮށް ޝަޒައިލްގެ މައްސަލަ ބަލަން މީސް މީޑިއާގައި ބައެއް ފަރާތްތަކުން ގޮވާލާފައިވެސް ވެއެވެ.
ޝަޒައިލް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދެ މިނިސްޓްރީއެއްގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރައްވާފައެވެ. އޭނާ މޯލްޑިވް ގޭސްގެ އެމްޑީގެ މަގާމަށް އައްޔަން ކުރެއްވީ މިދިޔަ ޖަނަވަރީ މަހުއެވެ.
މީގެ ކުރިން ވެސް ސަރުކާރުން ވަނީ ކޮރަޕްޝަނާއި ދެކޮޅަށް ގެންގުޅޭ ޒީރޯ ޓޮލެރަންސް ސިޔާސަތުގެ ދަށުން ބައެއް ބޭފުޅުން ސަސްޕެންޑްކޮށްފައެވެ. ނަމަވެސް ދުވަސްކޮޅަކަށް ފަހު އެބޭފުޅުން އަލުން ވަޒީފާ އަށް ނެރެފައިވެއެވެ.
މީނަ މީ ކޮން ރަށެއްގެ މީހެއްތޯ ހަބަރުގަ ކީއްވެތޯ ނުޖަހަނޯ!
ގއ.ވިލިނގިލި ކަނޑުފެހިގެ ޝަޒައިލް ޝިޔާމް.
ތިއީ ކަމެއް ކޮށްގެން ވާކަމެއް ނޫން. ލާދީނީ ކުދިންކޮޅު ރުއްސަން ކުރާ އަމަލުތައްަ. ރައީސް ޔާމީން ސަރުކާރުގައި އުޅުންވެސް އެމީހުން ކިޔަނީ ޒީރޯ ޓޮލަރެންސް. އެކަމު އަބުރު ތިޔަހަރީ މިހާރު ގެއްލިފަ. ލާދީނީ ސަރުކާރަކަށް ނޫނެކޭ ބުނަން ޖެހޭ.
ކުދިންނޭ ލާދީނީ ފޯކަސް އަނބުރާލަން ވަރަށް ގަނޑު އެބަގަނޭ. އެގޮތުން ބޭކާރު ވާހަކަ އެއް އިޢުލާންކުރީ އެކަނިވެރި މައިންނޭ ބަފައިންނޭ ބޮޑު އުޖޫރައޭ ކިޔާފައިވެސް.
މީނައަަށް ކުރީ ސަރުކާރުގަވެސް ނޫޅެވުނު ގޮތް އެނގިއްޖެއެއްނު. މިސަރުކާރުން މަތީމަގާމެއް ދިނީމާ ރައީސް ޔާމީނަށާ އެމަނިކުފާނުގެ އަނބިކަނބަލުންނަށް މީނަ ކީއެއްޗެހި ނޫސްކިޔާމީހުންނަށް އެނގޭނެ. މީނަގެ ފެންވަރު އެންމެނަށް އެނގި ރީތި ބޭޒާރެއް ވެއްޖެއެއްނު.
ޔާމީނުވެސް ތިހެން އެބަބުނޭ. ތެދެއްތަ އެއީ؟ ދޮގެއް ވިއްޔާ ތިހަދަނީ ތެދަކަށް ވަކި ވާންޖެހޭތަ
ޢެއްގޮތަކަށްވެސް ކަލޭ އަކަށް ނުވެސް އިނގޭނެ ތިކަހަލަ ކަމެއް ކުރާކަށް، ރީއްޗެއްނު ޥާޙަކަ... ހަމަ ކޮރޮޕްޓް ގލައެއްތީ... ކޮންމެ ސަރުކާރަކަށް ބަލަދު އަރާ ގލައެއްތީ
މިސަރުކާރުން ލާފަހުރި އެއްވެސް އެމްޑީ އަކު ކިތަންމެ ވަރަކަށް ކޮރަޕްޝަން ހިންގިއަސް ވައްކެއް ނުކުރެވޭނެ. މިހާރުވެސް ސަރުކާރު ކުންފުންޏެއްގެ އެމްޑީއަކު ކޮރަޕްޓްގެ ވަޅަކަށްވެއްޓި ގެނބެމުން ގޮސް، ކަރުތާފެނާ ހިސާބުން ޒީރޯޓލަރެންސް ދަތްދޮޅީގަ އަޅައިގެންފަ ހުއްޓާ އެތާގެ ކުއްޖަކަށް ފެނިގެން ރައީސްއޮފީހުގެ ޒީރޯޓލަރެންސަށް މިޚަބަރު ދިނުމުން، މިއެމްޑީ އެކުއްޖާއަށް އިންޒާރުދީ އޭނަގެޖޮބް ދުއްވާލައިފި.
މަނިކާރޯއްޖާ! ދެން ވީގޮތަކީ، މިއެމްޑީ ގެ ޑަބަލްޒީރޯ 2 ޓޮލަރެންސެއް މަޖިލިސްތެރެއަށް ގޮސްވަނުމާއެކު އެއްކަލަ އެމްޑީ މަޖިލީހަށް ގެނެސް، "ކަލޭ ވައްކަންނުކުރަންދޯއޭ" ކޮމިޓީން ސުއާލުކޮށްފަ އެގޮލައަށް އެންގީ އަދި މީޓަރަކުން ނުދައްކައޭ. މީ މިއަދު މިގައުމުގެ ހާލަތު. ހިތާމަހުރި.