ލާދިނީ ވާހަކަ ދެއްކީމަ ފިޔަވަޅުއެޅީ އެއްބަޔަކު ހިތްރުއްސަން ކަމަށް މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް(އެމްޑީއެންގެ) ފައުންޑަރު ޝާހިންދާ ބުނެފިއެވެ.

ޝާހިންދާ މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ވަގުތީ ގޮތުން މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ހުއްޓާލަން އެޅި ފިޔަވަޅަކީ ސަރުކާރުގެ ތެރޭގައި މަސްލަހަތު ހިފެހެއްޓުމުގެ ގޮތުން އެއްބަޔަކު ހިންހަމަޖައްސާލަން ކުރި ކަމެއް ކަމަށެވެ.

އިސްލާމްދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް ނެރެފައިވާ ރިޕޯޓްގެ މައްސަލަ ހޫނު ވުމާއެކު އެ ޖަމިއްޔާ އުވާލަން ގިނަ ބަޔަކު ގޮވާލަމުން ދަނިކޮށް އެމްޑީއެން ސަސްޕެންޑް ކުރަން ޔޫތް މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ނިންމާފައިވެއެވެ. މި މިނިސްޓްރީން ނެރުނު ނޫސް ބަޔާނުގައި ބުނީ އެމްޑީއެން ސަސްޕެންޑް ކުރަން ނިންމީ ޖަމިއްޔާތަކުގެ ރަޖިސްޓްރާއަށް ލިބިދޭ ބާރުގެ ދަށުން ކަމަށާއި ސަސްޕެންޑްކުރީ ޖަމިއްޔާގެ މައްސަލާގެ ފުލުހުން ތަހުގީގު ކުރަމުންދާތީ ކަމަށެވެ.

މީގެ އިތުރުން މިމައްސަލައާއި ބެހޭގޮތުން ދީނީ ގިނަ އިލްމުވެރިން ނުރުހުން ފާޅުކުރަމުން ދާއިރު ޝާހިންދާ ބުނެފައިވަނީ އެ ރިޕޯޓާއެކު ޓެރަރިޒަމާ ދެކޮޅަށް ފާސްކުރި ގާނޫނޫގެ ސަބަބުން އެމީހުން ތިބީ ބިރުންކަމުގައެވެ. އަދި އަނެއް ބަތޔަކު ތިބީ މަޔޫސްވެފައި ކަމުގައިވެސް އޭނާ ބުންޏެވެ.

"އެ ރިޕޯޓާއެކު ޓެރަރިޒަމާ ދެކޮޅަށް ފާސްކުރި ގާނޫނޫގެ ސަބަބުން އެމީހުން ތިބީ ބިރުން. ދެން އެންމެނަށް ވެސް އެނގޭނެ އަނިޔާވެރިކަން އިސްކުރާ މީހަކު މާޔޫސްވީމަ އަމަލު ކުރާނެ ގޮތް،" ޝަހިންދާ ބުންޏެވެ.

ހަމައެޔާއި އެކު މިހާރު އުފެދިފައި އޮތް މައްސަލަ އިހުލާސްތެރި ކަމާއެކު ބަލައި، ޑިމޮކްރަސީ އާއި ހެޔޮ ވެރިކަމެއްގެ އަސާސްތަކުގެ ތެރެއަށް ސަރުކާރު ރުޖޫއަ ކުރުމަށްވެސް އޭނާ ގޮވާލާފައިވެއެވެ.

މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ވަކި ކޮޅަކަށް ނުޖެހި ތަހުގީގު ކުރައްވާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވިދާޅުވެފަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ އެމްޑީއެން މައްސަލާގައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އެހެން ނަމަވެސް މިބޭފުޅުންގެ އެއްވެސް މަސައްކަތެއް ފެނިގެން ނުދާތީ އާންމުން ދަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އެ ޖަމާއަތް އުވާލުމަށް ގިނަ ބަޔަކު އަންނަނީ އަޑު އުފުލަމުންނެވެ. އާންމުންގެ ކަންބޮޑުވުންތަކުގެ އިތުރުން ޖަމިއްޔާ އުވާލުމުގެ މަސައްކަތް އަވަސް ކުރުމަށް ރާއްޖޭގެ ދީނީ އިލްމުވެރިން ވެސް ވަނީ ގޮވާލާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

 1. ދުނާމަ

  ޓެރަރިޒަމްގެ ޤާނޫނުގެ ތެރެއަށްވެސް ބޭނިގެންދާނީ މުޖުތަމަޢުތައް ފަސާދަކުރާ ތިޔަކަހަލަ ޓެރަރިސްޓުން.

  76
 2. ބޮޑު ދެލޯ

  ޝަހިނދާ އެ ބުނީ ތެދެއް! ސީދާ ތެދެއް!

  19
  48
  • އިބްރާ

   ށަހިންދާ ދީނުގެ މީހެއްބާ.

   29
 3. ޙިޔާލީފޮލާ

  ކަލޭވެސް ދީނަށާ މިއުއްމަތުގެ މާޠްނަބިއްޔާއަށް ބަދުބަސްބުނެ ތިވައްތަރު ޖައްސަނީ ބަޔަކު ރުއްސަންވެގެން

  78
 4. ހެހެހެ

  ތިއީ ކޮންކަހަލަ އަންހެނެއް. ދިވެހިންގެ އިހުސާސްތަކާ ކުޅެލާފަ މިހާރު ފިލާ ޖަރުމަންވިލާތުގައި ބޮޑާހާކަނީ.

  72
  1
 5. ޗާލު

  ލާދިނީ ވާހަކަ ދެއްކީމާ ފިޔަވަޅުއެޅީ އެއްބަޔަކު ހިތް ރުއްސަން - ޝާހިންދާ. ރަނގަޅު ވާހަކައެއް. ދުޢާ ދެންނެވި މީހާވެސް މިއަދު ފިޔަވަޅު އަޅާނަމޭބުނެފި ބިރުންހުރެ. އަސްލު ސަރުކާރުން ބޭނުންވާގޮތަކީ ލާދީނީކަންކަން އިންތިހާއަށް މިގައުމުގައި ފެތުރުން.

  61
  3
 6. ޢަލީ

  އެންމެފަހުން ލާދީނީ ވާހަކަ ދެއްކި ކަމަށް އެއްބަސްވެއްޖެ.

  77
  1
 7. ޖަހުލު

  ލާދާނީ ބައިގަނޑަކަށް ހަޖަމެއް ނުވާނެ ފިޔަވަޅެއް އެޅީމަ! ލާދީނީ ޖަރާސީމުތަކުން ސަލާމަތް ކުރައްވާނދޭވެ!

  63
 8. ރައްޔިތު

  އެހެންވީމާ، ޓެރަރިޒަމްގެ ގާނޫނު ފާސްކުރީ ތިފަދަ ލާދީނީ ރިޕޯޓްތައް ނެރެ އެހަރަކާތްތަކަށް ދިރުން ގެނުވަން ދޯ. އޭރުން އެމީހުނަށް ބިރުދައްކާ މީހުންގެ އަތުގައި ކަސްތަޅު އެޅުވުނީތާ؟ އެހެންވީމާ، ލާދީނީ ހަރަކާތަކީ ވަރަށް ބޮޑަށް މެކުހަށް ޖަހާ، ހުރިހާ ދިމާލަކުން ގުޅިގެން ހިންގާ ނުބައިވެގެންވާ ހަރަކާތެއްތާ.

  36
 9. ބިންގޯ

  ކަލޭ ވެސް ތިހުރީ ބަޔަކު ހިއްރުއްސަން ކަމެއް ކޮލައިގެން.

  31
 10. ދޮންބެ

  ލާދީނީ ޖަމިއްޔާ ސަސްޕެންޑްކުރީ ތި ގުރޫޕާ ދެކޮޅަށް އަޑުއުފުލާ މީހުން ހިތްހަމަޖައްސާލުމަށް. އެކަމަކު ލާދީނީ އެއްވެސް މީހަކަށް ފިޔަވަޅެއްނާޅާނެ. އެއީ ޖެއްސި ސްޓަންޓެއް. ބިރުވެރިކަން އޮތީ ލާދީނިއްޔަަތާ ދެކޮޅުމީހުންނަށް.

  21
  1
 11. އިކްރާމް އަބުދުއްސައްތާރު

  މި ފަދަ ޓެރަރިސްޓުން އެބަޖެހޭ ސައިޒުކުރަން... މުޖު ތަމައުގައި ހަމަނުޖެހުން އުފެއްދުމަ މިދައްކާ ވާހަކަ ބަލައި ފިޔަވަޅު އަޅަން..

  މީހުންގެ މެދުގައި ނަފުރަތު އުފެއްދުމަށް މިފަނަ ނުބައި ނުލަފާ ކަން ކުރުމަށް ފަހުގަވެސް.. ޖެހިލުމެއް ނެތި ފިތުނަ ވެރި ވެވޭނެ ހުރިހާ މަގެއްފަހިވާގޮތަށް... އާންމުން ގެ ނަފުރަތު އިތުރުވާގޮތަށް ވާހަކަ ދެއްކުމަކީ މީ އީ ޓެރަރިޒަމް ޤާނޫނުން ސީދާ ފިޔަވަޅު އެޅޭނެކަމެއް...

  ވީމާ، މިކަނބުލޭގެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ކަމާބެހޭ މުވައްސަސާތަކުގެ ފަރާތުން އެދެން...

  20
 12. ޙަސަންބެ

  މީނަ ހީވަނީ ބިރުވެރި ޖިންނިއެއް ހެން. ހަންޑިއެއް ހެން ވެސް ހީވޭ. ޗޮކުންދާ

  17
 13. ލީލް

  މި އަންހެނާ ﷲ ގެ ކޯފާއަކަށް ވެސް ބިރެއްނުގަނޭ. ޢަބޫޖަހުލު އަންހެނުންނަށް ވުރެވެސް ނުބައި

  18
 14. ކާފަ

  ޜާއްޖެ އައުން ހަނދާން ނައްތާލާ

  11
 15. ނަސޭހަތް

  އެންމެފަހުންތި އަމިއްލައައް އެއްބަސްވީ ލާދީނީ ވާހަކަ ރިޕޯޓެއްގެސިފައިގަ ދެއްކިކަމައް ތިޔަފަދަމުނާފިޤުންގެމަސައްކަތް ދުނިޔެދެމިއޮތްހިނދެއްގަ ދާނީފަޅާއަރަމުން ކިތަންމެސިއްރުންކުރަންއުޅުނަސް ކަލޭ ވިސްނާތި ކަލޭވެސް ކޮންމެވެސްދުވަހަކުން ކައްވަޅުގެ ބިރުވެރި ޢަޒާބާކުރިމަތިލާންޖެހޭނެ އެދުވަހުން ކަލެއައްޙިމާޔަތްދޭނީކާކު ހީނުކުރާތި މަރުވީމާ ހުރިހާކަމެއްނިމުނީކަމައް އެއަދިކަލޭމެންޤަބޫލުނުކުރާ ޙަޤީޤީދިރިއުޅުމައް ރުޖޫޢުވެވުނީ އެދުވަހުންކަލެއައް ވާގިވެރިވާނެމީހަކުނުހުންނާނެ ތިގޮތައްބޮޑާބަސްތަކެއްނުބުނެވޭނެ

 16. ކާނީ

  ތީ ހަގީގީ ބޮޑު ޓެރަރިސްޓް ބީތާޔާ

  10