އެކަނިވެރި މައިންނާއި ބަފައިންނަށް ސަރުކާރުން ދޭ އިނާޔަތް ބޮޑުކޮށްފައިވަނީ ބޮލަކަށް ޖެހޭ ނިސްބަތުން ކަމަށާއި އެހެން ކަމުން 10،000 ރުފިޔާ ލިބޭނީ ކޮންމެ ބޮަލަކަށް ހާހުގެ މަގުން، ޖުމްލަ 10 ކުދިން ތިބެގެން ކަމަށް އެންސްޕާއިން ވިދާޅުވެއްޖެއެވެ.

އެންސްޕާއިން މިހެން ވިދާޅުވީ މިއަދު ނެރުނު ބަޔާނެއްގައެވެ. އެބަޔާނުގައި އެ އެޖެންސީން ވިދާޅުވީ ރައީސް އޮފީހުން ޝާއިއުކޮށްފައިވާ ލިޔުމާ ގުޅިގެން ބައެއް މީޑިއާތަކުން މާނަ އޮޅޭ ގޮތަށް މައުލޫމާތު ފަތުރަމުންދާ ކަމަށެވެ. އެގޮތުން، އެކަނިވެރި މައިންނާއި ބަފައިންނަށް އިނާޔަތް ދޭ އުސޫލުގައި މީގެ ކުރިން އޮތް ގޮތުން ނަމަ ކިތަންމެ ގިނަ ދަރިންނެއް ތިއްބަސް ލިބޭނީ 3000 ރުފިޔާއެވެ. އެއީ ކޮންމެ ކުއްޖަކަށް 1000 ރުފިޔާގެ މަގުން އެންމެ ގިނަވެގެން ދިނުމަށް އެ އުސޫލުގައި އޮތް ގޮތެވެ.

ނަމަވެސް ރޭ ބޭއްވި ކެބިނެޓް ބައްދަލުވުމަށްފަހު ރައީސް ވަނީ އެ އުސޫލު ބަދަލުކުރައްވާފައެވެ. އެގޮތުން އަލަށް އަމަލު ކުރަން ފަށާފައިވާ އުސޫލުގައި ވަނީ ކޮންމެ ކުއްޖަކަށް 1000 ރުފިޔާގެ މަގުން އެންމެ ގިނަވެގެން 10،000 ރުފިޔާ ދެވޭނެ ކަމަށެވެ.

ކުރީގެ އުސޫލުގެ ދަށުން ތިން ކުދިންނަށްވުރެ ގިނައިން ތިބި ނަމަވެސް ލިބޭނީ ގިނަވެގެން 3000 ރުފިޔާއެވެ. ނަމަވެސް މިހާރު 10 ކުދިންނާ ހަމައަށް ކޮންމެ ކުއްޖަކަށްވެސް 1000 ރުފިޔާ ލިބިގެންދާނެއެވެ.

މީގެ އިތުރުން އެ އުސޫލަށް ގެނައި އިސްލާހުގެ ދަށުން އެކަނި ދަރިން ބަލަހައްޓާ މައިންބަފައިންގެ ނުކުޅެދުންތެރިކަން ހުންނަށް ކުދިންނަށް ކުރިން ލިބެމުންދިޔައީ އެއް އެހީ ކަމަށްވާއިރު، މިހާރު ދެ އެހީވެސް ލިބިގެންދާނެ އެވެ. އެއީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ލިބޭ 2000 ރުފިޔާއާއި އެކަނިވެރި މައިންނަށް، ކޮންމެ ކުއްޖަކަށް ދޭ 1000 ރުފިޔާ އެވެ. އެހެން ކަމުން އެކަނިވެރި މަޔަކު ނުވަތަ ބަފަޔަކު ބަލަން ޖެހޭ ނުކުޅެދުންތެރިކަން ހުންނަ ކުއްޖެއް ހުރި ނަމަ އެކުއްޖަކަށް މަހެއްގެ މައްޗަށް ޖުމްލަ 3000 ރުފިޔާ ސަރުކާރުން ދޭނެއެވެ.

އަދި އަލަށް ގެނައި އިސްލާހާއެކު ގޭބިސީގައި ދިރިއުޅޭ އެހެން ފަރާތެއްގެ އާމްދަނީގެ ސަބަބުން ފަގީރު ހާލުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިންބަފައިން އެ ޕްރޮގްރާމުން މިހާރު އިސްތިސްނާ ނުވާނެ އެވެ.

 

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. އެލަވަންސް

    ހެހެހެ.. ދެން ދަރިން ގިނަކޮށްފައި ވަރިވޭ.

    91
    9
  2. އެންމެ ޞޯލިޙު

    ހަމަ އޮޅުވާލުން، އުމުރުން 18 އަހަރު ނުފުރޭ 10 ކުދިން ބަލަންޖެހޭ މަޔަކު/ބަފަޔަ މިރާއްޖޭގައި ހުންނާނެހެނެއް ހިޔެއްނުވޭ، ރައްޔިތުން ގުނބޯހައްދަނީ، ބުނެވެން އޮންނާނެތާ އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އިނާޔަތް މި ސަރުކާރުން ބޮޑުކޮށްފީމޭ ބޮޑުކުރީމޭ ދޯ...!

    176
    17
  3. ލޮލް

    ހެހެހެހެ ...... ކިޔާނެ އެއްޗެއް ނޭނގިގެން ތަ މިއުޅެނީ .
    ނުކުޅެދުންތެރި ކަމުގެ ހާލުގަ އުޅޭ ކުދިންނަށް އެއްޗެއް ދޭންވީމަ ކަމަކައްވި ބަޔަކައް ކޮންއެއްޗެއް ދެވޭނީ!
    ވީހާގިނައިން ވިހަންވީ ކޮންމެ ފިރިހެނަކު ހަތަރުއަބިން ހޯދާފަ ހަމަވިހަންވީ!
    މިހަމަ ގޭސްގަނޑެއް!
    ހެހެހެހެ..........
    ވާހަކަ އޮއްބާލީ ......
    ރައްޔިތުން ރުޅިއަރުވާފަ ފުރައްސާރަ ކުރެވޭނީ.......
    އިބޫ އިސްތިއުފާ.

    98
    12
  4. ހިޔަޅުގެ ވިސްނުން

    މިހާރު މީޑިޔާގޯސްމިވީ.. ބަލަ ރާއްޖޭގަ އެކެއްގެ 18އަހަރުނުފުރޭ ކިތައް ކުދިންތިބި މައެއް ބަފައެއް އެބަހުރިތަ. މިޒަމާނުގަ 3ކުދިންވެސް މަދުމީހެއްގެތިބީ.. މިއީ ނުވިހާޒަމާން.. ކީއްވެނުބުނީ 20ހާސްރުފިޔާދޭން ސަރުކާރުން ނިންމައިފިޔޭ.. 20ކުދިން ތިބެއްޖެނަމަ ލިބޭނެދޯ 1000ރުފިޔާގެ މަގުން.. އޮޅުވާލާ ހީލަތްހަދާ ސަރުކާރު.. މުޅިން ހިޔަޅުގެ ވިސްނުން..

    57
    5
  5. ޙައިޒަމް

    ހީލަތް ތެރިކަން .. ހަމަ ހިނިއަންނަނީ

    60
    6
  6. Anonymous

    އެމްޑީޕީ ކުދިންގެ ލޮލުގަ އެޅުވި އަނދުނެއްމީ. ޢަތް ޖަހާލަ ޖަހާލާ ތިބޭތި ލާދީނީ މުރުތައްދުން

    55
    6
  7. ސޭކުފުށީކާ ޒަންޖީރާ

    kurin ވެސް ދެނީ ކުއްޖަކަށް ދެނީ އެވަރު. ޙަމަ ހުސްފޭކް. މީ ރައްޔިތުން ހައްދާބައެއް.

    52
    5
  8. ގެރި

    ސާބަހޭ! ލާދީނީ ކުދިން! މިވަގުތަށް ވަރަށް މޮޅު ދެބޯގެރިއެއް ތިޔަ ދުއްވާލީ! ދެން އަހަރެމެން ދިވެހިން އިސާހިތަކު އެމް ޑީ އެންގެ ރިޕޯރޓްގެ މަތިން ހަނދާން ނައްތާލާފައި މި އެލަވެންސްގެ ވާހަކަ ދައްކާލަ ދައްކާލައި ހޮޅުއަށިތަކުގައި ތިއްބައި އިރުއަރާ އޮއްސި އަލުން އިރުއަރާތަން ފެންނާނީ! ހަބޭސް ދެބޯގެރިއެއްމީ ހަމަ!

    51
    4
  9. ޛސޖސހ

    މީ ލާދީނީ އެޖެންޑާގެ ސަބަބުން މިބައިގަނޑުގެ ސަޕޯޓު ގެއްލޭތީ މަތިޖަހައި ރައްޔިތުންގެ ލޮލުގާ އަނދުން އަޅުވާލަނީމި. މޮޔަހެދޭ މީހުން އަބަދަވެސް މޮޔަހެދޭނެ.

    39
    5
  10. ބޯ ބުރާންތިވޭ

    ކުއްޖަކަން 1000 މަގުން އެއިރުވެ ސް މިހާރުވެ ސްދެނީ 10 ނޫން 20 ކުދިން ތިއްބަ ސް 18 އަހަރުންދަންނަމަ، ކުދިން 10 އަކަށްވުރެ އިތުރުވުމަކީ އިތުރުވާ ކުއްޖާގެ ހައްގު ގެއްލެންވާނެ ސަބަބެއްނޫން ގާނޫން އަ ސާސސ ސީން ލިބިދީފައިވާ ހައްގެއް އެއީ.

    31
    2
  11. އިކްލީލް

    މި ސަރުކާރުގައި މިއޮތީ ހަމަ މީހުންގެ ބޮލަށް ހުތްފެލުން. މިހާރު މިކިޔާގޮތުން އެއްކުއްޖަކު ހުރިނަމަ 1000 ރުފިޔާ! ކުރިން އެއްކުއްޖަކު ހުއްޓަސް ދެހާސް! ރީތި އަޑެއް އިވިއްޖެނު ؟

    41
    2
  12. ޥާލުސޮރު

    ތިޔައީ އެމްޑީ ޕީ އެކްޓިވިސްޓުންނަށް ފަހާފައި އޮތް ލިބާހެއްކަން ވާލުސޮރަށްވެސް އެގޭ!

    35
    3
  13. ޒޯޔާ

    ތިއީ ހަަމަ ހީލަތް ތެރިކަން ރައްޔިތުން ގުނބޯ ހައްދަން ނޫޅޭ އަވަހަށް އިސްތިޢުފާ ދީފަ ފައިބާ ތިވަރުގެ ގަމާރެއް ނުދެކެން

    24
    4
  14. Anonymous

    ދެން އެންމެންވީ 10 ދަރިން ހޯދަން ދޯ ވަރަށް ސަޅި

    10
  15. ބުރޯ

    ދިވެހި ރާއްޖޭގެ ގާނޫނުއަސާސީގެ 97 އާ 250 ބުނާގޮތުން މިކަމަށްވެސް ގާނޫނެއް އޮންނަންޖެހޭނެ . އެހީގެ ގޮތުގަ ދެވޭ އެއްޗެއްވިޔަސް ގާނޫނުގާ އުސޫލު ކަނޑައެޅިފާ އޮންނަންޖެހޭނެ . ގާނޫނު ނެތްނަމަ ކަރެޕްސަނުގެ ތެރޭ ހިމެނުމުގެ ފުރުސަތު ބޮޑު. މިސާލަކަށް ބަލަމާ ހާއްސަ އެހީދެވެނީ ގާނޫނެއް ހެދިގެން .65 އަހަރު މީހުނަށް ފައިސާ ދިނުމަށް ގާނޫނެއްހެދިފާވޭ. އެކަނިވެރި މައިންގެ ނަމުގާ ފައިސާ މިދެނީ ކަރޕްސަނަށް މަގުފަހިވާގޮތަށް ކަމަށް ސައްކު ކުރެވޭ .މިކަން އޭސީސީން ތަހުގީގު ކުރަންޖެހޭނެ ކަމަށް ދެކެން.

  16. ދަންޑެހިލް

    އަތަށްގޮވާފާނެތީ މިހާރު އޮޅުވާލީދޯ ކިހިނެއް 10000 ދޭނީ އެފަ ވިސްނުމެއްވެސް އަދި ގާބިލްކަމެއްވެސް މިސަރުކާރަކުނެތް އެއީ އެމް.ޑީ.އެންގެ ރިޕޯޓްގެވާހަކަ ރައްޔިތުން ދައްކާތީވެ ޚިޔާލީފޮލާ ކައްކަނީ ނަގޫ އެއްބެއަށް ބޮޑުބޮޅެއް

  17. ހިސެން

    ދައުލަތުގެ ފައިސާ ހުރިހާ ރައްޔިތުންގެ ހައްގު!
    ދެވެނީ ކާކައްތޯ، ކީއްވެތޯ، އެހުރި ހާލަތުން އަރައިގަނެވެފަ ފޭތޯ، ނުހައްގު މީހައްދެވޭތޯ ބެލޭނެ ގޮތެއް ދިނުމުގެ ކުރިން އޮންނަންވާނެ. ދޭން ބޭނުންވާ މީހުނައްދީފަ އޭގެ ފަހުން އެސެސްމަންޓް ރިޕޯޓާ، އަމިއްލަ އޮޑިޓްފާރމާ ހަވަލާކުރާނަމޭ، އޭސީސީ އާ ބީސީސީ އޭކިޔަން ނާޖާއިޒް މަންފާ ހޯދާދީފި ނަމަ ވާނީ ވައްކަމައް. މިދައުރުގަ ނޫނަސް މިކަންތައް ބެލޭނެ.

  18. އެޑިޓް

    ރޯމާ ދުވާލު.. ހެޔޮނުވާނެ... އައުގުރާނަ ގޮއްވަން މީހުންލައްވަ..

  19. ޝާނީ

    އެއީ ކޯއްޗެއް މިޔޮއްފަދަ ޒަމާނުގަ އެންމެ 1000ރުފިޔާ. އެ އަދަދު ބޮޑުކޮއްލިނަމަ ރަގަނޅު ކުއްޖަކަށް. ލޯޝަން ފުޅިއަކާ ޝޭމްޕޫފުޅިއެއް ގަންނައިރަށް އެހުސްވީ 500ރުފިޔާ މިޒަމާނުގެ އަގުތަކަށްބަލާފަ މިބުނީ. ވަޒީފާ އަކަށް ނުދެވޭ ދަރިފުޅުބަލަން ގޭގަ ހުންނަންމިޖެހެނީ. ދަރިފުޅުގެ ބައްޕަ ރުފިޔާއެއްނުދޭތާގަ ހާލުވެސްބަލާނުލާ.