މާލޭގެ ގެއަކުން ގިނަ އަދަދެއްގެ ބަނގުރަލާއެކު ތުހުމަތު ކުރެވޭ ހަތަރު ދިވެހިން ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި އެ މައްސަލާގައި ބަލައިފާސްކޮށްފައިވަނީ މައްޗަންގޯޅި ގެއެކެވެ. ނަމަވެސް ކޮން ގެއެއް ކަމެއް ފުލުހުން ހާމަކޮށްފައި ނުވެއެވެ.
ފުލުހުން މައުލުމާތު ދޭ ގޮތުގައި އެމައްސަލާގައި ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ ދިވެހި ދެ ފިރިހެނުންނާއި 27 އަހަރުގެ ދިވެހި ފިރިހެނަކާއި 24 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މީގެ އިތުރުން، އެ ގެ ބަލައި ފާސްކޮށްފައިވަނީ ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ކަމަށާއި އެ ގެ ބަލައި ފާސްކޮށްފައިވަނީ މިމަހުގެ 14 ވަނަ ދުވަހު ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. އެގޮތުން އެ ގޭތެރެއިން 44 ފުޅި ބަނގުރަލާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 35 ސެލޯފިންކޮޅާއި މަނާ ބޭހުގެ ހަތަރު ގުޅަ ބޭސް ފެނިފައިވެއެވެ.
މިމައްސަލާގައި ތުހުމަތު ކުރެވޭ ހަތަރު މީހުންގެ ބަންދުގެ މުއްދަތު ޖެހުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން ކަފާލާތުގެ އުސޫލުގެ ދަށުން ވަނީ ދޫކޮށްލާފައެވެ. ނަމަވެސް ފުލުހުން ދަނީ އެމައްސަލަ ތަހުގީގުކުރަމުންނެވެ
ޔާމީނު ސަރުކާރުގަ އުފައްދާފަ ހުރި ކަމަށް ފުޅީގެ ހަމަވާ ތާރީހެއް އިނިއްޔާ ކުރީ ސަރުކާރު ކަމެއްތީ
ތީ އިބޫސޯލިހު އާ މޑޕ ގެ ވެރިކަމޭ. ތިމީހުން ދޫކޮއްލާނެ. މާބޮޑުކަމެއްނޫނޭ ތިޔައި. ލަންކާ ޔައް ގޮސް ރާފުޅި ތުބުންނުނެއްޓޭ މީހުން މޑޕ ގެ އެންމެންނަކީވެސް އަންހެން ފިރިހެން ކިޔާނެކަމެއްނެތް، މިސްކިތައް ބަރާބަރައް އެރިޔަސް ނޭރިޔަސް ކިޔާނެކަމެއް ނެތް.
ދިވެހިފުލުހުން ހިންގާއެއްވެސް ކަމެއް އެމީހުން ހާމައެއްނުކުރާނެ އެވާހަކަ ބަޔަކު ދައްކައިގަތީމާނޫނީ. ތިގެއިން ބަނގުރާފެނުނުވާހަކަވެސް އިންޑިއާގެ ނޫހެއްގަ އޮވެދާނެ އިންޑިއާފުލުހުންނާ ހަވާލާދީ ލިޔެފަ. 150ކ ގެ މަސްތުވާތަކެ އަތިލައިގަތް ބޯޓެއްގެވާހަކަވެސް އޮތީ އޮތީ އިންޑިއާގެ ނޫހެެއްގަލިޔެފައި. ޢެފެނިގެން ދިވެހިނޫސްތަކުގަ ލިޔުނީމަ ދެން ފުލުހުން އެއްޗެކޭބުނީ. މީ މިވާވަރަކީ!!
ސުލައިމާނުލް ޙާކިމޫ. އިންޑިއާ ސަރުކާރުގެ ހުއްދައެއް ނުލިބި ކަންކަން ހާމަކުރުމުގެ އިޚްތިޔާރެއް ދިވެހި ފުލުހުންނަކަށްވެސް އަދި އެހެން މުއައްސަސާއަކަށްވެސް މިހާރަކު ނޯންނާނެ. އެއީ އަޅުވެތިކަމެއްނޫނޯ. ސަލާމަތީ ސަބަބު ތަކަށްޓަކައޯ.