ފަތުރުވެރިން ހިތްހަމަޖެއްސުމުގެ ނަމުގައި ރާޢްޖޭގައި އޮތް އިސްލާމީ އެއްބައިވަންތަކަން ނަގާނުލުމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. އިޔާޒް އަބްދުއްލަތީފް ގޮވާލައްވައިފިއެވެ.

ޑރ އިޔާޒް މިހެން ވިދާޅުވީ އިސްލާމްދީނުގެ ގަދަރާއި އިއްޒަތް ގެއްލޭ ގޮތަށް ވާހަކަތަކެއް ލިޔެ އާއްމުކުރި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އާއި މެދު ސަރުކާރުން މިހާތަނަށް އެކަށީގެންވާ ފިޔަވަޅެއް އަޅާފައިނުވާތީ މިކަމާ ގުޅިގެން ހިތްހަމަނުޖެހި ވަޑައިގެން ކުރެއްވި ޓުވީޓެއްގަ އެވެ.

ޑރ. އިޔާޒް ކުރެއްވި ޓުވީޓުގައި ވިދާޅުވީ ފަތުރުވެރިން ރާޢްޖެ އަންނަނީ "ޗާރޗް" (ކާފަރުން އަޅުކަންކުރަން ބޭނުންކުރާ ފައްޅި) ހަދާކަށް ނޫން ކަމަށެވެ. އެމްޑީއެން އުވާލުމަށް ގޮވާލާ ޑރ އިޔާޒް ކުރެއްވި އެހެން ޓުވީޓެއްގައި ވިދާޅުވެފައިވަނީ، މި ޖަމިއްޔާ އުވާލުމަށް ގޮވާލާތީ ވަރަށް ގިނަ އިންޒާރުތަށް ލިބެމުންދާ ކަމަށާއި އެހެން ނަމަވެސް ކިތަންމެ ބިރެއް ދެއްކިޔަސް މާތް ނަބިއްޔާ محمد صلى اللّه عليه وسلم ގެ ދިފާއުގައި ކުރާ މަސައްކަތަށް ބަދަލެއް ނާންނާނެ ކަމަށެވެ.

އެމްޑީއެން އުވާލުމަށް ރާއްޖޭގެ އެތަކެއް ރައްޔިތުންނެއް ގޮވަމުންދާޢިރުވެސް މިކަމާ ގުޅިގެން، އެ ޖަމިއްޔާ ސަސްޕެންޑް ކުރުން ފިޔަވައި އިތުރު އެއްވެސް ކަމެއް ސަރުކާރުން ނުކުރާތީ އާންމުންގެ ހިތަހަމް ނުޖެހުމާއި ރާއްޖޭގެ ދީނީ އިލްމުވެރިންގެ ފާޑުކިޔުންތައް ސަރުކާރަށް ދަނީ އަމާޒުވަމުންނެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އުވާލަން ގިނަ ރައްޔިތުން ގޮވަމުން އަންނަ އިރު، ރައްޔިތުންގެ އަޑު އައްސަވައި އެޖަމިއްޔާ ކުށްވެރި ނުކުރައްވަނީ ކީއްވެގެންތޯ އައްޝައިޚު އަލީ ޒައިދު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ސުވާލު ކުރިމަތިކުރައްވާފައެވެ. ޝައިޚު އަލީ ޒައިދު ވިދާޅުވީ އެމްޑީއެންގެ ރިޕޯޓަށްފަހު، ސަރުކާރުގެ ވަޒީފާތަކުގައި ތިއްބެވި ގިނަ އިލްމުވެރިންނަށް ވަޒީފާގެ ބިރު ދައްކާ ކަމަށް ތުހުމަތު ކުރެވޭކަމާއި، ސަރުކާރުން ކުންފުނިތަކުގެ ވެރިންނާ މެދު އެކަށީގެންވާ ފިޔަވަޅު ނޭޅުނުއިރު، ދީނީ އިލްމުވެރިންގެ އަނގަމަތީ ޓޭޕް އަޅަން އުޅޭ އުޅުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ.

އެމްޑީއެން އުވާލުމަށް ސޯޝަލްމީޑިއާގައި ރައްޔިތުން ގޮވަމުންދާއަޑު ރައީސްއަށް އިވިވަޑައިނުގަނެ އިސްލާމްދީނުގެ ދިފާއުގައި ނުކުންނަ މީހުންނާ ދެކޮޅަށް ކުރަމުންދާ ޝަކުވާގެ އަޑު އިވިވަޑައިގެން، ސަރުކާރުގެ ވަޒީފާތަކުގައި އުޅެމުންދާ ދީނީ ޢިލްމުވެރިންނަށް ބިރުދައްކައި ތިލަފަތް އެމްޑީއެން ކޮޅާށް ބުރަވެފައިވާއިރު ރައީސް ކުރެއްވި ހުވާ ހަނދުމަފުޅު ނެތީ ތޯ ޝެއިޚް ވަނީ ސުވާލު ކުރައްވާފަ އެވެ.

ޒައިދު ވަނީ އެމްޑީއެންގެ ރިޕޯޓުން ބެހިފައިވަނީ އިސްލާމް ދީނާއި މާތް ރަސޫލާ محمد صلى اللّه عليه وسلم ކަމުން، އެ ޖަމިއްޔާގެ ރިޕޯޓް ނެރުނު މީހުންނާއި މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ގޮވާލައިފައެވެ.

ޝައިޚް ޒައިދު މިހެން ވިދާޅުވެފައިވާއިރު، އިސްލާމްދީނާއި މާތް ނަބިއްޔާއަށް ފުރައްސާރަކޮށް އެމްޑީއެން އިން ނެރުނު ރިޕޯޓާ ގުޅިގެން ޝުއޫރު ފާޅުނުކުރުމަށް ފުލުހުންނަށްވެސް ވަނީ އަންގާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ޗޮޗުޗެޗު

  މިއޮއްގޯސްވަނީ..މިއޮއްގޯސްވަނީ..މިއޮއްބޭނިގައްނަނީ.މަޑުމަޑުން ހުރެމިއޮއްބޭނުވާ މިސްރާބައް ފޯރަނީ. ސަމާލުވޭ ހޭއަރާ މިމީހުން ނަކައް ޓުއަރިޒަމް ހަޖަމެއް ނުވާނެ.

  1
  13
 2. ހުސޭނުބޭ

  އަވަހަށް މިކަލޭގެޔަށް ބޮޑު މަޤާމެއްދީފައި ބަހައްޓާ! މިއީ އެންމެން ރުއްސަން އުޅޭ މުނާފިޤެއް!

  2
  7