ކީރިތި ރަސޫލާއާއި އިސްލާމްދީނަށް ފުރައްސާރަކޮށް އެމްޑީއެން އިން ނެރުނު ރިޕޯޓުގައިވާ ކަންކަމާ ގުޅޭ ގޮތުން ކޮންމެ އެދުރަކަށްވެސް އެބޭފުޅެއްގެ ބަސް ބުނެވެންވާނެ ކަމަށް ޤައުމީ ޔުނިވަރސިޓީގެ ކުރީގެ ޗާންސެލަރ ޑރ. ފަވާޒް ޝަރީފް ވިދާޅުވެއްޖެއެވެ.

ޑރ. ފަވާޒް މިހެން ވިދާޅުވީ އޭނާ ފޭސްބުކް ގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވަނީ އެ ރިޕޯޓުގައި ހިމެނޭ އިސްލާމް ދީނާ ދެކޮޅަށް އެތައް ވާހަކައެއް ލިޔެފައިވާތީ އެކަން ވަރަށް ބޮޑަށް ކުށްވެރި ކުރައްވާފައެވެ.

ފަވާޒް ވިދާޅުވީ އެރިޕޯޓް ކިޔުމަށްފަހު ޚާއްސަކޮށް ރާއްޖޭގެ އިސްލާމް މުގައްރަރުގެ މައްސޫލުވެރިންގެ ބަހެއް ދަރިވަރުންނަށާއި ބެލެނިވެރިންނަށް ވަރަށް މުހިންމު ކަމަށެވެ. ވަކިން ޚާއްސަކޮށް މިދުވަސްވަރަކީ އިސްލާމް މުގައްރަރު މުރާޖާކުރާ ދުވަސްވަރެއް ކަމުގައި ތައުލީމީ ވުޒާރާއިން ރައްޔިތުންގެ މަޖްލިސްގައި ވިދާޅުވެފައިވާތީ މިކަން އިތުރަށް ސާފުވުން މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.

މްޑީއެންގެ ރިޕޯޓުގައި ރާއްޖޭގެ އިސްލާމް މުގައްރަރާއި ގުޅުވައިގެން ދީނާ ދެކޮޅަށް ލިޔެފައިވާ ބައެއް ކަންކަންވެސް ޑރ. ފަވާޒް ވަނީ ފާހަގަ ކުރައްވާފައެވެ.

  1. އިސްލާމް ފޮތުގައި ދަރިންނަށް ﷲ ވޮޑިގެންވުން ކިޔަވައިދޭން ފަށަނީ ﷲ ވޮޑިގެންވުމަކީ ސުވާލު ނުއުފެދޭވަރަށް ޔަގީންވާކަމެއްކަމުގައި އޮތްއޮތުމާމެދު ސުވާލު އުފެދޭގޮތަށް އެރިޕޯޓުގައި ލިޔެފައިވުން
  2. ﷲ ވޮޑިގެންވާކަމުގެ ދަލީލަކީ ﷲ ގެ ކުޅަދުންވަންތަކަން ކަމުގަޔާއި އެކަލާންގެ ހަލްގު ކުރައްވާފައިވާ މަހްލޫގުންގެ ފުރިހަމަކަންކަމުން ކަމުގައި އިސްލާމް މުގައްރަރުގައި އޮތްއޮތުމާމެދު ސުވާލު އުފެދޭގޮތަށް އެރިޕޯޓުގައި ލިޔެފައިވުން
  3. ކީރިތި މާތް ނަބިއްޔާއަކީ އެހެން ހުރިހާ އިންސާނުންނަށްވުރެ މުސްލިމުން ލޯބިވާންވާ ފަރާތެއްކަމުގައި އިސްލާމް މުގައްރަރުގައި އޮތުމުން އެކަމާ އެރިޕޯޓުގައި ފާޑު ކިޔައިފައިވުން
  4. ކީރިތި މާތް ނަބިއްޔާއަކީ ހަރުކަށި ވިސްނުމުގެ ބޭފުޅެއްކަމަށް ދޭހަވާގޮތަށް އެރިޕޯޓުގައި ލިޔެފައިވުން
  5. މައްކާގެ މުޝްރިކުން ކީރިތި މާތް ނަބިއްޔާއަށް ކުރި އަނިޔާ އާއި ދުއްތުރާތައް އިސްލާމް މުގައްރަރުގައި އޮތުމުން އެކަމަކީ މާތް ނަބިއްޔާއަށް އިސްލާމުންގެ މެދުގައި ހަމްދަރުދީ އުފެދޭކަމެއްކަމަށާއި އެކަން އެގޮތައް އޮތުމުން މުސްލިމުން އެހެން ދީންތަކުގެ މީހުންނާ މެދު ނަފްތަރު އުފެދޭކަމަށް އެރިޕޯޓުގައި ލިޔެފައިވުން
  6. މައްކާގެ މުޝްރިކުން މުސްލިމުންނަށް ކުރި އަނިޔާ އާއި ދުއްތުރާތަައް އިސްލާމް މުގައްރަރުގައި އޮތުމުން އެކަމަކީ އިސްލާމުނަށް ހަމްދަރުދީ އުފެއްދުމަށް ލިޔެފައިވާ ބައެއްކަމަށާއި އޭގެ ސަބަބުން މުސްލިމުން އެހެން ދީންތަކުގެ މީހުންނާ މެދު ނަފްތަރު އުފެދޭކަމަށާއި ޒުވާނުން ޖިހާދަށް ފޯރިހުންނަކަމަށް އެރިޕޯޓުގައި ލިޔެފައިވުން
  7. އެއް މުސްލިމަކު އަނެއް މުސްލިކާ ލޯބިވާންވާނޭކަމަށް އިސްލާމް މުގައްރަރުގައި އޮތުމުން އެރިޕޯޓުގައި ފާޑު ކިޔައިފައިވުން
  8. ކީރިތި ޤުރުއާނުގައި ޔަހޫދީންނާއި ނަސާރާއިންނަކީ މުސްލިމުންނަށް އިހްލާސްތެރި ބަޔަކަށް ނުވާނެކަމަށް އޮތްއޮތުން އިސްލާމް މުގައްރަރުގައި އޮތުމުން އެކަން މިރިޕޯޓުގައި ކުށްވެރިކޮށްފައިއޮތުން
  9. އިސްރާ އާއި މިއުރާޖުގެ ހާދިސާ އަކީ ފުލޯކެއްގޮތުގައި ދޭހަވާގޮތައް އެރިޕޯޓުގައި ލިޔެފައިވުން
  10. އެއް ޖިންސުން ގުޅުންހިންގުމާއި ކައިވެނީގެ ކުރިން ގުޅުންހިންގުމާއި ކައިވެނީގެ ބޭރުން ގުޅުންހިންގުމަކީ އިސްލާމު ދީނުގައި ހުއްދަ ނޫން ކަންކަން ކަމުގައާއި އޭގެ ސަބަބުން މުޖްތަމައުއަށް ނޭދެވޭ އަސަރުކުރާނެކަމަށް އިސްލާމް މުގައްރަރުގައި އޮތްއޮތުމަށް އެރިޕޯޓުގައި ފާޑު ކިޔައިފައިވުން
  11. އިސްލާމީ ރިވެތި އަހްލާގު އިސްލާމު މުގައްރަރުގައި އޮތްއޮތުން ރަަގަޅު ނޫން ކަމުގަޔާއި މިބައި ކިޔައިދިނުން ރަގަޅީ ސިވިކް އެޑިއުކޭޝަން ނޫނީ އިންސާނީ ހައްގުތަކުގެގޮތުގައި ކަމުގައި އެރިޕޯޓުގައި ލިޔެފައިވުން
  12. މުސްލިމުންނަށް ހަރާން ކުރައްވާފައިވާ ޣީބަ ބުނުމާއި ދުރުވުމަށް އިސްލާމް މުގައްރަރުގައި ބަޔާންކޮށްފައި އޮތްއޮތުމަކީ އިންސާނީ ހައްގުތަކުގެ ތެރޭގައި ހިމެނޭ ހިޔާލުފާޅުކުރުމުގެ ހައްގު ނިގުޅައިގަނެވޭ ކަމެއްގެ ގޮތުގައި އެރިޕޯޓުގައި ލިޔެފައިވުން
  13. އެހެން ދީންތަކަކީ ސައްހަ ދީންތަކެއް ނޫންކަމަށް އިސްލާމް މުގައްރަރުގައި އޮތްއޮތުމަކީ ދަރިވަރުންގެ އެހެންދީންތަކާ ދޭތެރޭ އަމިއްލައަށް ވިސްނާ ޤަބޫލުކުރުމަށް އޮތް ހުރަހެއް ކަމުގައި އެރިޕޯޓުގައި ލިޔެފައިވުން
  14. އިސްލާމް ދީނަކީ ހައްގު ކަމުގައި އިސްލާމް މުގައްރަރުގައި އޮތްއޮތުމާ ދޭތެރޭ އެރިޕޯޓުގައި ފާޑު ކިޔައިފައިވުން
  15. އިސްލާމީ ފަލްސަފާއަކީ އޮތް ހަމައެކަނި ފުރިހަމަ ފަލްސަފާ ކަމުގައި އިސްލާމް މުގައްރަރުގައި އޮތްއޮތުމަކީ އެހެން ފަލްސަފާތަކާ ދެކޮޅު ކަމެއްކަމުގައި އެރިޕޯޓުގައި ލިޔެ މިކަމަށް ފާޑުކިޔުން
  16. އަލްމާނީ ފިކުރަކީ އިސްލާމް ދީނާ ދެކޮޅު ފިކުރެއް ކަމުގައި އިސްލާމް މުގައްރަރުގައި އޮތްއޮތުމާމެދު އެރިޕޯޓުގައި ފާޑު ކިޔައިފައިވުން

ޑރ. ފަވާޒް އެމްޑީއެންގެ ރިޕޯޓް ކުށްވެރި ކުރައްވާ ޚިޔާލުފާޅު ކުރައްވާފައިވާއިރު، އިސްލާމްދީނާއި ރަސޫލާ އަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކްއިން ނެރުނު ރިޕޯޓުގައި ހުރި ކަންކަމާ ގުޅޭ ވާހަކަ ނުދައްކަން ގައުމީ ޔުނިވާސިޓީގެ ލެކްޗަރާއިންނަށް ވަނީ އަންގާފައެވެ.

މިގޮތަށް ސަރުކާރުން އަންގާފައިވަނީ ގިނަ ޢިލްމުވެރިންތަކެއް ބައިވެރިވެގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީއެންގެ އިސް ފަރާތްތަކަށް ފިޔަވަޅު އަޅާ އެ ޖަމްޢިއްޔާ އުވާލުމަށް ގޮވާލާފައި ވަނިކޮށެވެ. މި ބައްދަލުވުމުގައި އެ ޔުނިވަރސިޓީގައި ގަޑިތައް ނަންގަވައިދެއްވާ ލެކްޗަރަރ އިންވެސް ހިމެނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. Anonymous

    ސާބަހޭ ތިއީ ދިވެހި ދަރިއެއް ޗާންސެލަރ ޑރ. ފަވާޒް ޝަރީފް.

    78
  2. އާމިނަ

    ޢިލްމަކީ އަމާނާތެއް.ޚާއްޞަކޮށް ދީނުގެ ޢިލްމު.
    ކިހިނެއްތޯ ހަނުތިބެން ހެޔޮވާނީ ﷲ ދީނަށާއި މާތް ނަބިއްޔާ ޞ. އަށް ފުރައްސާރަ ކުރެވެ
    މުންދާއިރު. ވެރިކަމަށް ގެނައީ ދުޢާދެއްވާފައި ހުރީމަ ހެޔޮވެރިކަން ކުރަން. ެެެެެެެެެެެެެެެެެެ ޤަމުއު ތަރައްޤީ ނުވަނީތަ އެހެންދީންތައް ނެތިއްޔާ. މީގެ ކުރީގައިވެސް މީހުން ވެރިކަން ކޮށްފި މިވަރު ކަމެއް ނުފެނެ ދިވެހި ރައްޔިތުންނަށް. ދުވަހެއްގައިވެސް ދުޢާދެއްވާފައިވާ ހުރި ވެރިއެއް ބޭނުމެއްނޫން. ގަޓް ރައީސް ބޭނުންވަނީ. ގަޓް މީހަކަށް ނޫނީ މިޙާލަތުން ޤައުމު ސަލާމަތް ނުކުރެވޭނެ. ސޯލިހުން ތިބެންވީ ގޭގައި. ގަޓް ހުރިމީހުންނާ ޤައުމު ޙަވާލު ކުރަންވީ.

    57
    1
  3. ށސޭކު

    ބިރުގަންފަ މިހާރުވެސް. ޜަށްރަށުގައި އެޖައްސަނީ ބޮޑެތި ހިނގާލުން. މިބައިގަނޑު ފިނިކޮޓަރީގައި ފިލާ. ޓްވިޓަރގައި މާ ދީންވެރިވެގެން

    36
  4. ފެނޭ

    ސާބަހޭ ދަރިޔާ!

    38
  5. ދޮންބެ

    މިއަކުދެން އިތުރަކަށް ދައްކާނެ ވާހަކައެއް، އިތުރަކަށް ކުރާނެ ތަޙްގީގެއް އެބައޮތްތޯ؟؟

    16
  6. ޚާން

    ތިޔޮއްތީ ތަހުޤީގު ނިމިފަ
    އަވަހައް ފިޔަވަޅު އަޅުއްވާ... ނަމުން ސލހ... ކަމުން ......

    14
  7. ާަާމަ

    ސާބަސް ޑރ. ފަވާޒް. ސާބިތުކަމާއެކު ތިގޮތުގައި ހުންނަވާ.

    18
    1
  8. ކޮމެންޓްކުރާމީހާ

    ސާބަހޭ....ތިޔަހެން ޕީ.އެޗް.ޑީ ހޯލްޑަރުން ތިބެންވާނީ....ޑރ.ފަވާޒުއަށް ﷲ ރަޙްމަތްލައްވާނދޭވެ..

    18
  9. ނަވާރަ

    މިހާފާޅުކަންބޮޑުގޮތެއްގަ މިރިޕޯޓް ލިޔެފަމިއޮތީ ޝައްކެތްނެތްގޮތުގަ ސަރުކާރުންމިކަމައް މަގުފަހިކޮއްދީގެން އެހެންނޫންނަމަ މިރިޕޯޓްލިޔުނުފަރާތްތަކާދޭތެރޭ ވަގުތުންފިޔަވަޅުއެޅީސް