އިސްލާމް ދީނަށާއި ރަސޫލާ (ސ.އ.ވ)އަށް ބަދު ބަސްބުނުގެ ފުރުސަތު ނުދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވެފައި ވަނީ ނިލަންދުއަތޮޅު ދެކުނުބުރިޔަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ހުޅުދެލީގެ ރައްޔިތުންނާ މުހާތަބުކޮށް ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ރާއްޖޭގައި އޮންނާނީ އިސްލާމް ދީން ކަމަށާއި އިސްލާމް ދީނަށް ގޮންޖަހައި ރަސޫލާއަށް މަލާމަތް ކުރުމަކީ ކޮށްގެން ނުވާނެ ކަމެއް ކަމަށެވެ.

ރައީސް މިހެން ވިދާޅުވެފައި ވަނީ މޯލްޑިވްސް ޑިމަކްރަސީ ނެޓްވޯކުން އިސްލާމް ދީނަށާއި ރަސޫލާ (ސ.އ.ވ) އަށް ފުރައްސާރަކޮށް ނެރެފައިވާ ރިޕޯޓާ ގުޅިގެން ގައުމު ހަލަބޮލިވެފައިވާ ދަނޑިވަޅެއްގައެވެ. އެ ޖަމިއްޔާއާ މެދު އެންމެ އެދެވޭ ފިޔަވަޅެއް މިހާތަނަށް އަޅައިފައި ނުނުމުން ގިނަ ބަޔަކު އަންނަނީ ސަރުކާރަށް އެކަން ހުއްޓުވައި އެ ޖަމިއްޔާއާމެދު ގާނޫނުގައ ލާޒިމްކުރާ ހައްގު ފިޔަވަޅު އެޅުމަށް ގޮވައިލަމުންނެވެ.

އަދި ރާއްޖޭގައި އިސްލާމް ދީނުގެ ނަމުގައި ފިތުނަ ފަސާދަ އުފެއްދުމަށް ޖާގައެއްވެސް ނުދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ބައެއް ފަރާތްތަކުން އިސްލާމް ދީނުގެ ނަމުގައި މުޖްތަމައު ހަލަބޮލިކޮށްފިތުނަ ފަސާދަ އުފެއްދުމަށް މަސައްކަތް ކުރަމުން ދާކަމަށްވެސް ގިނަ ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ. އަދި އެކަމުގައި ރާއްޖޭގައި ދީނީ އިލްުމެވިރިންގެ ތެރެއިން ބަޔަކު ހިމެނޭ ކަމަށްވެސް އެފަރާތްތަކުން ތުހުމަތު ކުރެއެވެ.

މީގެ އިތުރުން އެމަނިކުފާނުގެ ވާހަކަ ފުޅުގައި ވަނީ ދީނަށްޓަކާ ޖިހާދުކުރުމަށް ކަމަށްބުނެ ޓެރޮރިސްޓު ޖަމާއަތްތަކާ ގުޅޭ ފަރާތްތައް ކުއްވެރިކޮށް ރާއްޖޭގައި އެފަދަ ކަންކަމަށް ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެކަން ހުއްޓުވުމަށް އަޅުއްވަން ޖެހިވަޑައިގަންނަވާ ހުރިހާ ފިޔަވަޅެއް އަޅުއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

"އަޅުގަޑު ގަބޫލުކުރާ ގޮތުގައި ރާއްޖޭގެ އެއްވެސް ރައްޔިތަކު ނުޖެހޭ ސީރިޔާއަށް ގޮސް ހަނގުރާމަ ކުރާކަށް. އެއީކީއެއް ދިވެހިން ކުރަން ޖެހޭ ކަމެއް ނޫން. ސިރިއާގައި އަދި އަފްގާނިސްތާނުގައި އެކުރާ ހަނގުރާމަތަކަކީ ޓެރޮރިސްޓުން ކުރާ ކަމެއް. ދުނިޔެ ބަލައިގަންނަ ހަނގުރާމަތަކެއް ނޫން އެއީ. އެހެން ވީމާ އެތަންތަނުގައި ކުރާ ހަނގުރާމަތަކުގައި ރައްޔިތުން ބައިވެރި ވިޔަ ނުދިނުމަށްޓަކާ އެކަން ހުޓުވޭނެ ހުރިހާ ފިޔަވަޅެއް އަޅާނަން" ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

51 ކޮމެންޓް

  1. އާމިނަ

    ދެން ކެހެނެއްވޫ ފިޔަވަޅު ނޭޅިގެން މިއުޅެނޫ.
    ދީނޭ ފަޅޮލޭ ވިދާޅުވުން ހުއްޓާލައްވާ!
    ރައްޔިތުންނަށް ވ.ސާފް އެޖެންޑާ 19
    ޒީރޯ ޓޮލަރެންސް ވެސް.

    164
    1
  2. ކާފަ

    ދީނުގެ ނަމުގައި ވާހަކަ ދައްކާނީ ދީނީ އިލްމުވެރިން. ޢެމިހުން ދައްކަނީ އަމިއްލަ ވާހަކަ ކަމަށް ހީނުކުރާތި. ޤައުމު ހަލަބޮލިކުރީ ކޮންބައެއްކަން ބޭފުޅާއަށް ނޭނގުނު ކަމީ ވެރިކަމަށް ކުފޫ ހަމަނުވާކަމުގެ ހެއްކެއް.

    167
    2
  3. ސަމީ

    ފުރުޞަތު ނުދޭނަމޭ ކިޔަ ކިޔާ ހުންނަންތަ އެގެނީ ކީއްވެތަ ކަމެއް ނުކުރެވިގެން ތިޔަ އުޅެނީ، އެކަނ ކުރިމީހުން މިހާރުވެސް އެއުޅެނީ މުއައްސަސާ ތަކުގަވެސް ، ހީވާކަހަލަ އެކަން ކުރި މީހުން އަދިވެސް ނޭންގިގެން އުޅޭހެން، އަހަރުމެން މަޑުން ތިބޭނޭ ހީވެސް ނުކުރާތި،

    150
    2
    • އަހޫ

      ކަލޭމެން ތިބޭނީ ހަމަ މަޑުން. މާދަމާ އަޔަސް ވޯޓުވެސް ލާނެ.

      52
      3
  4. ސސ

    ތިހެން ކިޔަކިޔާ ހުންނަނީތަ؟ ކަމެއް ނުކުރޭ

    127
    1
  5. ސަމް

    ފުރުސަތު ދެެއްވީމަ ދެއްތޯ ކުރިން ރިޕޯރޓް ނެރުނީ

    92
    5
  6. ސަމީ

    ދުނިޔެ ޤަބޫލު ކުރީމަ އެހަގުރާމައެއް އެއީ ރަނގަޅު ހަގުރާމައެއްކަމަށް ވީ ކޮން ހަމައަކުތޯ، އަދި ދުނިޔެ ޤަބޫލު ނުކުރާ ހަނގުރާމަ އެއީ ޓެރަރިސްޓުން ގެ ހަގުރާމަ އަކަށްވީވެސް ކޮން ހަމައަކުންބާ ، ކިޔޭ ނުކިޔޭ އެއްޗެއް އެބަ އިނގޭބާ

    111
    2
  7. ޖާނު

    ގައުމު ހަލަބޮލި ކުރަނީ ދީނީ އިލްމު ވެރިންބާ،! ޢެމް ޑީ ޕީ އަށް ތާއީދު ކުރާ ގުންޑާއިން ތިކަހަލަ ރިޕޯޓް ތަށް ނެރެގެން ކަން ފަހުމުވާވަރުގެ ހޭވެރިކަމެއްގާ ބާ ތިހިރީ! ޢިސްލާމް ދީނޭ ފަޅޮލޭ ކިޔަ ކިޔާ ހުރީމާ އެއޮތީވެފާ!

    101
    1
  8. ނުވާނެ

    ކަލެޔަކަށް ތިކަމެއްނުވާނެ ވާނެނަމަ ކަލޭ ސިއްކަގެ ދަރިޔަކާ އިނދެގެން ނޫޅޭނެ ކަލޯ ކަލޭތި އެމް ޑީ ޕީ އިން ރައީސް އޮފީހުގައި ބަހައްޓާފަހުރި ފޮޓޯއެއް ކެނެރީގޭ ގުންޑާ ހުރިހާ ރޭވުމެއްރާވާ ހިންގަނީ ގަމާރާ.....

    92
    1
  9. Anonymous

    މިއީ ހަމަ ގަންޖާ ބޯ ކަހަލަ ވާނުވާ ނޭގޭ އެއްޗެއް. މި ދީނައް ފުރައްސާރަ ކުރަން ހުރިހާ ކަމެއް މަގު ފަހި ކޮއްދީފަ ތިބުނަނީ ނުދޭނަމޭ. ދޮޅު ރޯނާ ވެފަތަ ތިހުރީ

    83
    1
  10. ކައި

    މިގޮލާ މިހެން ބުނީމެ އިޔާޒު ކަލޭ އަތް ޖަހާނެ. ފަހަތުން ދެނއ ހުރި ކަލޭގެ ޖަހާނެ އެއަށްވުރެ ބާރަށް. ޢެއްކަލަ ގްރޫޕް ބިރުގަންފަ މިހާރުވެސް. ޜަށްރަށުގައި އެޖައްސަނީ ބޮޑެތި ހިނގާލުން. މިބައިގަނޑު ފިނިކޮޓަރީގައި ފިލާ. ޓްވިޓަރގައި މާ ދީންވެރިވެގެން

    64
  11. Anonymous

    މިއީ ކުފޫ ހަމަނުވާ ތަންދޮރު ނޭގޭ މީހުނާ ޒިންމާ ދާރު މަގާމް ހަވާލް ކުރީމަ ވާގޮތް

    76
    1
  12. ހުސެން

    އެމްޑީއެން ގެ ވާހަކަ މިވަގުތަށް މުހިންމީ ައދި އެދެވޭ ޖަވާބެއް އަމަލެއް މަނިކުފާނަކަށް ނުދެއްކޭ.ސީދާ އެމްޑީއެން ގެ މައްސަލައިގައި މި ވަގުތު ވާހަކަދައްކަވާ،
    ދީނަށް ފުރަސްދާރަކޮށް ޙުތުބާ އަށް ހޮޓުބާ ކިޔައި ހެދި މީހުންް އެބަތިބި ރައީސް އޮފީހުގައި އެމީހުން ބޭރުކުރޭ ،ޤާނޫނީ ފިޔަވަޅު އަޅާށޭ.މައުޟޫއަކީ މިވަގުތު އެމްޑީއެން އިނގޭތޯ

    63
  13. ބުރޯ

    ދީނަށާ ރަސޫލާއަށް ފުރައްސާރަ ކޮށް ޖަމުއިއްޔާއަކުން ލިއެވޭ ލިއުމެއްގެ ސަބަބުން އެޖަމްއިއްޔާއެއް އުވާ ލެވޭނެ ކަމަށް ޖަމުއިއްޔާތަކުގެ ގަވާއިދުގަ ލިޔެވިފަ އޮއްވާ އެ ގަވާއިދުގެ ދަށުން އެޖަމްއިއްޔާ އުވާނުލައިފިނަމަ އެގަވާއިދު ތަންފީޒުކުރަން ހުންނެވި ބޭފުޅަކަށްސް އެފުރައްސާރައިގަ ބައިވެރިވެވުމުގެ ހުކުމް އަންނާނެ ކަން ކަށަވަރު . ސަބަބކީ ޖަމްއިއްޔާތަކުގެ ގަވާއިދަކީ ގާނޫނުގެ ބަޔަކަށް ވާކަން. ގައުމުގެ ވެރިކަމަށް އިސްކުރެވޭ ބޭފުޅަކީ މިހާރުގެ ގާނޫނުއަސާސީގެ މަފްހޫމަށް ބަލާއިރު ގާނޫނު ތަންފީޒު ކުރުމުގެ ބެލެނިވެރިފަރާތް ކަމުގައިވާކަން.

    56
  14. ހިތި ކަރުނަ

    ތެދެ އް! ދީނަށާއި ރަސޫލާއަށް ބަދުބަސް ބުނުމުގެ ފުރުސަތެ އް ނުދޭނެ! ޙަމަ އެއ އާ އެކު ބަދުބަސް ބުނާވާހަކަ ދެ އްކިޔަވެސް ނުދޭނެ!! ރީ އްޗެ އް ނޫން! ފުރަތަމަ އިނުންވެސް ބަލާނީ ބަދުބަސް ބުނާވާހަކަ ދަ އްކާ މީހުންގެ ވާހަކަ! އެ އީ މިސަރުކާރަށް ކަންކުރެވެން އޮތް ގޮތަކީ!! واليلام

    25
  15. ޢަލީ

    މި އަށްވުރެ ބޮޑަކަށް ނުދެވޭނެ، މި އޮތީ ސޭލް އަޅުވާފަ ކޮންވާހަކަ އެއ އް އިސްތި އުފާދެ އްވާ

    36
    1
  16. ހުސޭނުބޭ

    ތިކަމެއްނޭގެ މުނާފިޤާ! ދީނަށް ފުރައްސާރަކުރާ މީހުންނަށް ރައީސް އޮފީހުން ބޮޑެތި މަޤާމުތައް ދީފައި މަހަކު 40 ހާސް ރުފިޔާވެސް ދޭ! އަދި ނުވިތާކަށް ދީނަށް ފުރައްސާރަކުރާ މީހުން ޓެރަރިޒަމްގެ ޤާނޫނުގެދަށުން ވަނީ ހިމާޔަތްދީފައި. ދީނަށް ފުރައްސާރަކުރާ މީހަކާ ދެކޮޅަށް އެއްޗެއް ބުނާ މީހަކުވިއްޔާ ހިފާ ހައްޔަރުކުރޭ! ނަމުން ޞާލިޙް. ޢަމަލުން މުނާފިޤު!

    43
  17. ފިލާވަޅު

    މުނާފިގު ވާހަކަ ނުދައްކާ އމަލުން އެކަން ދައްކާ!!!

    47
  18. މަަކަރުވެރި ޕާޓީ ޑީޕީ

    ނަޝީދު ރަސޫލާއަށާއި ދީނަށް ފުރައްސާރަ ކުރިއިރު ހުރީ ކައިރީގައި އެއާ ދެކޮޅަށް އެއްޗެއް ނުބުނެ. ތިއީ ރައްޔިތުން ހަމަޖައްސާލަން ބުނާ ވާހަކައެއް.

    42
  19. ޙަސަނާ

    ކޮންވާހަކައެއް މިހާރުތިދައްކަނީ މިއުޅެނީބަޔަކުތަނަކައް ހަނގުރާމައައްގޮސްގެންނެއްނޫން މިއުޅެނީ އިސްލާމްދީނަށާ ލޮބުވެތި މާތްރަސޫލާއައް ފާޑެއްގެ އެމް ޑީއެން އޭ ކިޔާޖަމިއްޔާއަކުން ނެރުނުރިޕޯޓެއްގަ ޖޯކުޖަހާފައޮވެގެން

    35
  20. އިބޫ ބެ

    ރަތްއިތުން ދެންް ހައްދަންނޫޅޭ މިހާރު ކޮންވާހަކައެ ތިދައްކަނީ . މެމްޑީއެން އޮވާލަން ނުކެރުނުމީހަކު. އަދިވެސް ތިއަންގަމުންދަނީ ރައީސްއޮފީހުން ދީންދިފާއުކޮއް އެނުބައި ބައިގަނޑުގެ ވާހަކަދައްކާ މީހުންގެ އަގަބަން ދުކުރާވާހަކަ ދެން ކޮން ވާހަކައެ ތިތައްކަނީ.

    32
  21. ހާލާ

    ކޮލޯ މި ިބުރާހީމް މީ ބޯ ހަމަޖެހޭ މީހެއްތަ؟

    34
    • ާވިޖާ

      ނޫން، ތިޔައީ ކެނެރީސައިތާން ސޮނިފުހެން ގެންގުޅޭ އެއްޗެއް

  22. ހަކީމާބޯ

    ބުނެފި! ދެން ފިޔަވަޅު އަޅަންވީނުންތޯ؟ ނަޝީދު އަދި އޭނާގެ ބައިވެރިން ދެކެ ބިރުން ނުހުރެ ގައުމުގެ ހައްގުގައި މަސައްކަތް ކޮށްބަލަ!

    33
  23. ރައްޔިތު

    ރައީސް ހާދަ ސްލޯއޭ. ރައީސަށް ވާހަކަފުޅެއް ތިޔަ ވިދާޅުވެވުނީ ތިޔަ ސްޓޯރީ ނިމި އެކަނިވެރި މައިންގެ 10000 ގެ ވާހަކަ ފެށިފަހުން.

    30
    1
  24. ރައްޔިތުމީހާ

    ނުދޭނަން ނުދޭނަން ކިޔަކިޔާ ހުންނަވަނީ ޢަމަލަކުން ނުދެ އްކެވެ. މިހާރުން މިހާރަށް އެޖަމްޢިއްޔާ އުވާލަންވީ. އެގްރޫޕް ސަރުކާރުން ވަކިކުރަންވީ.

    36
  25. އިބްރާހިމް

    ރައްޔިތުންނޭވެ. މީނައަކީވެސް އިސްލާމްދީން ހިމާޔަތްކުރާނެ މީހެއްނޫނެވެ. ދީނާ ދެކޮޅަށް ވާހަކަދައްކާ މީހުން ހިމާޔަތްކުރާ މީހެކެވެ. މިބައިގަނޑު ވަނީ ރައްޔިތުންނަށް ދޮގު ވިއްކައިގެން ވެރިކަން ހޯދާފައެވެ. ކުރީގެ ރައީސްގެ އެއްވެސް މައްސަލައެއް އަދިވެސް ނުދެއްކެއެވެ. ނެތެވެ.

    36
  26. އަފީ

    ދިވެހި ޕާސްޕޯޓަކީ ދިވެހިސަރުކާރުގެ މިލްކެއް! އެމްބަސީތަކުން ޕާސްޕޯޓް ހައްދާދިނުމަށް އެދެނީ އެ ގައުމެއްގައި ކިޔަވަން ނުވަތަ އެހެން ކަމެއްގައި އުޅެންޖެހުމުން މަސްދުވަހަށްވުރެ ގިން ދުވަސްވީމަ އެމްބަސީގެ އެހީގައި ޕާސްޕޯޓް މި ހެދެނީ! ސަހިންދާ އިސްމާއިލްގެ ޕާސްޕޯޓް ހައްދާ ދިނުމަށް ޖަރުމަނުގެ އެމްބަސީ އިން އިމިގްރޭސަންގައި މި އެދުނީ ކީއްވެގެންތޯ؟ އަދި އިމިގްރޭސަނުން ސަހިންދާ އިސްމާއިލްގެ ޕާސް ހައްދާދިނީ ކީއްވެތޯ؟ މިކަން މިހެން ހިގިކަން ހުދު އިބުރާހީމް މުހައްމަދު ސޯލިހަށް ހަމަ ނޭގުނީތޯ؟ މި ސަރުކާރުގެ ވެރިއަކަށްވެސް ނޭގުނީތީތޯ؟ ދެން އިސްލާމް ދީނަށާއި ރަސޫލާއަށް ބަދު ބަސްބުނުގެ ފުރުސަތު ނުދެއްވާނެ ކަމަށް އިބުރާހިމް މުހައްމަދު ސޯލިހު ބުނީމަ އަންނަނީ ހިނި!

    27
  27. ޖަނބެ

    ޕަޕެޓް ރައީސް

    26
  28. ނަގޫރޯޅި

    އެންމެ ބޮޑެތި މުނާފިގުންގެ ސިފައަކީ ކުރިމަތީގަ ވަރައް ހެޔޮއެދިގެން ސޯލިހުކަމައްވެ ވާހަކަ ދައްކާ ޔަގީންކަންދީފަ، ފުރަގަހުން ވަޅިޖެހުން.

    ދީނައް ފުރައްސާރަ ކުރާކައް ފުރުސަތެއްނުދޭނަމޯ، އެކަމު ކުރިމީހުންނަށް ފިޔަވަޅެއް ނޭޅުނު. ހައްތަހާވެސް ދުވަނީ މިނިވަން ފިކުރުގެ މީހަކާ ދިމާލައް އެއްޗެކޭބުނެފިއްޔާ އެމީހަކު ހުރިތަނަކުން އުފުރާލުން.

    27
  29. ރާނީ

    ދޮގު ނުހަދާ ނަމުން ޞާލިޙު ކަމުން ލާދީނީ ވެރިޔާ ތިމީހުން ނަކީ އަބަދުވެސް އިސްލާމް ދީނާ ދެކޮޅު މީހުން ރަސޫލާ އަށާއި އިސްލާމް ދީނަށް ފުރައްސާރަ ކޮށްކޮށް ތިބޭނެ މީހުން

    26
  30. ވިންޑޭ

    އިބޫއެވެ. މަތިއޮމާންކޮށްފަ ވާހަކަ ދެއްކުމަކުން
    ނުފުދެއެވެ. ހުދު އިބޫގެ އަންހެން ވެސް ތާއީދުކުރަނީ ޝަހިންދާ އަށާއި ޝަހިންދާގެ ވަށައިގެން އިބިލީހުން ފަދައިން އެބުރިގެން ތިބި މީހުންނަށެވެ. ކޮމިޝަނަރު ކަމުގައި އެހެރެ ފެންނަނީ ވެސް ޅިޔަނެކެވެ. ސޯޝަލް މީޑިޔާގައި ތާނަ އަކުރުން ދިވެހި ބަހުން ރަސޫލާއަށާއި ﷲ އަށް ވެރިރައްބަށް ނިސްބަތް ކޮށް އެކިއެކި ނުބާ ވާހަކަތައް ދައްކާފަވާ އެކައުންޓްތަކާއި އެތަކެތި އޮޕަރޭޓް ކުރާ މީހުން ނުހޯދި ނުވަތަ ފިޔަވަޅު ނޭޅި އޮތުމަކީ އިބޫގެ ބޮޑު ވެއްޓުމެކެވެ. ނޫނީ އެކަމުގައި ބައިވެރިވެ އެމީހުންނަށް ހިމާޔަތްދޭ ކަމުގެ ފުރިހަމަ ދަލީލެކެވެ.

    30
  31. ސަޅިބައިސާ

    ސަޅިބައިސާއަކުން ނުފުދޭނެ. އަމަލުން ދައްކާ. އެ ޖަމާޢަތް މިހާރުން މިހާރަށް އުވާލާ. ކުށްވެރިންގެ މައްސަލަ ގާނޫނީ ހަމަތަކުގެ ބަލައި ޝަރީޢަތަށް ފޮނުވާ.

    23
  32. ވަގުކިނބޫ

    ގުނބޯ ރައީސް ފުރުޞަތެއްވާ ނުދޭ އެހެންވިއްޔާ ސަހިންދާ ހައްޔަރުކޮއްފަ ސައްމާނު ދޫކޮށްލާ

    25
  33. ވާނުވާމީހާ

    ފިރޯނުވެސް ބުނި ދޯ ބިންމަތީ ފަސާދަ ކުރިޔަކަ ނުދޭނަމޭ، މިވެސް ފިރޯނެއް. ދެން އުޅޭނެ މަޖިލިސް ރައީސް ހާމާނު. ގައުމު ހިންގަނީ ފިރުއައުނާ ހާމާނު

    19
  34. ޖަޒީރާ ބޯއީ

    ދެންތާފިލާ ނޯވެވޭނެކަން ޔަގީންވީމާ ދީނޭކިޔައިގެން މިތެޅިގަތީ. ކޮބާ މިއޮތްހާއިރު. އަދިވެސް ތިޔަކިޔަނީ ފުރުސަތެއް ނުދޭނަމޭ. މައްސަލަބަލަން ނޭންގިގެންތިޔައުޅެނީ ކީއްވެކަން ރައްޔަތުންނަށް އެގޭ.

    16
  35. Anonymous

    ބަހާ އަމަލާ ދިމާނުވާ ރައީސެއް މިހާރު މިއުޅެނީ.

    19
  36. އިކްރާމް އަބުދުއްސައްތާރު

    މި ފަދަ ޓެރަރިސްޓުން އެބަޖެހޭ ސައިޒުކުރަން... މުޖު ތަމައުގައި ހަމަނުޖެހުން އުފެއްދުމަ މިކަނބުލޭގެ މިދައްކާ ވާހަކަ ބަލައި ފިޔަވަޅު އަޅަން..

    މީހުންގެ މެދުގައި ނަފުރަތު އުފެއްދުމަށް މިފަނަ ނުބައި ނުލަފާ ކަން ކުރުމަށް ފަހުގަވެސް..މިކަނބުލޭގެ ޖެހިލުމެއް ނެތި ފިތުނަ ވެރި ވެވޭނެ ހުރިހާ މަގެއްފަހިވާގޮތަށް... އާންމުން ގެ ނަފުރަތު އިތުރުވާގޮތަށް ވާހަކަ ދެއްކުމަކީ މީ އީ ޓެރަރިޒަމް ޤާނޫނުން ސީދާ ފިޔަވަޅު އެޅޭނެކަމެއް...

    ވީމާ، މިކަނބުލޭގެ (ފެންހިދާ ނުވަތަ ސަހިންދާ ނުވަތަ ދީން ހިންދާ) ގެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ކަމާބެހޭ މުވައްސަސާތަކުގެ ފަރާތުން އެދެން...

    14
  37. ޢަލީ

    ބަލަ މިހިރަ ގަމާރު ރައީސޫ. ކަލެއަކަށް ނުފެނޭތަ ނުއިވޭތަ ރަސޫލާއަށް ފާޅުކަންބޮޑު ރޯމާދުވާލު އެމްޑީޕީގެ އަނދިރި ގްރޫޕް މީހުން ދުއްތުރާކޮށް ފުރައްސާރަކޮށް ބަދުބަސް ބުނިތަން. ކަލޭ ކަނުތަ މަންމަނުތަ؟ ހަމަ ބަދުބަސް ބުނާއިރު ފުރުޞަތެއް ނުދޭނަމޭ. ތީ އަރަތެއްތަ؟ އަހަރެމެން ހަރުއަޑުން މިގޮވަނީ ތިޔަ ޖަމްއިއްޔާ އުވާލާށޭ. ދެން ހަމަ އެނޭވާ ކަލޭ ބުނާނެ ދީނުގެ ނަމުގަ ހައްދުފަހަނައެޅުމަށް ވެސް ފުރުސަތު ނުދޭނަމޭ. ކަލޭމެން އެމްޑީޕީ އަނދިރި ގްރޫޕް މީހުން ރާވަނީ މިރާއްޖޭގައި ތިބި ދީނީ ޢިލްމުވެރިން ކަސްތޮޅު އަޅުވަން. ނަމަ ނަމަ ކަލޭ އިލްމުވެރިންނާ ނުކުޅޭތި. ކަލޭގެ ފިނޑިކަން ބަލާބަލަ. މިހާދުވަސް ވީއިރުވެސް ކަލެއަކަށް ނުކެރުން އަމުރު މައުރޫފެއް ހިންގަން މި ގްރޫޕް ގަނޑު އުވާލަން. ޝެހިންދަ ނިކަން ފާޅުކަން ބޮޑުކޮށް ޗެލެންޖް ކުރަނީ. އަދި ކަލޭމެން ތަހްޤީގުކުރަނިއްޔޭ ކިޔާފަ އެ މީހާ ފުރުވިކަންވެސް އަހަރެމެން ވަރަށް ގާތުން ބަލަން މިތިބީ.

    17
  38. އަބްދޫ

    ފުރައްސާރަ ކުރާމީހާއާއި ތޢިދު ކުރާމީހާ އާ ހަމަހަމަ

    14
  39. އާރު

    އިބޫވެސް އަނގައޮތީމާ ހަމަ ވިދާޅުވަނީތޯ. ތިޔަވިދާޅުވަނީ ކޮންމެފަހަރަކުވެސް ފުރުސަތެއް ނުދޭނަމޭ. ޢެކަމަކު އެދަނީ ބުނަމުން. ޙައްތާވެސް ދެން ޖަހާބަލަ. ޖެހީމާ ވެއްޓޭނެ. ތެދުވެ ވެލިފޮޅާލާފަ މިބުނަނީ ދެންޖަހާބަލާށޭ. އިބޫވެސް މިލިސްޓަށްތޯ؟

  40. ރާއްޖެ

    ވާނުވާ ނޭނގޭ ރައީސެއް.

  41. ތައްހާނު

    މީ ހަމަ ބީތާވެފަ ހުރި އް

  42. ހުސެން

    ދެން ކީއްވެ ސީރިއާ އަށް ދިޔަ ދިވެހި ޓެރަރިސްޓުން ތި ގެންނަނީ ކީއްވެޔޯ؟ބުނެބަލަ

  43. Anonymous

    ލާދީނީ ރައިސް އިސްތިއުފާ

  44. Anonymous

    ފިޔަވަޅު އަޅާ އަޅާ ހުރެ ބަލާ

  45. Anonymous

    މަ ނުދެކެން މިހާ ހަތާތް ކުޑަ އާދަމުގެ ދަރިއަކު.

  46. ޢިޔާބު

    ތީގެންވެސް ތި އެގުނީ އިބޫ އިސްތިއުފާ ދޭންޖެހޭކަން. ދީނަށް މަލާމާތް ކުރާއިރުވެސް އަދިވެސް ތިހެން ކިޔާ

  47. ޜ. ސޯލިޙް

    ޢެމް ޑީ އެން އަށާ ޝަހިންދާ އަށް ބަދުބަސް ބުނިޔަކަ ނުދޭނަން.

  48. އަސްލު ސިފަ

    ޢިބޫ ކީއްވެ ސަހިންދާ ކުއްވެރި ނުކުރެވިގެން ތިޔަ އުޅެނީ. ޢެމް ޑީ ޕީ އަކީ އަބަދުވެސް މި ޤައުމުގާ އެހެން ދީންތައް ފަތުރަން މަސައްކަތްކުރާ ބައެއް. ނަޝީދަކީ އަބަދުވެސް ވަކަރަށް ޖަހާ އެހެން މީހުންލައްވާ ލާދީނީ ވާހަކަދެއްކުން.

  49. ޢަބުދުﷲ

    އިސްލާމް ދީނަށާ ދިވެހިރައްޔިތުނަނައް މިލޮޓަދިނީ ސިޔާސީ ފަސްވަރަކައް ގަމާރުންނާ ތިންވަރަކައް އިލްމުވެރިންނޭ ކިޔާ ބައިގަނޑެއް!!