ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ނިލަންދެ އަތޮޅު ދެކުނުބުރިއަށް ކުރައްވާ ދަތުރުފުޅެއްގައި އެ އަތޮޅު ހުޅުދެއްޔަށް މިއަދު ވަޑައިގަންނަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ހުޅުދެއްޔަށް ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. މި ޒިޔާރަތުގައި އެމަނިކުފާނު ވަނީ އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.

ރައީސް އެރަށިގެ ރައްޔިތުންނާ މިހާތަބުކޮށް ދެއްކެވި ވާހަކަފުޅުގައި ވަނީ މޯލްޑިވްސް ޑިމްކްރަސީ ނެޓްވޯކުން ނެރެފައިވާ ރިޕޯޓަށް އަލިއަޅުވާލައިފައެވެ. އެމަނިކުފާނު ވިދާޅުވީ އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް ބަދުބަސް ބުނުމުގެ ފުރުސަތެއް ނުދެއްވާނެ ކަަަމަށެވެ. އަދި އިސްލާމް ދީނުގެ ނަމުގައި ނަަމުމުގައި ފިތުނަ ފަސާދަ އުފެއްދުމަށް ފުރުސަތު ނުދެއްވާނެ ކަން އެމަނިކުފާނު ވަނީ ފާހގަކުރައްވާފައެވެ.

ަމީގެ އިތުރުން އެމަނިކުފާނު ވަނީ ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ބަޔަކު ސީރިއާއަށް ޖިހާދުކުރުމަށް ދާކަން ފާހަގަކުރައްވައި އެކަން ކުވެރި ކޮށްފައެވެ. ރައީސް ވިދާޅުވީ އެފަދަ ކަންކަން ހުއްޓުވުަށް އެޅެންހުރި ހުރިހާ ފިޔަވަޅެއް އަޅުއްވަނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ދ. ހުޅުދެއްޔާ ކުޑަހުވަދޫއަށް ޒިޔާރަތްކުރައްވައި އެ ދެރަށުގެ ކައުންސިލާއި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައިވެއެވެ. އަދި ދ އަތޮޅު ކައުންސިލާ ބައްދަލުކުރެއްވުމުގެ އިތުރުން ދ. އަތޮޅު ހޮސްޕިޓަލަށް 50 އަހަރު ފުރުން ފާހަރަކުރުމަށް ބާއްވަވާ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވުމަށް ވެސް ހަމަޖެހިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބުހާރީ

    ސެލްފީ ނަގަން މޮޅު ސަރުކާރު.. ގުބޯ ހައްދަން އެއްވަނަ ސަރުކާރު.. އަދުން އަޅުވަން ލާމަސީލު ސަރުކާރު.. ވައުދު ފުއްދަން ނުކުޅެދުނު ސަރުކާރު.. 31 ބިލިޔަން ރުފިޔާ 6 މަސްދުވަހުން މަޅާލި ސަރުކާރު.. ސާލިހު ކަމުންގޮސް ރައްޔިތުން ހަނާ ކޮއްލި ސަރުކާރު.. މުޅި އަހަރު ދުވަހު ހިންގުނު ބިޔަ މަޝްއޫގެ ދަށުން ވެލައެއް ސަލާމަތްކޮށްލި ސަރުކާރު.. އެކަނި ވެރިމައިންނަށް ދޭ އެލަވަންސް ޖުހާ ގެ ޖޯކަށް ހެދި ސަރުކާރު..

    11