މިދިޔަ ސެޕްޓެމްބަރު މަސް ތެރޭގައި މާލޭގައި ހިނގައިދިޔަ ހިތާމަވެރި ދެ އަލިފާނުގެ ހާދިސާގެ ސަބަބުން ނުރައްކާތެރި ކެމިކަލް އެތެރެ ކުރުމުގެ ހުއްދަ ދޫކުރުން ވަގުތީ ގޮތުން މެދުކަނޑާލުމަށްފަހު އަނެއްކާވެސް ދޭން ފަށައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ނުރައްކާތެރި ކެމިކަލް ރާއްޖެ އެތެރެކޮށް ގުދަން ކުރުމުގެ ގަވާއިދެއް އެކުލަވާލައި މިހާރު ޝާއިއު ކުރެވިފައި އޮތުމާއެކު، ރައްކާތެރިކަމަށް އަޅަން ޖެހޭ ޚާއްސަ ފިޔަވަޅުތަކެއް އެޅުމުގެ އިންތިޒާމު ހަމަޖައްސައިގެން މާލެ ފިޔަވައި އެހެން ރަށްރަށުގައި ގުދަން ކުރާ ނަމަ އެފަދަ ކެމިކަލް އެތެރެކުރުމުގެ ހުއްދަ މިއަދުން ފެށިގެން ދޫކުރަމުން ގެންދާނެ ކަމަށެވެ.

ކެމިކަލް ގުދަންތަކެއްގައި ރޯވެގެން މިދިޔަ މަހުގެ 30 ވަނަ ދުވަހު މާލޭގައި ހިނގައިދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ހަތަރުގެއެއް ވަނީ އަނދާ ހުލިވެފައެވެ. އަދި ރައްޔިތުންގެ މުދަލަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. އެހާދިސާގައި އަންހެނަކުވެސް ނިޔާވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފުއާދު

    ހުރިހާ ގުދަނެއް މިހާރު ހުންނާނީ ތިލަ ފުށީގަ .ކެމިކަލް ތައް ހުންނާނީ މާލޭގެ .ކެމިކަލް ތައް ނެތޭ މާލެއިން ގެންދެވޭކައް..ގިނައީ މެމްބަރުން ނާ ގުޅުން އޮންނަ ކުންފުނިތައް.

  2. މޮލަ

    ކަމެއް ވާއިރައް ވަރައް ބާރުލާފަ ބުނާނެ ދެން ނުކެރޭނެ އެހެން ވާކައް .މިހާ އަވަހައް ހަދާން ނެތިގެން ދިޔައީ ވީގޮތް..މިދެން ބޮޑުވަރު..

  3. ހުސޭނުބޭ

    އެގޮތަށް އެތެރެކުރާ ކެމިކަލް މިހާރު މުލިއާގޭގައި ރައްކާތެރިކޮށްދެނީބާ!