ޑޮކްޓަރަށް ދައްކަން ދިޔަ މީހަކު އައިޖީއެމްއެޗު ކައިރީގައި ބަހައްޓަފައި ދިޔަ ސައިކަލެއް ގެއްލިގެން ހޯދިއިރު ސައިކަލު ހުރީ އޯކިޑު މަގުގައި ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ސައިކަލް ގެއްލިގެން މާފަންނުގައި ހުންނަ ޕޮލިސް ސްޓޭޝަނުންނާއި ފުލުހުންގެ ކޮމާންޑް ސެންޓަރުން ގުޅިގެން ސީސީޓީވީ ފޮޓޭޖްގެ އެހީގައި ހޯދައިފައިވާކަމަށެވެ. އަދި އެ ސައިކަލު ދުއްވި 43 އަހަރުގެ ފިރިހެންކު މިހާރު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާއިރު ފުލުހުން ވިދާޅުވީ މާލޭގައި ސައިކަލުތައް ވަގަށް ނައިގައިގެން ފުލުހުންނަށް ގިނަ ބަޔަކު ރިޕޯޓުކުރަމުންދާ ކަމަށެވެ. އަދި އެފަދަ ފަރާތްތައް ހޯދައި އެމީހުންނާ މެދު ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މިފަދަ ކަންކަން ގިނައިން ދިމާވަނީ ސައިކަލުގައި ތަޅުދަނޑި ޖަހައިފައި ބަހައްޓާފައި ދިއުމުން ކަމަށާއި ސައިކަލުފަދަ އަގުބޮޑުތަކެއްޗަށް އާންމުން ބަލަހައްޓާވަރު އިތުރުކުރަން ޖެހޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު