ދެކުނުގެ ހަތަރު އަތޮޅަށް ބޯކޮށް ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ ލ. އަތޮޅާއި ހުވަދު އަތޮޅުގެ އިތުރުން ފުވައްމުލަކާއި އައްޑޫ އަތޮޅަށެވެ. އެގޮތުން އެ އަތޮޅުތަކަށް ސަމާލު ނެރެފައިވަނީ މިއަދު ހަވީރު 17:00 އިން ފެށިގެން މިރޭ 22:00 އާ ހަމައަށެވެ. މި މުއްދަތުގެ ތެރޭގައި މި އަތޮޅުތަކަށް ގުގުރުމަާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް އެ އިދާރާއިން ލަފާކޮށްފައިވެއެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް މުޅި ރާއްޖޭގެ މޫސުން ލަފާކުރާ ގޮތަށް ބަލާއިރު މުޅި ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ވިއްސާރަކުރުން އެކަށީގެންވެއެވެ. އަދި ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން، އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް މެޓް އޮފީހުން ލަފާ ކުރެއެވެ. މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 35 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް ބުނެފައިވެއެވެ.

ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަވާނެ އެވެ.

 

ކިޔުންތެރިންގެ ހިޔާލު