ސީރިއާ ގައި ކުރަމުންދަނީ ޓެރަރިސްޓު ހަމަލާއެއް ކަމަށާއި، އެގައުމަށް ހަނގުރާމަކުރަން ދިވެހިން ދާކަށް ނުޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދ.ހުޅުދެލި ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ސޯލިހު ވިދާޅުވީ ސީރިޔާގައި ކުރަމުންދާ ހަނގުރާމައިގައި ދިވެހި އެއްވެސް ރައްޔިތަކު ބައިވެރިވާން ނުޖެހޭ ކަމަށާއި އެއީ ދިވެހިން ކުރަންޖެހޭ ކަމެއް ނޫން ކަމަށެވެ.

"ސީރިޔާގައި އަފްގާނިސްތާނުގައި އެކުރާ ހަނގުރާމަތަކަކީ ޓެރަރިސްޓު ހަނގުރާމަތަކެއް. ދުނިޔެ ބަލައިގަންނަ ހަނގުރާމަތަކެއް ނޫން އެއީ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެފަދަ ހަނގުރާމަތަކުގައި ދިވެހިން ބައިވެރިވެ ނުދިނުމަށްޓަކާ ކުރަންޖެހޭ ކޮންމެ ކަމެއްވެސް ކުރައްވާނެ ކަމަށެވެ. އަދި މިފަދަ ކަންކަމަށް ހިތްވަރުދީ ބާރުދޭ ފަރާތްތައް ހޯދާ އެކަން ވެސް ހުއްޓުވާނެ ކަމަށާއި އެއީ ރާއްޖޭގެ ސުލްހަށްޓަކާ އޭރަކު އޮންނަ ވެރިކަމަކުން ކުރަންޖެހޭ ކަމެއް ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

މީގެއިތުރުން ރައްޔިތުންގެ ހަމަޖެހުމާއި ތަރައްގީއަށްޓަކާ ކުރަންޖެހޭ ކަންކަން ރާވައިގެން އަދި އިންތިޒާމުކޮށްގެން ކުރައްވަމުން ގެންދަވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އައިއެސް ޖަމާއަތުން ސީރިޔާގައި ކުރަމުންދާ ހަނގުރާމައިގައި ބައިވެރިވުމަށް ދިވެހިންގެ ތެރެއިން ވެސް ބަޔަކު ގޮސްފައިވާއިރު ބައެއް ފަރާތްތައް މިހާރު ތިބީ ރެފިއުޖީ ކޭމްޕުތަކުގައެވެ. އަދި އެހެން ދިޔަ ބައެއް ދިވެހިން ވަނީ ހަނގުރާމައިގައި މަރުވެފައެވެ.

ރެފިއުޖީ ކޭމްޕްތަކުގައި ހާލުގައި ޖެހިފައިވާ ތިބި ދިވެހިން ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ރާއްޖެއަށް ގެންނާނެ ކަމަށްވެސް ރައީސް ވަނީ މީގެކުރިން ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ސޮނިފުހޭ

    ދޮންކަލޯ އަދި ކިރިޔާ ތިބުނީ ތެދެއް

    4
    1
  2. Anonymous

    ހަގީގީ ޓެރަރިސްޓުންނަކީ ކަލެޔާ ކަލޭގެ ލާދީނީ އަުވާނުން

  3. ފުއްކޭ

    ކަލޭ އިސްތިއުފާ ދީ އިސްލާމީ ދައުލަތެއްގެ ވެރިއަކަށް ވެހުރެ އިސްލާމްދީ ން ހިމާޔަތް ނުކުރެވޭ މީހެއްތީ އެހެ ންކަމު ން ކަލެއަށް ތިކުރެވެ ނީ ހަރާ ން ވެރިކަމެކޭ ބު ނެވިދާ ނެ.

  4. އެންދެރި

    ދީނައްފުރައްސާރަ ކުރާކަށް ނުޖެހެއެވެ. އެއީ ބަލާ އަދަބު ދޭން ޖެހޭ ކަމެކެވެ.

  5. ހުސެންދީ

    އިސްލާމްދީނަށް ޖޯކުޖަހާ ކީރިތި ރަސޫލާއަށް ފުރައްސާރަކުރާ މީހުންނަށް ފިޔަވަޅެއް ނާޅާ ، ތިކަން ހެޔޮ ދުވަހަކު ނުކުރިޔަސް...