ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަން ކުރައްވަން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ފަތުހުﷲ ޖަމީލާއި އިސްމާއީލް ނާޝިދުގެ ނަމަށް އާއްމުންގެ ހިޔާލު ހޯދަން ހުޅުވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަނާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތަކަށް އާއްމުންގެ ހިޔާލު ހޯދުމަށް ހުޅުވާލައި ކަމަށެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަނަށް އައްޔަން ކުރައްވަން ރައީސް ފޮނުއްވި ދެ ބޭފުޅުންގެ ތެރެއިން ފަތުހުﷲ އަކީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކުރީގެ ޑިރެކްޓަރެކެވެ. ނަމަވެސް މިހާރު އޭނާ މަސައްކަތް ކުރައްވަމުން ގެންދަވަނީ ދިރާގުގައެވެ. އިސްމާއީލް ނާޝިދަކީ ކަސްޓަމްސްގެ އެސިސްޓެންޓު ކޮމިޝަނަރެވެ. އޭނާ ކަސްޓަމްސްގައި މަސައްކަތް ކުރައްވާތާ 18 އަހަރު މިހާރު ވަނީ ވެފައެވެ.

ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ހަ ބޭފުޅަކު ކުރިމަތިލައްވާފައިވާއިރު، އެ ހަ ބޭފުޅުންގެ ނަންވެސް ރައީސް ވަނީ މަޖިލީހަށް ފޮނުއްވާފައެވެ. އެއީ މުހައްމަދު ސިރާޖު މުނީރާއި އަސްމާ ޝަފީއުއާ އިސްމާއިލް ސާޖިދާއި އަހުމަދު ޝަރީފެވެ. އަދި އަހުމަދު ވާފިރާއި އަހުމަދު އަގީލްގެ ނަންވެސް ރައީސް ވަނީ މަޖިލީހަށް ފޮނުއްވާފައެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަނަށް އައްޔަން ކުރައްވަން ރައީސް ފޮނުއްވި ދެ ބޭފުޅުންގެ ތެރެއިން ފަތުހުﷲ އަކީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކުރީގެ ޑިރެކްޓަރެކެވެ. ނަމަވެސް މިހާރު އޭނާ މަސައްކަތް ކުރައްވަމުން ގެންދަވަނީ ދިރާގުގައެވެ. އިސްމާއީލް ނާޝިދަކީ ކަސްޓަމްސްގެ އެސިސްޓެންޓު ކޮމިޝަނަރެވެ. އޭނާ ކަސްޓަމްސްގައި މަސައްކަތް ކުރައްވާތާ 18 އަހަރު މިހާރު ވަނީ ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ސެޕް340

    ދެން އަވަހަށް ތަން އުވާލާ

  2. ބެއްޔާ

    މީރާގެ ވެރިޔަކަށް ނޫން މީރާގެ ރައީސަކަށް މިހެން ބުނެފިއްޔާ ރައީސް ނަަޝީދު ކުރިމަތިލާނެ. އޭނަ ތިމަޤާމަށް ކުފޫހަމަވާނީ. މުޅިގައުމުގަ ހަސަނުގެ ދެފައި.

  3. ކޮތަރު

    މަޖިލީހުގެ ރައީސަކަށް އެހެރަ ރޯނުއެދުރާ ތިޔަތަންވެސް ހަވާލުކުރަން އަޅުގަނޑު ތާއީދު.

  4. މީރާ

    ފަތުޙު އިޒް ދަ ބެސްޓް

    2
    1
  5. އަހްމަދު

    އިސްމައީލް ނާޝިދު އަކީ ވަރަށް ގާބިލް ސިޔާސީ ފިކުރުތަކާއި ދުރު އެންމެނަށް ހަމަހަމަ އުސޫލް ގެންގުޅުއްވާ ބޭފުޅެއް.

  6. 19 ނަވާރަ

    އެތަނުގައި ގިނަ ވަގުތު ހޭދަކުރައްވާ ފިސާރި ކަނބަލުންތަކެއް އުޅުއްވާ އެތަނުން ކަނބަލެއް އައްޔަންކޮއްބަލަ

  7. މީރާ

    މީރާގެ ވެރިޔަކަށް މިހާރު ހުންނާނީ އޭނަގެ ފިރިމީހާ

  8. ކާސިމު

    އަވަހައް މޑޕ ގަ އުޅޭ ބޮޑެތި ވިޔަފާރިވެރިންގެ ތެރެއިން ޓެކުހައް އެންމެ ބޮޑައް ދަރާފަ އޮތް މީހަކު ލާ.

  9. ހިސޯރު އަލީ

    އިސްލާމްދީނަށް ޖޯކުޖަހާ ކީރިތި ރަސޫލާއަށް ފުރައްސާރަކުރާ މީހުންނަށް ފިޔަވަޅެއް ނާޅާ ، ތިކަން ހެޔޮ ދުވަހަކު ނުކުރިޔަސް...