އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ބަޔާން ނެރުއްވާފައިވާފައިވަނީ ހަގީގަތް އޮޅޭ ގޮތަށް ކަމަށާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން އެމަނިކުފާނާ ދެކޮޅަށް މައްސަލައެއް ބަލަމުންދަނިކޮށް އެފަދަ ކަމެއް ކުރުމުން މައްސަލައަށް ނުފޫޒު ފޯރާފައިވާކަމަށް ބަލައި އެމަނިކުފާނުގެ ސުލޫކީ މައްސަލައެއް ބަލަން އެކޮމިޝަނުން ނިންމައިފި އެވެ.

ޖޭއެސްސީން ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވީ އެ ކޮމިޝަނަށް ހާޒިރުވާން އެންގުމުން އެކަމަށް އިއުތިރާޒުވެވަޑައިގެން ކޮމިޝަނަށް ސިޓީއެއް ފޮނުއްވުމަށްފަހު އާންމު ކުރައްވާފައިވާ ބަޔާނުގައި ހަގީގަތާ ހިލާފު ވާހަކަތަކެއް ހިމެނޭ ކަމަށެވެ. އަދި އެއީ ކޮމިޝަންގެ ދުސްތޫރީ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސް އަޅައި ކޮމިޝަނުން ބަލަމުންދާ މައްސަލައަކަށް ނުފޫޒު ފޯރުވުން ކަމަށް ބެލެވޭ ކަމަށެވެ.

ޖޭއެސްސީއިން މައްސަލައެއް ބަލައި ފިޔަވަޅެއްގެ ގޮތުގައި ދިން ނަސޭހަތުގެ ލިޔުމާ ވެސް ހަވާލުވުމަށް އުއްތަމަ ފަނޑިޔާރު ދެކޮޅު ހައްދަވާފައިވާ ކަމަށް ޖޭއެސްސީގެ ބަޔާނުގައި ވެއެވެ. އަދި އުއްތަމަ ފަނޑިޔާރާ މެދު ސުލޫކީ މައްސަލައެއް ބަލަން ނިންމާފައިވަނީ ޖޭއެސްސީގައި މިއަދު ބޭއްވި ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ޖޭއެސްސީއަށް އެމަނިކުފާނު ފޮނުއްވި ސިޓީގައި ވިދާޅުވީ އުއްމަތަ ފަނޑިޔާރު، ޖޭއެސްސީއަށް ހާޒިރު ކުރުމަކީ އެ ކޮމިޝަނަށް ލިބިގެންވާ ބާރެއް ނޫން ކަމަށެވެ. އަދި ހާޒިރުވާން އަންގާ ފޮނުވާފައިވާ އަމުރަކީ ބާތިލް އަމުރެއް ކަމަށް ވިދާޅުވެފައިވެއެވެ.

ޖޭއެސްސީއިން ބަލަން ނިންމާފައިވަނީ ސުޕްރީމް ކޯޓުން އިހުތިސޯސުން ބޭރުކޮށްފައިވާ ކަންކަން ބެލުމަށް އެ ކޮމިޝަނުން އެކުލަވާލި ކޮމެޓީގެ ރިޕޯޓްގައި ހިމެނޭ މައްސަލަތަކުގައި ހިމެނިވަޑައިގަންނަވާ ސުޕްރީމް ކޯޓު ފަނޑިޔާރުންގެ މައްސަލަތަކެވެ.

އުއްތަމަ ފަނޑިޔާރުގެ ސިޓީގައި ވަނީ ޖޭއެސްސީއިން ބަލަން ނިންމާފައިވާ ޝަކުވާތަކުގެ ތެރޭގައި ޖޭއެސްސީއަށް ބެލުމުގެ އިހްތިސޯސް ލިބިފައިވާ ސުލޫކީ މައްސަލައެއް ނެތް ކަމަށެވެ. އަދި ޖޭއެސްސީއިން ބަލަން ނިންމާފައިވަނީ ސުޕްރީމް ކޯޓުގެ ނިންމުންތަކެއްގެ މައްސަލަތަކެއްކަން ފާހަގަ ކުރައްވަމުން އުއްތަމަ ފަނޑިޔާރު ލިޔުއްވާފައިވަނީ ކޯޓުގެ ނިންމުމެއް ސައްހަތޯ ނުވަތަ ނޫންތޯ ބެލުމުގެ ދައުރެއް ޖޭއެސްސީއަށް ނެތް ކަމަށެވެ. އެފަދަ މައްސަލައެއް ބެލުމުގެ އިޖުރާއަތެއް ޖޭއެސްސީއިން ހިންގާނަމަ އެއި ޣައިރު ދުސްތޫރީ ކަމެއްގެ ގޮތުގައި ސިފަ ކުރެއްވި އެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މޫސަ

    މިހާރު އެއްޗެއް ވިސްނިފަހުންނާނީ

    33
    4
  2. އެބުނާހެން

    އެމީހުން ބުނާގޮތުގައި މިސަރުކާރު އަނިޔާވެރި އެއް ނުވާނެ. ހުރިހާ ކަމެއްވެސް ކުރާނީ އިންސާފުން. ކޯޓަކީވެސް އެއްވެސް އަގެއް ހުރުމަތެއް ހުރި ތަނެއް ނޫން. ސަރުކާރު ކޯޓަކީވެސް ޤާނޫނު ހަދަނީވެސް. ވެރިކަން ހިންގާނީވެސް. އެކަމަކު ޑިމޮކްރަސީ

    40
    2
  3. ޖަޒީރާ ބޯއީ

    ރައީސް ޔާމިންގެ ޝަރީއަތް ވަކި ގޮތަކަށް ފުރޮޅާލުމަށް ސޯލިހު އާއި އޭނާގެ ބައިވެރިޔާ ގާސިމް ކުރާމަސައްކަތް ދާނީ ފަނުފުލުން އިންޝާﷲ މިއޮއް ފަޅާއަރަނީ.

    38
    2
  4. އަދުރޭ

    މިސަރުކާރު ނިމުމަކަށް އަންނަކަމުގެ އަލިގަދަބހެއްކެތްމީ.

    34
    1
  5. ދ

    1 ފެބް ހުކުމުގަ ސޮއިކުރިރު ހިތައް ކޯޗެއް އެރީ. މިހަމަ މަގާމުން ދުރުކޮށްލަންވީ މީހެއް. ނަޒާހަތްތެރި ކަމެއް ނެތް.

    10
    25
  6. ޟމ

    އިންސާފަކީ ތިމާ ބޭނުން ގޮތަށް ކަންކަން ނިމުންބާ، ކޯޓުތަކުން ނިމޭނީ ކޮންމެ ވެސް އެއްކޮޅަކަށް، ފުޓްބޯޅަ މެޗެއްނަމަ އެއްވަރު ވެދާނެ، ކޯޓު ތަކުގަ ތިބި ފަރާތްތަކުން ވެސް ގޯސްކޮށް ކަމެއްކޮށްފަ އޮތިއްޔާ ބަލަންވީ ، ނަމަވެސް މިހާރު މި ފެންނަނީ ތަފާތު މަންޒަރެއް

    15
  7. ފަޒުނާ

    ގާޒީއަކު ނިދާފަ އޮއްވަ ވަގައްނެގި ކެނެރީ އަންނި އައް ކުރި 13 އަހަރުގެ ހުކުމް ބާތިލުކުރި ގާޒީން ގެ ތެރޭގައި ތިޔަ އުއްތަމަ ފަނޑިޔާރު ހި.މެނޭތީ ބޭރުކުރަންޖެހޭނީ. ދެން އަންނަ ގާޒީން އަލުން އަންނިގެ މައްސަލަ ބަލައި އަލުން 13 އަހަރައް ޖަލައްލާން ހުކުމް ކުރަންވާނެ

    21
  8. އާބިދާ

    ޖުޑީޝަލް ކޮމިޝަނުގައި ތިތިބަ މީހުންވެސް ހީނުކުރާތި އަބަދު ތިގޮނޑީގައި ކަމަށް ތިބޭނީ،