އިންޓަނެޓުގެ ހިދުމަތްތައް ފޯރުކޮށްދެމުންދާ ބްރޯޑްބޭންޑް ޕޮލިސީއެއް ހަދައި އިންޓަނެޓަށް ހެޔޮ ބަދަލެއް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ އިން ހާމަކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ތަރައްގީއާއި ތަރިކަ ކޮމެޓީ އިން ބޭއްވި ބައްދަލުވުމެއްގައި އެ މިނިސްޓްރީ އިން ވިދާޅުވީ އިންޓަނެޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ޕޮލިސީއެއް ހަދައި އަމަލުކުރެވެން ފެށުމުން އެ ހިދުމަތްތަށް ފޯރުކޮށްދިނުމަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ. އަދި މިހާރު އެތައް ބަޔަކު ޝަކުވާ ކުރަމުންދާ މައްސަލައެއް ކަމުގައިވާ މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ ޖެހިގެން އަންނަ މަހު ބޭނުން ނުކުރެވުން ހައްލުވެގެން ދާނެ ކަމަށް އެ މިނިސްޓްރީ އިން ވަނީ ބުނެފައެވެ.
އަދި އޭގެ ތެރެއިން އިންޓަނެޓު ދެވޭނެ އެންމެ ދަށް ސްޕީޑެއްވެސް ކަނޑައެޅުމަށް ނިންމާފައިވާ ކަމަށްވެސް އެ މިނިސްޓްރީ އިން ބުނެއެވެ. އަދި ރާއްޖޭގެ ބްރޮޑްބޭންޑަކީ އީޔޫގެ ގައުމުތަކެކޭ އެއްފަދައިން 30 އެމްބީއެސް އަށް ކަނޑައެޅުމަށް ނިންމާފައިވާކަމަށް ވެސް އެ މިނިސްޓްރީ އިން ވަނީ ވިދުޅުުވެފައެވެ.
އެ މިނިސްޓްރީ އިން މިހެން ވިދާޅުވެފައި ވީނަމަވެސް ސަރުކާރުން މިއަހަރު އިންޓަނެޓު ރަނގަޅު ކުރުމަށް ބަޖެޓުގައި ހިމަނައިފައެއް ނުވެއެވެ.
ހެޔޮ ބަދަލެއް ގެންނަނީ....ހެޔޮ ބަދަލެއް ގެންނަނީ.... އަންނަ ތަނެއް ނުފެނޭ ކިޔާއަޑުވިވެނީ. ލާދީނީ ފިކުރާ ދެކޮޅަށް ކުރާކަންތައް ވަޅުޖަހަށް ދައްކާވާހަކަތައް މިހުންނަނީ.
ތިޔަކު ދެން އިތުރަށް ކެއްކޭނެ ގަރިދިޔައެއްނެތް.
ކޮންމެކަމެއްގަ ފަލަސުރުޙީއެއް! ވާކަމެއް ނެތް!
ފޮނި އަނގަތަޅާ ސަރުކާރު.އަނގައިން ވާކަމެއްވިއްޔާވާނެ.މޮޔަކަމުން މިސަރުކާރު ގެންނަން ވޯޓްދެވުނީ.ދެން މަވާ ސަލާމް.
މީހަމަ އަނގައިން ހިފަހައްޓަގެންއުޅޭ މީހެއް. ހަރާމޭ ވާކަމެއް.
ތިޔަ ސުރުޙީ ޖަހާތާ ކިތައް މަސް ވެއްޖެ؟ ތިޔަ ސުރުހީ މިހާރު ތިޔައީ އާންމު އެއްޗެއް. އިންޓަނެޓް އަގުހެޔޮ ކުރާ އިރު އިންޓަނެޓް ގެ ސްޕީޑް ބަރަވެލި ސްޕީޑް ގަ.ދިވެހިން ގުބޯ ހައްދަން ތިޔަ އުޅެނީ
މި ދެން އާންމު އުނދަގުލަކަށް ވެއްޖެ މީނަގެ މި ކިޔާ އެއް ލަވަ ކިޔުން.
މިންވަރު ކުރެއްވި އެއްޗެއް ލިބޭނެ އެހެން ވީ މާ ކެތްތެރި ވީމެވެ. ބަދަލެއް އައީމަ އަންގާލައްޗޭ އަބަދު މިހެން ވާނެ އޭ ކިޔާފަ ނޫނީ ގެންނަނީ އޭ ކިޔާފަ ލިޔުން ހުއްޓާލަބަލަ
ދާދި މިދާކަށް ދުވަހު މަލީހު ބުނީ އިންޓަނެޓް އަގުހެޔޮ ކުރެވޭނީ ރައީސް އޮފީހަށޭ. މިހާރު މިކިޔަނީ . ތިޔައީ ހުސްހޮޅިވާހަކަ. މާދަމާ ބުނޭ މިހާރު ހުންނާނީ އިންޓަނެޓް އަގުހެޔޮ ކޮށްފައޭ . އޭރުން އަހަރެމެން ޢަތްޖަހާނަށް. ކަމެއްނުކޮށް ކޮށްފީމޭ ބުނާ ސަރުކާރެއްމީ.
އިސްލާމްދީނަށް ޖޯކުޖަހާ ކީރިތި ރަސޫލާއަށް ފުރައްސާރަކުރާ މީހުންނަށް ފިޔަވަޅެއް ނާޅާ ، ތިކަން ހެޔޮ ދުވަހަކު ނުކުރިޔަސް...
އިންޓަނެޓަށް އަބަދުވެސް ހެޔޮބަދަލުތައް ގެނެޔޭ. ފޯޖީ، ފައިވްޖީ އޭތި މީތިކިޔާގެން ބަދަލު ނާންނާތީކީނޫނޭ މިއުޅެނީ. އަގުހެޔޮނުވެގެން މިއުޅެނީ. ގެން ކޮންމެ ހެޔޮ ބަދަލަކުން އެއަށް ދާފައިސާވަނީ ގިނަ. ޑާޓާ އަޅާގެން އޭގެ މުއްދަތު ހަމަވީމާ ބާކީ ހުންނަ ލާރިކޮޅުވެސް ދޭކަށް ނޫޅޭ ކައިލަނީ.