ރާއްޖޭގެ ޖުޑިޝަރީ އިސްލާހު ކުރުުމުގެ ނަމުގައި ސަރުކާރުން ޖުޑިޝަރީގެ ތެެރެއަށް އަތްބާނާ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިގޮތަށް ވިދާޅުވެފައި ވަނީ ޕީޕީއެމްގެ އޮފީހުގައި އިދިކޮޅު ކޯލިޝަނުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަހަކަދައްކަވަމުންނެވެ.

އޭނާ ވިދާޅުވީ ޖުޑިޝަރީ ތެރެއަށް ސަރުކާރުން އަތް ބާނަމުން ދާކަމަށާއި، އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީގެ ބަޔާނުގައި ފަނޑިޔާރުންގެ އިހްތިސާސްގެ ތެރެއަށް ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވެދެފައިވާކަމަށް ވިދާޅުވެފައި ވުމީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

ކުރީގެ އިކޮނޮމިކް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި ސައީދު ވިދާޅުވީ، ރާއްޖޭގެ ހިންގުމުގެ ނިޒާމުގެ ބާރުތައް ވަކިކޮށް ޖުޑިޝަރީ އަދި ގާނޫނު ހެދުމަކީ ވަކި ބާރެއް ކަމުގައި ކަނޑައަޅައިފައި ވަނިކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެޖެންޑާ 19 ގެ ތެރެއިން ޖުޑިޝަރީ އިސްލާހު ކުރުމަށް ވަހަކަދައްކަވަމުން ދާކަމަށެވެ.

"ވަކިވަކި ފަނޑިޔާރުންނަށް ގުޅައި ވަކި ގޮތަކަށް ޖުޑިޝަރީގެ ތެރެއަަށް ވަންނަން މި ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްވެސް މި ސަގާފަތް ކުރިއަށް ނެރުއްވާކަން އަޅުގަނޑުމެންނަށް ފެނިގެން މިދަނީ" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ސަރުކާރެއްގެ އަމާޒަކަށް ވާން ވާނީ އެފަދަ ކަން ކުރެއްވުން ނޫން ކަން ފާހަގަކުރައްވާ ސައީދު ވަނީ، 2013 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމަޔަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޖުޑިޝަރީ އޮތީ ވަކި ބާރެއް ކަމުގައިކަމަށް ވިދާޅުވެފައެވެ.

އަދި ޖުޑިޝަރީގެ ކޮންމެ ނިންމުމަކަށް އޭރުގެ ސަރުކާރު އޮތްއިރުވެސް އަދި ފަހުންވެސް ޕީޕީއެމްއިން އިހްތިރާމް ކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވަނީ އެމްޑީޕީއާ ވެރިކަން ހަވާލުވާ ކޮންމެ ފަހަރަކުވެސް ޖުޑިޝަރީއަށް ބާރު ހިންގާ މަންޒަރު ފެންނަ ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޅަދުކުޑަ

    ޥަރައްރީތި. ޔާމީނު ފުރާޅުން ޓިނުނަގައިގެން ބޭނީކޯއްޗެއްތޯ

    1
    16
    • ގެރި މޯދީ

      ބަލަ ފުރާޅުން ޓިނު ނަގައިގެން ގެންދިޔަމީހުން އަމިއްލަޔަށް އެއޮތީ ބަޔަކު ބުނެގެން ހިބަރުވަދު ދޫކުރިވާހަކަ ކިޔައިދީފަ. ކޯޓު ތަކުން ވަކި ބަޔަކު ބުނީމަ ހިބަރުވަދު ދޫކޮއްގެން ހުކުމް ނެރެންޔާ ފާރު ތަޅާގެންވެސް ވަންނާނެ. ހަމަ މިސަރުކާރުގެ ލަދުކުޑައީ.

  2. އާމާ

    މި ސަރުކާރަށް އިތުރު ގޮތެއްނެތީމަ ޖެހޭނީ އޭގެތެރެއަށް އަދި ޖުޑިޝަރީ ތެރެއަށްވެސް އަތްބާނަން މިހާރު މިހާރު މިސަރުކާރު އުޅެނީ ކުރާނެ ނުކުރާނެ ކަމެއް ނޭގިގެން

  3. Anonymous

    ތިޕާޓީ ތަންކޮޅެއް ހަރަކާތްތެރިކަން ކުޑައީ. ކޮންމެ ބަންދަކާ ދިމާކޮށް ބޮޑެތި ރައްރަށުގައި މިސަރުކާރުގެ ނާގާބިލްކަމާ ދޮގުހެދުމުގެ ވާހަކައާއި އިސްލާމްދީނަށް މިކުރާ ފުރައްސާރައިގެ ވާހަކަތައް ގޮވާބަލަ. ނިދާފަތިބެއްޖެނަމަ މިގައުމު ވެގެންދާނީ ފަލަސްތީނާއި ކަޝްމީރު ފަދަ ތާކަށް.

  4. އަލީ

    އަތްނުބާނާކަން އެނގޭ 1 ފެބްރުއަރީ އަމްރު ނެރުން ރޭ ތި ބިތާތަށް އުޅުނުގޮތުން.ހަދާނެ އެއްޗެއް ހަދާނީ.ހުރިހާ ބާރެއް ރައްޔިތުން ދީނީ ނާއިންސާފު ހުރިހާ އެންމެން ސައިޒަށް ތިރިކުރަން.މަޖިލީހުގައި 5 ގޮނޑި ހަމަނުވާ ނާއިންސާފުން ފްލެޓް ލިބުން މީހުން ތާއިދުކޮށްގެން އެއްވެސް ކަމެއް އިރާދަކުރެއްވިއްޔާ ނުވާނެ.ވަރަށް ސަލާން