ފެމިލީ ކޯޓުގެ އިސްގާޒީ ކަމުގައި ހުންނެވި އަލްއުސްތާޒް ހަސަން ސައީދު ކްރިމިނަލް ކޯޓަށް ބަދަލު ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) ނިންމައިފިއެވެ.

ގާޒީ ހަސަންއާ ގުޅޭ ގޮތުން ޖޭއެސްސީން ބަލަން ފެށި މައްސަލައާއި ގުޅުގެން މިދިޔަ ޖޫން މަހުން ފެށިގެން އޭނާ ހުންނެވީ ސަސްޕެންޑްކޮށްފައެވެ. އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު ތަހުގީގު ކޮމެޓީން ނިންމާފައި ވަނީ އޭނާ ފަނޑިޔާރު ކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށެވެ.

ޖޭއެސްސީން ވިދާޅުވީ، އެ ނިންމުމަށް ޖަވާބުދާރީވާން ގާޒީ ހަސަންއަށް ފުރުސަތު ދެއްވުމަށް ފަހު، ހަސަން އާ ގުޅޭ ގޮތުން އެ ކޮމިޝަނުން ބެލި ސުލޫކީ މައްސަލަތަކާއި ގުޅިގެން ފަނޑިޔާރުގެ ސުލޫކަށް އަސަރު ކުރާ ފަދަ ކަންތައްތަކެއް ސާބިތުވާ ކަމަށެވެ.

ޖޭއެސްސީން، ގާޒީ ހަސަން ކްރިމިނަލް ކޯޓަށް ބަދަލުކުރުމަށް ނިންމީ، އޭނާ ފަނޑިޔާރުކަމުން ވަކިކުރަން މަޖިލީހަށް ފޮނުވުމަށް ތަހުގީގު ކޮމެޓީން ދިން ލަފާގެ ބަދަލުގައި ފިޔަވަޅެއްގެ ގޮތުންނެވެ.

އޭނާއަކީ ފެމިލީ ކޯޓުގެ އިސް ގާޒީ ކަން ދިގު މުއްދަތެއް ވަންދެން އަދާކުރެއްވި ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރަޝީދު

    ތިމަތިމާމެން އެދޭހާކަމެއް ނުކޮށްދޭ ވެރިޔަކީ ގޯސްމީހަކަށް ބެލުން ނުވަތަ ދައުލަތުގެ އޮފީހުގައި އަމިއްލަ ވިޔަފާރި ކުރާތީ އެއީ ގޯހެއްކަމަށް ބުނެ ކަމާއި ބެހޭފަރާތައް އެކަން ބެލުމަށް ދެންނެވުމަކީ ކޮންމެ އޮފީހަކާއި ހަވާލުވެ ހުރިނަމަވެސް އެމީހެއްގެ ޒިންމާއެއް...
    އެގޮތަށް ހަސަން ސައީދުވެސް އަދާކުރީ އޭނާގެ ޒިންމާ...

    ނަމަވެސް މަގޭ ޕާރޓީމީހީވީމަ، އެފަދަ މައްސަލަ ބެލުމަކީ ވެސް ގޯސްކަމަކަށް ތާމިވީ..

    މިއަދުގެ އިންސާފުގެ ތަރާދައިގެ ނާގާބިލުކަން މީވެސް.

  2. ލީމަން

    ހަސަން ސައީދު ކުރިހާވެސް ކަމަކީ އޭނާގެ ޒިންމާ އަދާކުރުމުގެ ގޮތުން އެއޮފީސް ތެރޭގައި ހިންގި ހައްޖު އޮފީހުގެ މަސަތްކަތް ހުއްޓުވަން ފިޔަވަޅުއެޅީ.. އެކަމަކު އެފިޔަވަޅު އެޅުނު ފަރާތަކީ (އެމްޑީޕީ) މީހަކަށްވީމަ.. ގަވައިދުން އޮފީހުގެ ވެރިޔާގެ ހައިސިއްޔަތުން ކަން ކުރި ފަރާތް މިކުށްވެރި މިކުރީ..! އެހްންވެ ސައީދު މިބަދަލުކުރީ.. ހަމަ ޑްރާމަ ކުޅޭ ބަޔެއް ޖޭއެސްސީއަކީ..

    އުސޫލުތަކާއި އެއްގޮތަށް ތަނެއް ހިންގާމީހެއް ނަމަ ކޮންމެވެސް ނުބައި ރޭވުމެއް ގައި ޖައްސާފަ އޭނާ އަރުވާލެވޭތޯ މި ޖޭ.އެސް.ސީ މިބަލަނީ..

    ކޮރޮޕްޓް މީހުންނާއި މެދަކު ފިޔަވަޅެއް ނުވެސް އަޅާ..! އަސްލު އިސްލާމީ ވަޙްދަތު ނަގަހައްޓާ ނުވަތަ ދަމަހައްޓާ މީހުން ބޭރުކުރުން މިމީހުން މިކުރާ ކަމަކީ.. ޖުޑިޝަރީ ފުޑާލަނީ މި އެމްޑީޕީ ބައިގަނޑު އަރާ..!

  3. ާއަފްލާ

    ކިނބުލާ ކަލޭ އިސްތިއުފާދީފަ ގެއައްދޭ ކަލޭގެ ސިކުނޑި މީދާ ކާލައިފި

    8
    3
  4. ޙުހޫ

    ތީޔައީ މާތް ފިޔަވަޅެކެވެ. ޕްރޮމޯޝަނެކެ ސުލޫކީ ތިޔައޮތީ ކުރަންޖެހޭ ކަމަަކަށް ހަދަަފައެވެ. ޙުރިހާ ފަނޑިޔާޜުން ހަސަނުހެން އުޅޭށެވެ.ކާމިޔާބު ވާނެއެވެ.