މުޒާހަރާއެއް ކުރަން މަގުމައްޗަށް ނިކުމެއްޖެ ނަމަ އެނބުރި ގެއަށް ވަންނާނީ ކުރަން ބޭނުންނުވާ ކަމެއް ހާސިލް ވުމުން ކަމަށް ޕީއެންސީގެ ނައިބުރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

އިކޮޅު ކޯލިޝަނުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝުޖާއު ވިދާޅުވީ އިދިކޮޅު އިއްތިހާދަކީ ހަމައެކަނި ޕްރެސް ކޮންފަރެސް އަދި ޖަލްސާ ބާއްވާނެ ބައެއް ނޫން ކަމަށާއި މިހާރު މަގުމަތީގައި މުޒާހަރާ ކުރަން ޖެހޭ ހިސާބަށް ސަރުކާރުގެ ހާލަތު ވެއްޓެމުން ދާކަމަށެެވެ. އަދި މަގުމައްޗަށް ނިކުމެ މުޒާހަރާ ކުރަން ޖެހިއްޖެ ނަމަ ދެން ކަންކަން ވެގެންދާނެ ގޮތް ސަރުކާރަށް އެނގޭނެ ކަމަށެވެ.

އޭނާ ވިދާޅުވި ދިވެހި ރައްޔިތުންގެ ހައްގުތަކަށް އަރައިގަނެ ރާއްޖޭގެ ނިޒާމު "ފުނޑައިލުމަށް" ސަރުކާރުން މަސައްކަތް ކުރަމުން ދާކަމަށާއި އެފަދަ ކަމެއް ކުރާ ހިސާބުން ފެށިގެން މަޑުން ނުތިބޭނެ ކަމަށެވެ.

މީގެ އިތުރުން އޭނާ ވަނީ ދިވެހިރާއްޖޭގެ ގާނޫނީ ނިޒާމުގެ ތެރެއަށް ސަރުކާރުން "އަތްބާނާކަން" ފާހަގަ ކުރައްވާފައެވެ. އަދި އެފަދަ މަންޒަރުތައް ބަލަން މަޑު ނިތިބޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ދިވެހި ރާއްޖޭގެ ކޯޓުތަކުގެ ހުކުމް ޕްރިންޓުވެގެން އަންނަނީ، ކެނެރީގެއަށް ވާން އެއްވެސް ރައްޔިތަކު ބޭނުމެއް ނުވާނެ. މިހާރު މި ދިވެހިރާއްޖޭގައި ހިނގަމުން މިދަނީ އެކަން"

މީގެ އިތުރުން އޭނާ ވަނީ ޖުޑިޝަލް ސާވިސް ކޮމިޝަކުގެ މެންބަރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު އިންނެވުމުން ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ކޯޓުތަކުގެ މައްސަލަތަކުގެ ތެރެއަށް އެމަނިކުފާނު ވަންނަމުން ގެންދަވާ ކަމުގެ މައުލޫމާތުވެސް ލިބިފައި އެބަހުރިކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.

"އެހެންމަ އަޅުގަނޑުމެން ދިވެހި ރައްޔިތުންނަށް މި ދަންނަވަނީ ތޯތޯ ވާހަކައެއް ނޫން. މިކަންކަމުގެ މައުލޫމާތު މިޕާޓީގައި ތއްވެވި ނައިބު ރައީސުންގެ އަތުގައި އެބަހުރި. އެމަނިކުފާނު ވަނީ މައްސަަލަތަކުގެ ތެރެއަށް އަތްބާނައިފައި ނުވަތަ ވަކިގޮތަކަށް މައްސަލަތައް ނިންމުނަށް އަންގަވާފައި" އޭނާ ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޓިނު

    ތިބޭފުޅުންގެ ވެރިކަމުގަ ކަންކުރެއްވި ގޮތާ ތާފާތެއްނެތޭ އިނގޭތޯ

    2
    18
  2. ކާފަދ

    ދެފަރާތުގަ ތިބި ދެގޮލާ އެބަލަނީ ށުޖާ އެގެންގުޅޭ ގަނޑުގަ އެހެން އޮތްތޯތަ

    1
    5
  3. ނަމަ

    ޝުޖާއު ވެސް ދެންދޯ މޮލެތި ބަސް ބަސް ބުނެލީމަ ކަމެއްވޭބާ

    1
    5
  4. އަފީ

    ޔަގީން އިރާދަކުރެއްވިއްޔަ!

    4
    1