ޖަސްޓިސް ބިލްޑިންގައި ހުރި އޭސީ އައުޓްޑޯ ޔުނިޓެއް ވަގަށް ނަގައިގެން ވިއްކަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި އެމައްސަލާގައި ހައްޔަރުކޮށްފައިވަނީ 45 އަހަރުގެ ދިވެއްސަކާއި 50 އަހަރުގެ ދިވެއްސެކެވެ. އަދި އެމީހުން ހައްޔަރުކުރީ މިއަދު ހެނދުނު 07:00 ހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެ ދެމީހުން ހައްޔަރުކޮށްފައިވަނީ ޖަސްޓިސް ބިލްޑިންގައި ހަރުކޮށްފައިހުރި އޭސީއެއްގެ އިންވަރޓަރ ވަގަށް ނައްޓާލައިގެން އެ ވިއްކަންވެގެން ބާޒާރު މަތީގައި އުޅެނިކޮށް މާފަންނު ފުލުހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ތިމަންނަ

    ނަސީބެއްނު އެތާތިބި މުވައްޒަފުން ވިއްކާނުލިކަން...

    10
    1
  2. ށުމަން

    ޕޮލިސް ޓުވީޓުގަ ޖަހާފަ އިނީ އޭސީ ގެ އިންވާޓަރު ވަގަށް ނެގި ވާހަކަ. ހީ ހީ ހަލާކު... ސްކީރީން ޝޮޓް ނަގާފަ އެބައިން
    ޙަހހަހަ

    6
    1
  3. ސުނީ

    މީހަކު ވަގަށްނަގާ ހާލުގައިން އެއްޗެއް ވައްތަރު ނުޖަހާ. އެހާވެސް އަގުހުރި އެއްޗެއް ބާ ހަހަހަހަހަ ދަބަރުން ފުރިފައިވާ އައުޓްޑޯ ޔުނިޓެއް ވަގައްނަގައިފި

  4. މުހައްމަދު ޟުއައިބް

    އަދި ބިލްޑިންގް ވެސް ވަގައް ނަގާނެ ވަގު ސަރުކާރުގަ