ރޭ ނިޔާވި ފުލުސްމީހާ ނިޔާވީ ސިކުޑީގެ އިންފެކްޝަނެއްގެ ސަބަބުން ކޮމާގައި އޮއްވާ ކަމަށް ހޮސްޕިޓަލްއިން ބުނެފިއެވެ.

ކުޑަހުވަދޫ ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ އެ ފުލުސްމީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވަރަށް ގަދައަށް ހުން އައިސްފައިހުރި ކަމަށާއި އެނާގެ ސިނކުޑީގައި އިންފެކްޝަން އުފެދިފައިވާ ކަމަށެވެ. އަދި އޭނާ އަށް ފަރުވާ ދީފައިވަނީވެސް ކޯމާގައި އޮއްވާކަމަށް އެ ހޮސްޕިޓަލުންވަނީ މައުލޫމާތު ދީފައެވެ.

އުމުރުން އެންމެ 25 އަހަރުގެ ށ. ކޮމަންޑޫއަށް އުފަން އަހުމަދު ވިފާގު ނިޔާވީ ދ. ވާނީގައި ފުލުހުންގެ އަސާސީ ތަމްރީން ހަދަމުން ދަނިކޮށް ހޭނެތިގެން ވެއްޓުމުން ދ. ކުޑަހުވަދޫ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް ރޭ މާލެ ގެނައި ދަތުރު މަތީގައެވެ.

ވިފާޤު ނިޔާވީ މާލެ ގެނައުމުގެ ދަތުރުމަތީގައި ރޭ ދަންވަރު 11:30 ކަންހާއިރު އެވެ.

ވިފާޤުގެ ހަށިގަނޑު މާލެ ގެނައި ވަގުތު، ޑިފެންސް މިނިސްޓަރު އަދަމް ޝަރީފް އުމަރު އާއި އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒްގެ އިތުރުން ފުލުހުންގެ ބޭފުޅުން ވަނީ ތިން ނަމްބަރު ފާލަން ސަރަޙައްދަށް ވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހައްވާޒީން

    ހުންއައިއްސަ ހުއްޓަސް ޓްރޭނިންގ އަށް ނެރިގެން އެކުއްޖާގެ ދުވަސް އެދިޔައި...ކާކުބާ މިކަންކަން ބަލަނީ...ޓްރެއިނިންގ ހެދިޔަސް އިންސާނުންދޯ... ރަހުމެއް ނުބެހެއްޓީމަ މިހެންމިވީ

  2. ހަމީ

    ޢޮޓޮޕްސީއެއް ނެތި ކޯސްއޮފް ޑެތު ނުހޯދޭނެ