އުތުރުގެ އަތޮޅުތަކަށް މިއަދުގެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 11:15 އިން ފެށިގެން ހަވީރު 15:00 އަށް ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށެވެ. އެ މުއްދަތުގައި ގުގުރުމާއެކު އެ އަތޮޅުތަކަށް ބޯކޮށް ވިއްސާރަކުރާނެ ކަމަށް އެ އިދާރީން ބުނެއެވެ.

އުތުރުގެ އަތޮޅުތަކަށް ހުސު ސަމާލު ނެރެފައިވާއިރު ކުރިއަށް އޮތް 24 ގަޑި އިރަށް މުޅި ރާއްޖޭގެ މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު ރާއްޖޭގެ އެކިހިސާބަށް ގުގުރުމާއެކު ބޯކޮށް ވިއްސާރަކުރާނެ ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށްވެސް ލަފާކުރެވޭ ކަމަށާއި ދެކުނުގެ އަތޮޅުތަކަށް އިރާއި އިރުދެކުނުން، އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް އެ އިދާރާއިން ލަފާ ކުރެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް އެ އިދާރާއިން ބުނެެއެވެ.

މީގެ އިތުރުން ރާއްޖޭގެ ކަނޑުުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު