ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ މޯލްޑިވްސް ޑިމަކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އެތެރޭގެ އިންތިހާބު މާދަމާ ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެ ޕާޓީ އިން ބުނެފިއެވެ.

މިކަމާ ގުޅިގެން އެ ޕާޓީ އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އެ ޕާޓީގެ އިންތިހާބު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މާދަމާ މެންދުރު 14:00 އިން ފެށިގެން އިރުއޮއްސި 18:00 އާ ހަމަޔަށް ކަމަށެވެ. އަދި އެ އިންތިހާބުގެ ވޯޓުލުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ކޮނެމް ރަށެއްގައިވެސް ހުންނަ އެމްޑީޕީގެ ހަރުގޭގައި ކަމަށް އެ ޕާޓީ އިން މައުލޫމާތު ދެއެވެ.

އެމްޑީޕީ އިން ބޭއްވުމަށް ހަމަޖެހިފައިވާ އިލެކްޝަނުގައި އެޕާޓީގެ ލީޑާޝިޕްގެ ރައީސް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވާދަ ކުރައްވައެވެ. އަދި ނައިބު ރައީސް ކަމަށް ރައީސް އޮފީހުގެ މިނިސްޓަރ މުހައްމަދު ޝިފާޒު (ޝިއްޕެ) ވަނީ ކުރިމަތި ލައިފައެވެ.

މީގެ ކުރިންވެސް މި ދެބޭފުޅުންނާ އެކު ލީޑާޝިޕް އިންތިހާބެއް އެމްޑީޕީ އިން ވަނީ ބާއްވައިފައެވެ. އެ އިންތިހާބުގައި ރައީސް ނަޝީދަށް ލިބިވަޑައިގަތީ 33،709 ވޯޓެވެ. އަދި ޝިއްޕެއަށް ލިބިވަޑައިގަތީ 21،052 ވޯޓެވެ. އިންތިހާބުގައި ޖުމްލަ ވޯޓުދެވޭ މެންބަރުންގެ އަދަދަކީ 57،204 މީހުންނެވެ.

ރައީސް ނަޝީދު އެމްޑީޕީގެ ރައީސް ކަމަށް ހޮއްވެވުމަށް އެޕާޓީގެ އިސްފަރާތްތަކުން ވަނީ ނިންމަވާފައެެވެ. އެހެން ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އަކީ އެމްޑީޕީގެ ފަރާތުން ނުކުމެވަޑައިގެން ރާއްޖޭގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ބޭފުޅެއް ކަމުން ޕާޓީގެ ރައީސް ކަމުގެ މަގާމުގައިވެސް އެމަނިކުފާނު ހުންނަވަން ޖެހޭނެ ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އެންދެރި

    އިލެކް ޝަނުން ބަލަން ވީ އެވެ. މިއި އިންތިހާބެއް ނޫނެވެ. ޑްރާމާ އެކެވެ. ވާދަވެރީން ނެތެވެ.

    9
    1
  2. ބުރޯ

    އެކަނި ނުކުމެ ދުވެދުވެ ވަރުބަލި ވީމަ ހުއްޓާލާ.މޮޅުވީޔޯ ތިމަންނަ ޑިމޮކްރަސީ ގެ ބާނީ ޔޯލަ.

  3. ޑޮކުޓަރު

    ނަސީދު އެކަނި ކުރިމަތި ލަނިއްޔާ ވޯޓްލާކައް ނުދާނަން.

  4. އާޒިމް

    ވަރަށް ބޮޑަށް ތާއީދުކުރަން ނަޝީދަށް އަވަހަށް ނުކުމެ ސޯލިހުގެ ކުޅިގަނޑު ހުއްޓުވާ މިހާރު ބަހާބަހާ ގައުމުގައި ލާރި ފޮއްޗެއްވެސް ނެތް.

  5. ލލ

    ޢެމްޑީޕީ ލީޑާޝިޕްގައި ކަތުރު ފަނި އަޅާފައި ވަނީ ސާފުކުރަންޖެހޭ !