ލ. އަތޮޅުގެ ހަ ރަށެއްގެ ކޯޒްވޭގެ ޑިޒައިން އަދި އެންވަޔަރަމެންޓަލެ އިމްޕެކްޓް އެސެސްމެންޓް އީ.އައި.އޭ ގެ މަސައްކަތް ކުރުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.

ކޯޒްވޭން ގުޅުމަށް ހަމަޖެހިފައިވާ ހަ ރަށަކީ އެއަތޮޅު ހިތަދޫ، މާމެންދޫ، މެންދޫ، ކުނަހަންދޫ، ކަލައިދޫގެ އިތުރުން އިސްދޫ އަދި ކަލައިދޫ ކަމަށް ޕްލޭނިން މިނިސްޓްރީން ހާމަކުރެއެވެ.

މި ރަށްތަކުގެ ކޯޒްވޭ ޑިޒައިންކޮށް އީއައިއޭ ހަދަން ހަވާލުކޮށްފައި ވަނީ ފޮސައިޓް ސާވެއަރސް ފްރައިވެޓް ލިމިޓެޑާއެވެ.

މިއަދު ޕްލޭނިންގ މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. ޕްލެނިންގ މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ، އެ ކުންފުނީގެ ޑިރެކްޓަރ ޖެނެރަލް ޝަނާ ފާރޫގެވެ. އަދި ފޮސައިޓް ސާވެއަރސް ފްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއި ކުރުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނުއައިމް އެވެ.

މި ރަށްތަކުގެ އެ ދެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައި ވަނީ 3،88916 ރުފިޔާއަަށެވެ،. އެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތީ ދެމަސް ދުވަހެވެ.

މިރަށްތައް ކޯސްވޭއިން ގުޅުމަކީ ރައީސް އިބްރާހިމް މުހައްމދު ސޯލިހުގެ ވައުދުފުޅެކެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބިލާލް

    ކީކޭބާ މިލިޔުމުގައި މިއޮތީ ހިތަދޫން މާމެންދުއަށް އަޅަންޖެހޭނީ ބުރިޖެއް ހިތަދު މެންދު ކުނަހަންދު މިހާރުވެސް ގުދުރަތީ ގޮތުން ގުޅިފަ ބޮޑުބައި އޮތީ އަނެއްކޮޅުން ކަލައިދުއާ ގުޅުވާލެވެންއޮތީ ދަނބިދު މިއީ ތަނކޮޅެއް ދުރު ދޭތެރެއެއް ނަމަވެސް ހިކިދިޔައިގަ ނުތެމި ދެވޭނެ މިހާވަރުގެ ތަނެއްގަ ދިޒައިނާ އެސެސްމެންޓަށް އެފައިސާ މާގިނަ
    ނޫން ވެދާނެ ސަރުކާރާ ގުޅުންހުރިކުންފުންޏަކަށް ލާރިކޮޅެއް ދޭންބޭނުން ވެގެން ގޮތެއް ހަދާލަނީ ކަމަށްވެސް މިވާނީ އެހެނ ؟؟؟؟؟؟؟؟

    1
    1
  2. އިކްލީލް

    ޑިޒައިންކުރުމާ އީއައިއޭ ހަދަނިކޮށް ދައުރު ނިމޭނީ! މިފެންނަނީ ކައުންސިލް އިންތިޚާބަށް ދަމާ ގުއިރޯނު! ރައްޔިތުން ހޭލަންވީ ވޭތުވެދިޔަ 11 މަހަށް ވިސްނާފަ!

    2
    2