ޕްރޮސެކިއުޓަރ ޖެނެރަލށް (ޕީޖީ) އައިޝަތު ބިޝާމް އޭނާގެ މަގާމުން ވަކި ކުރުމަށް ނިންމި ނިންމުން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއިން މިއަދު ބާތިލްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއިން ބިޝާމް މަގާމުން ވަކި ކުރަން ނިންމީ އިއްޔެ އެވެ. ނަމަވެސް މިއަދު ބޭއްވި އެކޮމިޓީގެ ބައްދަލުވުމުގައި އިއްޔެ ނިންމި ނިންމުން ވަނީ ބާތިލްކޮށްފައެވެ. އަދި އެ ނިންމުން ބާތިލް ކުރީ ހަމައެކަނި އެ ކޮމިޓީންނެވެ.

އެ ނިންމުން ބާތިލް ކުރަން ހުށަހެޅުއްވީ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދެވެ. ޖިހާންގެ އެ ހުށަހެޅުން ފާސްވީ ކޮމެޓީގެ ހަތަރު މެންބަރަކު ތާއިދު ކުރެއްވުމާއެކުއެވެ.

އިއްޔެގެ ނިންމުން ބާތިލް ކުރަން ޖިހާން ހުށަހެޅުއްވީ އެ ހުށަހެޅުން ހުށަހަޅާފައިވަނީ އެމްޑީޕީގެ އުސޫލުތަކާ ހިލާފަށް ކަމަށް ވިދާޅުވެ އެވެ. އިއްޔެ އެ ހުށަހެޅުން ހުށަހެޅުއްވީ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖެވެ. އޭނާ މިއަދުގެ ކޮމެޓީ ބައްދަލުވުމަށް ވަޑައިނުގަންނަވަ އެވެ.

މަޖިލީހުގެ ގަވައިދު އޮތް ގޮތުން މަޖިލީހުގެ ރައީސް، ކޮމެޓީގެ އެ ނިންމުން މަޖިލިސް ތަޅުމަށް ހިއްސާކޮށް އަނެއްކާވެސް އެ މައްސަލަ ދިރާސާ ކުރުމަށް ޖުޑީޝަލް ކޮމެޓީއަށް ފޮނުވަން ޖެހޭނެ އެވެ. ކޮމެޓީއިން އެކަމަށް ދިރާސާކޮށް، ރިޕޯޓް ތަޅުމަށް ފޮނުވުމުން ބަހުސްކޮށް، ޕީޖީ ވަކި ކުރުމާމެދު ވޯޓު ނަގާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. އައްޑޫ މީހާ

  ނުކެރޭނެ ވަކިކުރާކަށް ނަހަމަ ގޮތުގައި ކޮށްފަައިވާ ހުކުމްތަކާއި ބާތިލްކުރި ހުކުމްތައް ފަޅާއަރުވާލާނެތީ ބިރުން ޖަރީމާ ސަރުކާރު

  37
 2. Anonymous

  ކިޔަވަާއިގެން ތިބިމިީހުން ދުރުކޮއްފަ މަގުމަތިީގަ ދުވައަންތިބި އެން ޑިީ ޕިީ ގެމަގުމަތިީހަޅެޭލަވަން ތިބިފަހުލަވަާނުން ތަންތަނައްލިޔުންވަރައް ރަގަޅު..................................؟

  30
 3. ށަވިޔަނި

  ރައްޔިތުން ގުބޯހެއްދުން ، އެމްޑީއެން ގެ އަޑުކަނޑުވާލުން، ލާދީނީ އެމްޑީއެން ބަންދުކުރޭ! ލާދީނީސަރުކާރު އިސްތިއުފާ!!!!!!!!!!!!

  13
 4. ޖަޒީރާ ބޯއީ

  އެހެންވެދޯ މިއަދު ލަންކާއަށް އައިސް ލަންކާގެ ޑިފެންސް މިނިސްޓަރާ ބައްސަލުކުރީ. މީދޯމިހިންގާ ޖަރީމާއަކީ.

 5. ޢާސީ

  ތީވާ ވަރުގަދަ ބިސާމެއް ހެހެހެ

  20
  3
 6. ެޝާހުޖަހާން

  ބިޝާމް ކޮއްމެކުލައަކައްވެސް މެޗްވާނެ ސާފުހުދެއް ވީމަ ނިމިދިއަ ހުރިހާދައުރެއްގެ ކުލަތައްހަދާދެނީ އެހާފެންވަރުގަ އެބަޔަކުއެދުނު ގޮތަކައް އެހާބަސްމަދުކޮއް.

  10
  1
 7. ކާފަދ

  ކޮބާތަ އެއްކަލަ ބާރުގަދަ މޫސާ ސިރާޖް؟ ކިހިނެް ކަލޯ ކެނޑި ފޮނިތަކަށް މިވީ؟

  11
 8. ޏަން

  މީވާ ގަދަ އަންހެނެއް

 9. ނަސީދު

  ވަރުގަދަ ބިސާމެއްތާ މީނާއާހަމަކުޅެންބިރުން ދޯމިސަރުކާރުމިއުޅެނީ