ކުރީގެ ރައީސް، އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދާ މެދު ފިޔަވަޅު އެޅުމަށް ޖަމިއްޔަތުއް ސަލަފުން އިސްލާމިކް މިނިސްޓްރީގައި އެދިއްޖެއެވެ.
ނަޝީދާމެދު ފިޔަވަޅު އަޅައި އަދަބު ދިނުމަށް އެދި އެ ޖަމިއްޔާއިން މިއަދު އިސްލާމިކް މިނިސްޓްރީއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އެކި މަގާމުތަކުގައި "އަނބުރާހޭރިޔާކޮށްގެން" ޙީލަތްތެރި، މަކަރުވެރި އަންދާޒާއެއްގައި އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަ ކުރުމަކީ އާދައިގެ ކަމެއް ކަމަށް ދައްކައި، ދިވެހި މުޖުތަމައުގެ ހަމަޖެހުން ހުރިހާ ގޮތަކުން ގެއްލިގެންދާނެ ފަދައިން ވާހަކަ ދައްކަވަމުން ގެންދާތީ އެކަން ހުއްޓުވައިދެއްވުމަށް އެދޭ ކަމަށެވެ.
"ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލަން މަސައްކަތްކުރުމުގެ ކުށަށް ގާނޫނީ ގޮތުން ދެވެން ޖެހޭ ހައްގު އަދަބު ދެއްވުމަށް އެދި ހުށަހަޅަމެވެ. ފަހެ ގާނޫނުގެ ކުރިމަތީގައި ވަކި ރައްޔިތަކަށް ވަކި ގޮތެއް ހެދުމީ އަނިޔާވެރިކަމެވެ،" ސަލަފުން ފޮނުވި ސިޓީގައި ބުނެފައިވެއެވެ.
ސަލަފުން މިފަދަ މައްސަލައެއް ހުށަހަޅާފައިވަނީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓާ ގުޅިގެން ރައީސް ނަޝީދު ވާހަކަ ދައްކަވާފައިވާ ގޮތާމެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެޖަމިއްޔާއިން ބުނީ އެ ރިޕޯޓުގައި ރަސޫލާ محمد صلى اللّه عليه وسلمގެ ޝަޚުސިއްޔަތަށް ގަދަރު ކުޑަކޮށް ގުރުއާނުގައި ﷲ ދެއްވާފައިވާ ޚަބަރުތަކަކީ ފުލޯކުކަމުގައި ބުނެފައިވާ ކަމަށެވެ. އަދި ރިޕޯޓުގެ ބޭނުމަކީ އިސްލާމް ދީނުގެ ހުރިހާ އަސާސެއް މުގުރާލުން ކަމުގައި ސަލަފުން ފާހަގަކޮށްފައިވެއެވެ.
ﷲ އަކުބަރު. އަލްޙަމްދު ލިﷲ.
ނަޝީދާ މެދު ފިޔަވަޅު އެޅުމަށް ސަލަފުން އިސްލާމިކް މިނިސްޓްރީގައި އެދުމުން އޭނަގެ ސެކިއުރިޓީ ވަރުގަދަކުރަން އެމިނިސްޓްރީން ލަފާ ދީފައިވާ ކަމަށް ލަފާކުރެވޭ.
ސަލަފުގެ ތިސިޓީއައް ފުތިހަމައައް ތާއީދުކުރަން، މިސިޓީއާމެދު އިހުމާލު ކުޑަނުކުރެއްވުމައް އިސްލާމިކު މިނިސްޓރީއައް އަންގަން
ވަރަށް ވެސް ބޭނުންތެރި ކަމެއް. ފުރިހަމައަށް ތާއީދު ކުރަން.
ތިޔަ ކެނެރީގޭ ނަޝިދަކަށް އެއްވެސް ކަމެއްނުވާނެ އެއީ ޤާނޫނަށްވުރެ މަތީ ހުންނަވާ ބޭފުޅެއް ވެރިކަމުގެ ދުވަސްވަރު އަދި އޭގެ ފަހުން ކިތައްޕޯޑިއަމުގަތޯ އިސްލާމްދީނުގެ އަސްލުތަކާ ޚިލާފަށް ވާހަކަ ދައްކައި މުރުތައްދުވީ އަދި ވެރިކަމުގެ ދުވަސްވަރު ޤާނޫނު އަސާސީއާއި ޤާނޫނާ ޚިލާފަށް ކިތަށް ކަންތައްތައްތޯ ހިންގީ ވެރިލަމުން ފައިބައިގެން ގެއަށްދިޔައިރު މުލިއާގެއިން ކިތައް ރާފުޅިތޯ ފެނުނީ އެއްވެސް ކަމެއް ނުވޭ ކޯޓުން ޙުކުމެއް ކުރީމަ ބޭސް ފަރުވާއަށް ދިޔަ ގޮތަށް މިހާރު އެއީ ހުދު ފޮތިކޮޅެއް އެއްވެސް ކަމެއްނެތް ކުށްވެރިވާނީ ނިކަމެތި ރައްޔިތުން އެމްޑިއޭ އަކީ މި ސަރުކާރުގެ އިސްވެރިން ހިންގާ ލާދީނީ ޖަމުއްޔާއެއް އޭގައި އެންމެ އިސް ފަރާތަކީ ތިޔަ ނަޝީދު އަދި މިސަރުކާރުގެ އިސްވެރިން އެޖަމާޢަތަށް އެއްވެސްކަމެއްނުވާނެ އެޖަމުއްޔާގެ މީހުންގެ މައްޗަށް ޤާނޫނެއްވެސް ނުހިންގޭނެ އެވާހަކަ ދައްކާ ދެކޮޅުހަދާ ދީނުގެ ޙައްޤުގައި ބަސްބުނާ މީހުން ހައްޔަރުވެސްކުރާނީ މިހާރުވެސް އެކަން ހިނގަނީ އެގޮތަށް
މިމައްސަލަ ތައް މިދުނިޔޭގައިވެސް އަދި އާޙިރަތުގައިވެސް ބަލައި އިންސާފު އާއި ޤާނޫނުތައް އަރާހަމަކުރާނެ ދުވަހެއް އއ އަންނާނެ. އަދި ފަހުން ގައުމު ރަނގަޅުވާނެ އއ.
ވަރަށްބޮޑަށް ތާޢީދު!
އަވަސް ކުރައްވާ.. ގައުމު ފަސާދަވަނީ މީނާ ދައްކާވާހަކައިން..
ކުރަން މާލަސްވެއްޖެ ކަމެއްތީ. ސަލަފްގެ ތިޔަ ހިތްވަރަށް އައްސަރިބަހުން ސާބަސް. ޑިމޮކުރަސީގެ ނަމުގައި މިޤައުމުގެ އިޖްތިމާޢީ ފޭރާން ވީދާ ހަލާކުކޮށްލި މޭސްތިރި. ޣައިރު މުސްލިމު ޤައުމު ތަކުގައި ހެން ހިފާ މުޒާހަރާކުރަން ދިވެހި އަންހެނުން މަގުމައްޗަށްނެރެ ލަދުޙަޔާތް ކަނޑުވާ، ތޔައިގެނައި ޕާޓީ ނިޒާމުގެ ސަބަބުން މައިންބަފައިންނާއި ދަރިންނާ ޖައްސާ ދެމަފިރިން ވަރިކުރުވާ ރަޙިމުގެ ގުޅުން ކަނޑުވާ ތިމާގެ މީހުންނަކީ ޕާޓީމިހުންނަށްވެ ނިމިއްޖެ އިސްލާމްދީނުގައި ފިތުނަޔަކަށްވާ އެއްވެސް ކަމެއް ހުއްދަ ނުވާ އިރު ޕާޓީ ނީޒާމު އުވާލަންވީ.ފުރަތަމަ ކީވެސް ތިމަންނަ ވެރިކަމެއް ބޭނުމެއްނޫން .ދިވެހި ރައްޔިތުން ނަށް މިހާރު އެގިނިމިއްޖެ މިކަލޭގެ ވެރިކަމާ ހެދި އުޅޭވަރު. ޖަލްސާތަކަށްގޮސް ކިޔޭ ނުކިޔޭ އެއްޗެއް ނޭނގެ ކުދިޅަދަރިން ކައިރީ. ހެޔޮނުވާނެ ޢިލްމީ މަޖްލިސް ތަކަށް މިކަލޭގެ ފޮނުވަން. މީނާއާ އެއްބައިގާ ތިބޭ ބަޔަކަށް ވެސް ވޯޓްދޭން ހެޔޮ ނުވާނެ .ދިވެހި ރައްޔިތުން ހޭލާ.ﷲ ގެ ދީނުގައި އެންމެން ހިފަހައްޓާ ވަޟަޢީ ޤާނޫ ނުތައް އުވާލަން ހުރިހާ ދިވެހި ރައްޔިތުން ޢިލްމު ވެރިންނާއި އެކު ތެދުވަންވީ .
ފަހެ ގާނޫނުގެ ކުރިމަތީގައި ވަކި ރައްޔިތަކަށް ވަކި ގޮތެއް ހެދުމީ އަނިޔާވެރިކަމެވެ. އެމްޑީޕީން އިންތިގާލީ އިންސާފު އެކިޔަނީ ކޮން އެއްޗަކަށްކަން މިފަހަރު ފިސާރި ރީތިކޮށް ފެނިގެންދާނެއެވެ. ދިވެހި ރައްޔިތުން ވަކިން ޚާއްޞަކޮށް އެމްޑީޕީގެ އާންމު މެމްބަރުން ވިސްނައިގެން ހޭއަރާ ތިބޭށެވެ.
ޖަމިއްޔަތުއް ސަލަފު އުވާނުލާފިއްޔާވެދާނެ
މިދިޔަ 5 އަހަރު ކޮބޯތޯ ސަލަފް..
ތިޔަ ސިޓީއަށް ތާއީދު. މާދަން ނޫންކަމެއް ނޭނގޭ ތިޔަ ބޭރުގެ އިންސާނިއްޔަތަށްޓަކައި މަސަައަކަތް ކުރާ ޖަމިއްޔާތަށް ނިކުންނާނެ އިންސާނީ ހައްގޭ، އަމައޭ ބަފައޭ ކިޔަމުން. ދެން އެވެރިން ބުނާނެ ތިޔަ ސަލަފަކީ ޓެރަރިސްޓް ޖަމާއަތެކޭ އެހެންވީމަ ސަރުކާރުން ބުނާނެ ނެތޭ ތިޔަ ޖަމިއްޔާއަކަށް ފިޔަވަޅު ނާޅާ ބޭއްވޭކަށް. ދެން ނަޝީދުގެ ހައްގު ހިމާޔަތް ކުރުމަށްޓަކައި ސަލަފު އުފުރާލާނެ. މީ އިންސާފަށް މަސައްކަތް ކުރާ ސަރުކާރު ގެނައިމަ ވީ ވަރު. ދެން ލަލަލާ
މިހާރު ފިޔަވަޅު ނޭޅުމުންޕޯޓް ތައްޔާރު ކުރީ ނަސީދު ކަމަށް ސައްކު ކުރެވިއްޖެ .ޢެހީޔެތިވި ހުރިހާމީހުން ބޭރަށް ފުރުވާލިޔަސް ތަެްޔާރު ކުރިމީހާ އެހުރީޜާއްޖޭގަ .ޢަވަހަށް ފިޔަވަޅުޢަޅައިދީ ކުރިން ދެއްކި ވާހަކަތައް ޔޫޓިއުބުގައެހުރީ
އާއްމު ރައްޔިތުންގެ ގިނަ ބަޔަކު ސަރުކާރުގެ އެކި އިދާރާ ތަކަށް އެމް ޑީ އެން ގެ މައްސަލަ ހުށަހަޅަން ވީ އެވެ .
اﷲأكبر. މާތްﷲ އައް حمد ކުރަން. ސަލަފްގެ ސިޓީއައް ތައުރީފުކުރަން ހައްޤުބަސް ބުނެފި ސާބަސް. ދިވެހިރާއްޖެ އިސްލާމްކަންމތީއަބަދައް ލައްވާށިއެވެ آمين
ސަލަފަކީ ދެބޯގެރި ދުއްވާބައެއް. ޔާމީނު ދީނަށް ފުރައއސާރަ ކުރިއިރު އަތްޖަހަން ތިބީ ސަލަފުމީހުން. ދެން ކޮސްގޮވާނެ ކަމެއްނެތް.
ކޮބާތަ ނަމުންސޯލިހު ވެރިޔާ؟
ﷲ އަށާއި ނަބިއްޔާ ޞޢޥ އަށް ފުރައްސާރަ ކުރުމުގެ މުގުލުގަ ހުންނަމީހަކީ އެއީ. ތިމީހާ އަށް ހައްގު އަދަބުދިނުން ލަސްވާ ކޮންމެ ދުވަހަކީ މުސްލިމުންނަށާއި ދިވެހިންނަށް ދެރަލިބޭނެ ދުވަހެއް. ތިޔައީެ ދިވެހި ރާއްޖޭގެ ރައްޔިތުންގެ މަޖްލިސްގެ ރައީސޭބުނަން ކޮންމެ ދިވެއްސަކުވެސް ލަދުވެތިވާންޖެހޭ. ހަމަގައިމުވެސް މަލަދުގަނޭ. ތިޔަމީހާ މުޅިގައުމު ފަސާދަކޮށްފި. އަދިވެސްކުރަނީ. މަހިތަށްއަރާ މިމީހާގެފަހަތުން އެދުވަނީ ހަމަ އިސްލާމުންބާއޭ.
ދެލޯފުޅުންނޭ ތިޔަކަމެއް ނުވާނެ. ބަލަގަ ލާދީނީ ކެރަފާ ނަޝީދަކީ އޭނާހިންގި ޓެރަރިޒަމް ކުށަކާގުޅިގެން ކަނޑައެޅުނު 13 އަހަރުގެ ޖަލު ޙުކުމުންވެސް ޚުދުމުޚުތާރު ކަމާއެކު ކޯޓު ތަކަށް ބިރުދައްކާ ނުފޫޒު ފޯރުވައިގެން ބޯ ދަމައިގަނެ ސަލާމަތްވެގަނެފައި ހުރި ނުލަފާ މީހެކެވެ. މިހާރު އޭނާއަކީ ރައީސް ޞޯލިހު އާއިވެސް ޖޭވެގެން އުޅޭމީހެކެވެ. އޭނާ ހިތުން މިގައުމުގެ ވެރިއަކީ އޭނާއެވެ.
ހިތް ނުރުހުނަސް ރޔ ވެރިކަމަށް އަލުން އިންތިހާބު ކުރަންޖެހޭ އެބަ. އެއިރުން ދީނާއި ގައުމިއްޔަތު ދެމި އޮންނާނެ.
ހަޤީޤަތުގަ ދެން މިޤަޢުމު ރަނގަޅުވާނީ އެމްޑީއެންއާ އެއްކޮށް ތި ހައްދުފަހަނައެޅި ސަލަފުވެސް އުވާލައިގެން
މިކަލޭގެއަށް ދެން މިރާއްޖޭގެ ޤާނޫނު ނުހިންގޭނެ ކަމާމެދު އެއްވެސް ޝައްކެއްނެތް. އެއީ މިޤައުމަށް ހެޔޮ އެދިވަޑައިގެން ތިއްބެވި ދީނީ ޢިމްލުވެރިންވެސް ހިމެނޭ ގޮތުން ގެނައި ނޮހޮރޮއްޕާން ސަރުކާރެއްގެ ސަބަބުން މިކަލޭގެ އަށް ބާރުލިބުނީ. އެހެންގޮތަކަށް ބުނާނަމަ ދިވެހިންނަކީ ބޮލުން ވިސްނާ ބައެއްނޫން. ކަނޑު މަހަކީވެސް ހުސްބުޅީގަ ބޭނޭ އެއްޗެއް ވިއްޔާ. ދިވެހިންނަށްވެސް މިވަނީ އެކަހަލަގޮތެއް. މިކަލޭގެ އަކީ އަލަށް ދިވެހިން ތަޖުރިބާކުރި މީހެއްނޫން. ހަމަ އެނގިތިބެ ހޯދައިގަތް ބޮނޑިއެއް މިއީ. މީނަ އައިފަހުން އަނެއްކާ ދިވެހިންނަކީ ދުނިޔޭގައި ނުލައްވަރު ޓެރަރިސްޓުންނަށް ވެއްޖެ. މި އަމާން ޤައުމުގައި ނުލައްވާވަރުގެ ބިރުވެރިކަމެއް މިދުނިޔޭގެ އެހެން އެއްވެސް ޤައުމެއްގައި އޮތްކަމަކަށް ނުވޭ. ރާއްޖޭން ބޭރަށް ދަތުރެއް ކޮށްފިތަ ދިވެހިންނަށް ދުއްތުރާކުރާނެ. މިއީ ފަހުގެ ޒަމާނެއްގައި މިޤައުމަށް ކުރިމަތިވި އެންމެ ނުރައްކާތެރި ވަބާ. މީނަ މައިތިރިކުރަން ރައިސް ޔާމިން ދެއްކި ހިތްވަރު ދިވެހިންނަށް ކަމުނުދިޔައީތާ. ދެން ޖެހޭނީ ހިތިބޭސް ބޯން. ހަމަ ހިތިބޭސް ބޯން.
ހުރިހާ ޢިލްމުވެރިންވެސް އަދި މަދަނީ ޖަމްޢިއްޔާ ޖަމާޢަތްތައްވެސް މިކަމުގައި އެކަތިގަނޑަކަށްވެ، އެއް ރޫޙެއްގައި ބައިވެރިވުމަށް ގޮވާލަން.
އެމްޑީއެންގެ ރިޕޯޓް ތައްޔާރު ކުރިމީހަކީ ހަމަ ނަސިދު ، އޭނަކުރިންދައްކާފަ ހުރި ހުރިހާ ވާހަކައެއް އެރިޕޯޓްގާ ހުރީ މިހާރުވެސް އެވާހަކަތައް ޔޫޓިއުބުގާ އެބަހުރީ އަވަހަށް މީނަޔަށް ފިޔަވަޅު އަލުއްވާ.
ނަސީދު ހައްޔަރުކުރޭ ލަދީނީ ރިޕޯޓް ތައްޔާރު ކުރީ ނަސީދު ތައްޔާރު ކުރުމުގާ ނަސީދަށް އެހީވި ހުރިހާމީހުން އެވަނީ ބޭރަށް ފޮނުވާލާފަ.
ރަންނަމާރި ބިންތު އިފުރީތާ! ކަނބުލޭގެ ބުނެދޭން ވީނޫންތޯ ސަލަފް ހައްދުފަހަނައެޅި ގޮތެއް. އެއީ ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންކަން ނަހީކުރާތީތޯ؟ ނޫނީ ދީނުގެ ވާޖިބުތައް އަދާކޮށް ޙަރާމްކުރެއްވި ކަންކަމުން ދުރުވެގަންނާތީތޯ؟ ކަނބުލޭގެ ހުރި ޖާހިލުކަމާއެވެ. ތިޔަ ޖާހިލުކަން ފިލުވަން ވެއްޖެ ނޫންތޯ؟ މީ ދެން ޖާހިލިއްޔަ ޒަމާނެއްވެސް ނޫނެއްނޫންތޯ؟
މައުމޫނާއި ޢިމްރާނު ފާރުގައި ބޯތަޅަމުން ދުވާ ޚަބަރު ލިބިއްޖެއެވެ. މިހާރު އިބޫ އެއްގޮތަކަށްވެސް މިއިން ބޭފުޅެއްގެ އަޑެއް އައްސަވާ ކަމަކަށް ނުވެއެވެ. ޢުމަރު ނަސީރު ބުނާހެން ގަދަކަމުން އިނދެގެން އުޅެނީއެވެ. އެނޫން ގޮތެއް ނެތިގެންނެވެ. މައުމޫނުވެސް ދީނީ ޢިލްމުވެރިއެކޭ ކިޔައިގެން ހަމަ ޙަސަދައިން ފުރިފައި ހުރި މީހެކެވެ. ޝޭޚް ޢިމްރާނުގެ ހާލު ވަކި ރަނގަޅެއް ނޫނެވެ. ދެމީހުންވެސް ނަޝީދުވަނީ ވަރަށް ރަނގަޅަށް ދަންތުރާގައި ޖައްސާފައެވެ. ސަރުކާރުގައި ނުހަނުބޮޑަށް ބިޒީކުރުވައި ޢިމްރާނުވެސް ވަނީ ސިޔާސީ ދީނީ ކަންކަމުން އެއްފަރާތްކޮށްފައެވެ. އެކަންކަމަށް ވިސްނުން ހިންގޭވަރަށްވުރެން ވޯކްލޯޑް ބޮޑުކުރީ ނަޝީދުގެ ރޭވުމަކުންކަމަށް އަނދިރި ކޮއެލުން ޚަބަރު ލިބެއެވެ. އެހެންޏާ ޢިމްރާނަށްވުރެން ޤާބިލު ޢިލްމީ މީހުން އެމްޑީޕީގައި ތިބިކަމަށް އެމީހުންގެ މެދުގައިވެސް ބަހުސް ހިނގިއެވެ. ނަމަވެސް ހިޔަޅު ބުއްދިން ވިސްނާ ނަޝީދުގެ ބަހަކީ ފަހުބަސްކަމުން އެންމެ ޗުޕް ކީއެވެ.
މީނާގެ މައްޗައް ސައްޙަ އިސްލާމީ ޝަރީއަތެއްކުރަން އެބަޖެހޭ..
މީނާއާއި މީނާގެ އައުވާނުންގެ ނުހޮރޮއްޕާން ދިވެހި އިސްލާމީ އުންމަތައް ލިބޭތާ ގިނަޒަމާންތަކެއް ވެއްޖެ. އިސްލާހެއް ނުވިތާކައް ބަހެއް ގަބޫލެއް ނުކޮއް ހަމަ ދައްކަނީ ގޮތްދޫނުކުރުން.
ނަޝީދަށް ފޮޔަވަޅު އެޅުމުގެ ބަދަލުގައި ފުރަތަމަ އިބޫގެ ސަރުކާރަށް ފޮޔަވަޅު އަޅަން ގޮވަން މާ ރަނގަޅިވާނެ. ޢިސްލާދީނަށް ފުރައްސާރަކުރާ މީހުންނަށް ބޮޑެތި މަޤާމްތައް ދެމުންދަނީ އިބޫ ސާލިޙް.މުސާރަ ދެނީ އަހަރެމެން މިދައްކާ ޓެކްސް ފައިސާއިން